ރައީސް އިބްރާހިމް މުހައްމަދު ޞާލިހް
08 Dec 2022
ރައީސްގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި ޝާހިދު އެންގޯލާއަށް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޚާއްޞަ މަންދޫބެއްގެ ހައިޞިއްޔަތުން، އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯ.އޭ.ސީ.ޕީ.އެސް.) ގެ އެންމެ އިސްވެރިންގެ 10 ވަނަ ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޝާހިދު އެންގޯލާއަށް ރޭ ފުރާވަޑައިގެންފިއެވެ.
06 Dec 2022
"މަސައްކަތް ކުރަނީ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން އެންމެނަށް ލިބިދިނުމަށް"
މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ސަރުކާރުން އެންމެ ބޮޑު ސަމާލުކަމެއް ދެއްވައި އަދި މިހާރުވެސް މަސައްކަތްކުރަމުން އަންނަނީ އެންމެ ފަރުދަކުވެސް ބާކީ ނުކޮށް އަދި ތަފާތުނުކޮށް، ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ލިބިދިނުމަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
01 Dec 2022
ވާރލްޑް ކަޕް މެޗެއް ބައްލަވާލެއްވުމަށް ރައީސް ޤަޠަރަށް
މިހާރު ޤަތަރުގައި ކުރިއަށްދާ ވޯލްޑްކަޕް ގެ މެޗެއް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިމަހު ޤަޠަރަށް ވަޑައިގަންނަވާނެކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
01 Dec 2022
"ޕްރައިމަރީގައި ވާދަކުރައްވަން ރައީސް ސޯލިހު ނިންމެވީ ގައުމާއި ރައްޔިތުންނަށްޓަކައި"
ޕްރައިމަރީގައި ރައީސް ސޯލިހު ވާދަކުރައްވަނީ ގައުމާއި ރައްޔިތުންގެ ހައްގުގައިކަމަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
30 Nov 2022
އިބްރާހީމް މަނިކު އަވަހާރަވުމާއި ގުޅިގެން، ޢާއިލާއަށް ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ
ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާގެ ތަރައްޤީއަށާއި ކުރިއެރުމަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކުރެއްވި ސަމަރުބްލޫ އިބްރާހީމް މަނިކު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން، އެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
27 Nov 2022
ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭން ތަންފީޛު ކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި
ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭން (ޖީ.އީ.އޭ.ޕީ) ތަންފީޛު ކުރުމަށްޓަކައި އެކުލަވާލާފައިވާ "ހައިލެވެލް ސްޓިއަރިންގ ކޮމިޓީ" ގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވަވައި މި ކޮމިޓީގެ މަސައްކަތްތަކާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކޮމިޓީގެ ބޭފުޅުންނާއި މަޝްވަރާ ކުރައްވައިފިއެވެ.
25 Nov 2022
ރައީސުލްޖުމްހޫރިއްޔާ، މެލޭޝިޔާގެ އައު ބޮޑުވަޒީރަށް މަރުޙަބާ ވިދާޅުވެއްޖެ
ދަތޯ ސެރީ އަންވަރު އިބްރާހީމް މެލޭޝިޔާގެ ބޮޑުވަޒީރުކަމަށް ހޮވިވަޑައިގެންނެވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެއްޖެއެވެ.
25 Nov 2022
"މިއަދު އެމްޑީީޕީ ވެފައި މިއޮތީ އެންމެ ދަތިވި ދުވަސްވަރު ގައުމު ސަލާމަތް ކޮށްދިން ޕާޓީއަށް"
މިއަދު ސަރުކާރުގެ ވެރިކަންކުރާ މައި ޕާޓީ އެމްޑީީޕީ، ވެފައި މިވަނީ އެންމެ ރާއްޖެއަށް އެންމެ ދަތިވި ދުވަސްވަރު ގައުމު ސަލާމަތް ކޮށްދިން ޕާޓީއަށް ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.