Advertisement

މާދަމާވެސް ސަރުކާރު ބަންދު!

ރައީސް އޮފީސް

މާދަމާއަކީ ވެސް ސަރުކާރު ބަންދު ދުވަހެއް ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ހަމަޖައްސަވައިފިއެވެ.

ރައީސް އޮފީހުން ބުނީ، މިމަހުގެ 11 ވަނަ ދުވަސް (މާދަމާ) ވެސް ބަންދު ދުވަހެއް ކަމަށް ރައީސް ޞާލިހު ހަމަޖެއްސީ، އިންތިހާބާއި ގުޅޭ އެކިއެކި މަސައްކަތްތަކުގައި ހަރަކާތްތެރިވި ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި އާންމު ރައްޔިތުން، ވޯޓާ ގުޅިގެން ކުރަން ޖެހުނު އެންމެހައި މަސައްކަތްތައް އަދި ނުނިމޭތީ ކަމަށެވެ. 

އަދި އެ ނިންމުން ނިންމެވީ އެފަދައިން ކަން ކޮށްދެއްވުމަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން އެދިފައިވާތީ ކަމަށްވެސް ބުނެފައިވެއެވެ. 

ސަރުކާރުން މީގެ ކުރިން ވަނީ އިއްޔެ ރިޔާސީ އިންތިހާބު ބާއްވާތީ މިއަދަކީ ވެސް ބަންދު ދުވަހެއް ކަމަށް ކަނޑައަޅާފައެވެ.

Advertisement

ކޮމެންޓް