އިއްޔެގެ އަޑުއެހުމުގެ ތެރެއިން--
ހަބަރު
24 Aug 2023 | 10:06
އީއީޒެޑްއާ ގުޅިގެން ކުރި ހުރިހާ މުއާމަލާތެއް އަންނަ މަހުގެ ނިޔަލަށް ހާމަކުރަން އަންގައިފި

އިލްމުވެރިންގެ ޖަމުއިއްޔާގެ ފަރާތުން ދިވެހިރާއްޖޭގެ އީއީޒެޑްއާ ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހޯދަން އެދުނު މައުލޫމާތު އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ފޯރުކޮށްދިނުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އަންގައިފިއެވެ.

މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެ މައުލޫމާތު ތައް ހޯދުމަށް އެދި އިލްމުވެރިންގެ ގުޅުން ޖަމިއްޔާއިން ރައީސް އޮފީހަށް ހުށަހެޅީ 17 މެއި 2023 ވަނަ ދުވަހުއެވެ. އެގޮތުން އިލްމުވެރިންގެ ގުޅުމުގެ ފަރާތުން ހޯދަން އެދިފައިވަނީ ދިވެހިރާއްޖޭގެ އީއީޒެޑާއި ކޮންޓިނެންޓަލް ޝެލްފާއި ގުޅޭގޮތުން ރައީސް އޮފީހުގެ ދަށުން މިހާތަނަށް ހިނގާފައިވާ އަދި ކުރެވިފައިވާ ހުރިހާ މުއާމަލާތެއްގެ ތެރެއިން ހިއްސާ ކުރެވެން ހުރި ހުރިހާ މައުލޫމާތެވެ.

ނަމަވެސް އެ އޮފީހުން އެކަމާއި ގުޅޭ އެއްވެސް މައުލޫމާތެއް ހާމަކޮށްފައި ނުވާތީ، އެކަމުގެ ޝަކުވާ، އިލްމުވެރިންގެ ގުޅުމުން ކުރުމާއި ގުޅިގެން އިންފޮމޭޝަން ކޮމިޝަނުން އިއްޔެ ވަނީ ބައްދަލުވުމެއް ބާއްވާފައެވެ. 

އެ ބައްދަލުވުމުގައި، އެ މައުލޫމާތު ހާމަކޮށްފައި ނުވަނީ ކީއްވެތޯ ސުވާލުކުރުމުން ރައީސް އޮފީހުގެ ލީގަލް ޓީމުގެ ފަރާތުން ބުނީ އެ މައްސަލާގައި ލީގަލްއިން ނިންމާފައިވަނީ އެކަމާއި ގުޅޭގޮތުން ހާމަކުރެވެން ހުރި ހުރިހާ މައުލޫމާތެއް އިލްމުވެރިންގެ ގުޅުމަށް ދޭން ކަމަށާ އެހެން ނަމަވެސް ހޯދަން އެދިފައިވަނީ ތަންކޮޅެއް ފުޅާ ދާއިރާއެއްގެ މައުލޫމާތުތަކެއްކަމަށް ފާހަގަކުރެވޭތީ އަދިވެސް އިތުރު މުއްދަތެއް ބޭނުންވާ ކަމަށެވެ.

އެއާއެކު ހޯދަން އެދެނީ ވަކި މުއްދަތަކާއި ގުޅޭ މައުލޫމާތު ތޯ އިންފޮމޭޝަން ކޮމިޝަނަރު ސުވާލު ކުރުމުން އިލްމުވެރިންގެ ގުޅުމުން ބުނީ ހޯދަން ބޭނުންވަނީ ރައީސް މައުމޫންގެ ވެރިކަމުގެ ފެށިގެން ނުވަތަ 1978 އިން ފެށިގެން ދިވެހިރާއްޖޭގެ އީއީޒެޑާއި ކޮންޓިނެންޓަލް ޝެލްފާއި ގުޅޭގޮތުން ރައީސް އޮފީހުގެ ދަށުން މިހާތަނަށް ހިނގާފައިވާ އަދި ކުރެވިފައިވާ ހުރިހާ މުއާމަލާތެއްގެ މައުލޫމާތު ކަމަށެވެ.

އެހެންކަމުން އިންފޮމޭޝަން ކޮމިޝަނަރާއި މައްސަލާގައި ހިމެނޭ ދެފަރާތުން މަޝްވަރާ ކުރެއްވުމަށް ފަހު ނިންމީ މިހާރު ހިއްސާކުރެވެން ހުރި މައުލޫމާތު ހިއްސާކުރަމުން ގެންދިއުމަށް ކަމަށެވެ. އަދި އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހިއްސާކުރެވެން ހުރި ހުރިހާ މައުލޫމާތެއް ހިއްސާކުރުމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް