ފޮޓޯ: ރައީސް އޮފީސް / ޕީޕީއެމް
ހަބަރު
05 Sep 2022 | 23:08
އޭދަފުށީ ކައުންސިލުން ދެ ރައީސުންނާއި ބައްދަލު ކޮށްފި

ބ. އޭދަފުށީ ކައުންސިލުން ރައީސުލްކުމްހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމާއި ބައްދަލު ކޮށްފިއެވެ.

އޭދަފުށީ ކައުންސިލުން ރައީސް ޞާލިހް އާއި ބައްދަލު ކޮށްފައިވަނީ އިއްޔެ މެންދުރު ފަހު ރައީސް އޮފީހުގައެވެ. މި ބައްދަލުވުމުގައި އޭދަފުށީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންވެސް ބައިވެރިވެފައިވެއެވެ. މި ބައްދަލުވުމަށްފަހު ރައީސް ޞާލިހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އޭދަފުށީ ކައުންސިލާއި އ.ތ.މ ކޮމިޓީއާ ބައްދަލުކޮށް މިއަދު ރަށުގެ ކަންކަމާ ގުޅޭ ގޮތުން ވަނީ މަޝްވަރާކޮށްފައިވާ ކަމަށެވެ، އަދި އޭދަފުށީ ކައުންސިލުން އެންމެ ބޮޑަށް ފާހަގަކުރި އެއްކަމަކީ އެ ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މައްސަލަ ކަމަށްވެސް ރައީސް ޞާލިހް ވަނީ ވިދާޅުވެފައެވެ.

އޭދަފުށީ ކައުންސިލް އަދި އަންހެނުންގެ ކޮމިޓީގެ މެންބަރުން ކުރީގެ ރައީސް ޔާމީނާއި ބައްދަލުކޮށްފައިވަނީ ރޭގެ ވަގުތެއްގައި ޕީޕީއެމްގެ އޮފީހުގައެވެ. ރައީސް ޔާމީނަކީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އިދިކޮޅުން ވާދަކުރައްވާ ކެންޑިޑޭޓުކަން ފާހަގަ ކޮށްލެވެއެވެ.

ޕީޕީއެމް އިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ރޭގެ ބައްދަލުވުމުގައި އޭދަފުށީގެ ޙާލަތާ ގުޅޭގޮތުންނާއި ޕާޓީގެ ހަރަކާތްތައް އިތުރަށް ފުޅާ ކުރެއްވުމަށް މަޝްވަރާކުރެވުނު ކަމަށެވެ.

ބ. އަތޮޅުގެ ވެރިކަންކުރާ އަދި އެންމެ އާބާދީ ބޮޑު ރަށް ކަމުގައިވާ އޭދަފުއްޓަކީ ރައީސް ޔާމީނުގެ ވެރިކަމުގައި އަދި މި ވެރިކަމުގައިވެސް ހާއްސަ ސަމާލުކަމެއް ދެވުނު ރަށެއްކަން ފާހަގަ ކޮށްލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.
08 Sep 2026
ސީދާ ތިން ސެޓުން ވައިކިންގްސް ބަލިކޮށް ވޮރިއާޒް ފައިނަލަށް
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ ސެމީ ފައިނަލް މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް، މަހިބަދޫ ކައުންސިލް (ވޮރިއާޒް) ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
08 Sep 2026
މިދިޔަ ހަފްތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 12 ކޭސް
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުންނާއި ކަމާބެހޭ އިދާރާތަކުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް 16،320 ފަރާތަކުން ވަނީ ހިމަބިހީގެ ވެކްސިން ފުރިހަމަކޮށްފައެވެ
08 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވަނީ
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރުފުޅަކީ، ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅިގެން ކުރައްވާ ދަތުރުފުޅެކެވެ
08 Sep 2026
ފިޒިއޮތެރަޕީގެ ދާއިރާ ކުރިއެރުވުމަށް އެމްއެންޔޫ އާއި އެމްޕީއޭ ދެމެދު އެމްއޯޔޫއެއް
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި މޯލްޑިވްސް ފިޒިއޮތެރަޕީ އެސޯސިއޭޝަން (އެމްޕީއޭ) އާ ދެމެދު ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދުނިޔޭގެ ފިޒިއޮތެރަޕީ ދުވަހާ ގުޅުވައިގެން، މިއަދުއެވެ.