20 Dec 2022
"ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދޭންޖެހޭ ޝަރުތުތައް ހަމައެއް ނުވޭ"
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއްދޭން ޖެހޭ ޝަރުތު ހަމަނުވާކަމަށް ކުރީގެ ނައިބުރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
20 Dec 2022
"ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދޭން ތާއީދު ކުރަނީ ކޯވިޑް މެނޭޖުކުރިލެއް ހިކުމަތްތެރިކަމުން"
ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެރިކަމުގެ ދެވަނަ ދައުރެއްދޭނެ ތާއީދުކުރައްވަނީ ކޯވިޑް ނަވާރައިގެ ބަލިމަޑުކަމުން އަރައިގަތުމަށް އެމަނިކުފާނު ކުރެއްވި ހިކުމަތްތެރި މަސައްކަތްޕުޅުގެ ސަބަބުންކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ.
20 Dec 2022
އިންތިޚާބީ ކޮމެޓީގެ މެމްބަރުން ރައީސް ސޯލިހުގެ ކެމްޕޭނު ޖަލްސާގައި ތިއްބެވުމުން ފާޑުކިޔައިފި
އަންނަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީ ބާއްވާނެކަން އިއުލާނުކޮށްފައިވާއިރު، އެ ޕްރައިމަރީގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަންނަވާނެ ކަން ވަނީ އިއުލާނު ކުރައްވާފައެވެ.
19 Dec 2022
ރައީސް ޞާލިޙް ހޮވޭނެ، އެމްޑީޕީގެ ވެރިކަމެއް ބޭނުންވޭ: ނިހާދު
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަށް ކާމިޔާބީ ލިބޭނެ ކަމަށް ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
18 Dec 2022
ރަށްރަށް ކުއްޔަށް ދިނުމުގެ ބާރު ކައުންސިލްތަކަށްދޭ ބިލު ތަސްދީގު ކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޤާނޫނު ނަންބަރު 98/20 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު މިއަދު ތަސްދީޤުކުރައްވައިފިއެވެ.
18 Dec 2022
އުފަންވާ ކުދިން ރަޖިސްޓްރީކުރުން ލަސްވާނަމަ ޖޫރިމަނާ ކުރެވޭ ބިލު ތަސްދީގުކުރައްވައިފި
އުފަންވުމާއި މަރުވުން ރަޖިސްޓަރީކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމާބެހޭ ބިލު (ޤާނޫނު ނަންބަރު: 2022/23) ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަސްދީޤުކުރައްވައިފިއެވެ. މި ބިލަކީ، 2022 ނޮވެމްބަރު 28 ވީ ހޯމަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 43 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.
18 Dec 2022
ކެމިކަލް ވެޕަންސް ޔުނިޓެއް ހެދުން ލާޒިމްކުރާ ބިލު ތަސްދީޤްކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކެމިކަލް ހަތިޔާރު މަނާކުރުމުގެ ބިލު (ނަންބަރު: 22/2022) މިއަދު ތަސްދީޤުކުރައްވައިފިއެވެ. މި ބިލަކީ، މި އަހަރުގެ ނޮވެންބަރު 28 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 43 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.
18 Dec 2022
ކުނި މެނޭޖުކުރުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވައިފި
ކުނި މެނޭޖުކުރުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަސްދީޤުކުރައްވައިފިއެވެ. މި ބިލަކީ، 2022 ނޮވެމްބަރު 28 ވީ ހޯމަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 43 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.