ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު -- ފޮޓޯ: ރައީސް އޮފީސް
ހަބަރު
11 Sep 2022 | 22:06
ގާނޫނަށް ބަދަލު ގެނެސްގެން ނަމަވެސް ލޭންޑް ޔޫސް ޕްލޭން އާގުޅޭ މައްސަލަތައް ހައްލުކުރަން ޖެހޭ: ރައީސް ޞާލިހު

ބިނާވެށީގެ ޕްލޭން ނުވަތަ ލޭންޑް ޔޫސް ޕްލޭން ތައްޔާރުކުރުމުގައި ހުރި ދަތިތައް ޙައްލުކުރުމަށް ޤާނޫނު ބަދަލުކުރަންޖެހޭ ނަމަ އެކަން ކުރެއްވުން މުހިއްމުކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ލ.ގަމުގައި މިހާރުކުރިޔަށްދާ، ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ދެވަނަ ސެޝަންގެ ރިޔާސަތު ބަލަހައްޓަވައި، ދެއްކެވި ވާހަކަފުޅުގައެވެ.

ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ތިންވަނަ ސެޝަންގެ، މައުޟޫޢެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ، "ބިނާވެށީގެ ޕްލޭން އެކުލަވާލުން" މިއެވެ.

މިސެޝަންގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، މުޙައްމަދު އަސްލަމާއި، މިނިސްޓަރ އޮފް ޓޫރިޒަމް، ޑރ. މަޢުޞޫމާއި، މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ، ޑރ. ޙުސައިން ރަޝީދު ޙަސަން އަދި، ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މެންބަރު، ތުޅާދޫ ދާއިރާގެ މެންބަރު އަލްއުސްތާޛާ ޙިސާން ޙުސެއިން ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ލާމަރުކަޒީ ޤާނޫނަށް ގެނެވުނު ބަދަލުތަކާ އެއްގޮތަށް ބިނާވެށި ޕްލޭންތައް އެކުލަވާލުމަށް ކައުންސިލްތަކަށް ދަތިތަކެއް ކުރިމަތިވަމުންދާކަން ހާމަވެފައިވާކަމަށާއި، އެކަމުގެ ސަބަބުން ރަށްރަށުގެ ތަރައްޤީއަށް ކުރަން ހުރި މަސައްކަތްތަކުގައި ހުރަސްތައް ހުރިކަން ކައުންސިލްތަކުން ފާހަގަކުރައްވަމުން ދާތީ، ޤާނޫނަށް އިސްލާޙް ގެނެސްގެން ނަމަވެސް އެކަމަށް ލުއި ފަސޭހަ މަގެއް ހޯދަން ޖެހޭ ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.

މިޕެނަލް ޑިސްކަޝަންގެ ތެރޭގައި ވަނީ، ބިނާވެށި ޕްލޭން އެކުލަވާލުމުގައި ދިމާވެފައިވާ ދަތިތަކަށް ޕްލޭނިންގ މިނިސްޓްރީއިން ހުށަހަޅުއްވާފައިވާ ޙައްލުތަކާ ގުޅޭ ވީޑިއޯއެއްވެސް ދައްކާފައެވެ. މީގެ އިތުރުން، ޕްލޭނިންގ މިނިސްޓަރ މުޙައްމަދު އަސްލަމް ވަނީ، ބިނާވެށީގެ ޕްލޭންތައް ހެދުމުގައި ކައުންސިލްތަކަށް ފަސޭހައިން އެކަން ކުރެވޭނެ ގޮތްތައް ވިދާޅުވެދެއްވާފައެވެ.

މުޅި ރާއްޖެއިން މިހާތަނަށް ލޭންޑް ޔޫސްޕްލޭންތައް މިނިސްޓްރީއަށް ފޮނުއްވާފައިވަނީ ފަސްދޮޅަހަކަށް ރަށުންކަން ފާހަގަކުރައްވައި، މިނިސްޓަރ އަސްލަމް ވިދާޅުވީ، މިފަހަރުގެ ވިއަވަތި ރާއްޖެ ކޮންފަރެންސްގައި ބައިވެރިވާ ރަށްތަކުގެ ތެރެއިން، މިނިސްޓްރީއަށް ލިބިފައި ވަނީ 11 ރަށެއްގެ ބިނާވެށީގެ ޕްލޭން ކަމަށެވެ. އަދި އޭގެ ތެރެއިން 7 ރަށެއްގެ ބިނާވެށީގެ ޕްލޭންގައި މައްސަލަތައް ފާހަގަވެ ފާސްނުވާކަން މިނިސްޓަރ ފާހަގަ ކުރެެއްވިއެވެ. .

މީގެ އިތުރުން މިސެޝަންގައި ވެސް ވަނީ، ފަނޯއްލަ ދަރުބާރުގައި މަޝްވަރާކުރެވުނު ކަންކަމާ ގުޅޭގޮތުން ކައުންސިލަރުންގެ ފަރާތުން ޕްރެޒެންޓޭޝަނެއް ހުށައެޅުމުގެ އިތުރުން، ފަނޯއްލަ ދަރުބާރުގައި، ކައުންސިލަރުން މަޝްވަރާކުރައްވައި ފާހަގަކުރެއްވި ކަންކަމާއި ގުޅޭގޮތުންނާ ކައުންސިލަރުން ފާހަގަކުރައްވަން ބޭނުންވެލައްވާ އިތުރު ކަންކަން ފާހަގަކުރެއްވުމަށް ވެސް ޕެނަލް ޑިސްކަޝަންގެ ތެރެއިން ފުރުޞަތު ދެއްވާފައެވެ. މިގޮތުން ކައުންސިލްތަކުގެ ފަރާތުން ފާހަގަކުރެއްވި، ކަންތައްތަކުގެ ތެރޭގައި ބިނާވެށީގެ ޕްލޭންތައް ހެދޭނެ ފަދަ ފަންނީ މުވައްޒަފުން ކައުންސިލްތަކުގައި ނެތުމާއިއެކު، އެކަމަށް މުވައްޒަފުންނަށް ތަމްރީން ޕްރޮގްރާމްތައް ހިންގައިދިނުން ހިމެނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.