ރައީސް އިބްރާހިމް މުހައްމަދު ޞާލިހް
11 Sep 2022
އެންމެ އަވަހަށް ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ: ރައީސް ޞާލިހު
ޓީޗަރުންގެ މުސާރައަށް ގެނެވުނު ހެޔޮ ބަދަލަށްފަހު ދެން އެންމެ އަވަހަށް މުސާރަ ބޮޑުވާނީ ސިއްހީ ދާއިރާގެ މުވައްޒަފުންގެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ.
08 Sep 2022
ރާނީ އެލިޒަބަތު އަވަހާރަވުމާއި އެކު ރައީސް ޞާލިހް ތައުޒިޔާ ވިދާޅުވެއްޖެ
އިނގިރޭސިވިލާތުގެ ރާނީ، ރާނީ އެލިޒަބަތު ދެވަނަ، އަވަހާރަވުމާއި އެކު ދިވެހި ރާއްޖޭގެ ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ތައުޒިޔާ ވިދާޅުވެއްޖެއެވެ.
07 Sep 2022
ގައިދީން މުޖުތަމަޢަށް ނެރުމަކީ، ސަރުކާރުގެ ސިޔާސަތެއް: ރައީސް
ޖަލުތަކުގައި ތިބޭ ޤައިދީން އެހެން ކުށްތަކަށް ދެވިހިފުމުގެ ފުރުޞަތު ނުދީ، އިޞްލާޙުކޮށް އަލުން އަނބުރާ މުޖުތަމަޢަށް ނެރުމަކީ، ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ 51 ވަނަ އަހަރީ ޙަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
07 Sep 2022
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް މުވަޒަފުންނަށް ފްލެޓް ދެނީ
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުންނަށް ފްލެޓް ލިބޭނެ ފަސޭހަ އިންތިޒާމުތައް ހަމަޖައްސަވައިދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
05 Sep 2022
އޭދަފުށީ ކައުންސިލުން ދެ ރައީސުންނާއި ބައްދަލު ކޮށްފި
ބ. އޭދަފުށީ ކައުންސިލުން ރައީސުލްކުމްހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމާއި ބައްދަލު ކޮށްފިއެވެ.
05 Sep 2022
މިނީ ބަހުގެ ޚިދުމަތް ފުޅާކުރައްވާނެކަމަށް ރައީސް ސޯލިހު ވިދާޅުވެއްޖެ
ފުރަމާލޭގައި ފަށާފައިވާ މިނީ ބަހުގެ ޚިދުމަތް މިހާރަށްވުރެ ފުޅާކުރައްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދެއްވައިފިއެވެ.
28 Aug 2022
މެދު އަތޮޅުތައް އޮތީ ކުރީ ސަރުކާރުތަކުން ބާކީކޮށްފައި: ރައީސް
ރާއްޖޭގެ މެދު އަތޮޅުތަކަކީ ކުރީގެ ސަރުކާރުތަކުން ބާކީ ކޮށްފައި އޮންނަ ސަރަހައްދެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެންވިދާޅުވީ މުލަކަތޮޅު ވޭވަށު ބަނދަރު ރަސްމީގޮތުން ހުޅުވައިދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
27 Aug 2022
ރައީސް މުލަކަތޮޅުގެ ފަސްރަށަކަށް ކުރައްވާ ރަސްމީ ދަތުރުފުޅު ފަށްޓަވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މުލަކަތޮޅުގެ ފަސްރަށަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.