ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
11 Sep 2022 | 11:38
ދެން އެންމެ އަވަހަށް ބޮޑުވާނީ ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ: ރައީސް ޞާލިހު

ޓީޗަރުންގެ މުސާރައަށް ގެނެވުނު ހެޔޮ ބަދަލަށްފަހު ދެން އެންމެ އަވަހަށް މުސާރަ ބޮޑުވާނީ ސިއްހީ ދާއިރާގެ މުވައްޒަފުންގެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ.

މިއަދު ލ. އަތޮޅުގައި ފެށި ތިންވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސް ހުޅުވައިދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިހު ވަނީ ޞިއްޙީ ނިޒާމު ފުރިހަމަ ކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށް ވެސް އަލިއަޅުވާލައްވާފައެވެ. އެ ގޮތުން ސްޕެޝަލިސްޓް ޑޮކްޓަރުންގެ އައުޓްރީޗް ޕްރޮގްރާމާ ، މޮބައިލް ލެބޯރޓަރީގެ ޚިދުމަތް އެޚިދުމަތް ކުރިން ނެތް ރާއްޖޭގެ ހުރިހާ ރަށަކަށް މިހާރު އަމާޒުކުރެވި ޞިއްޙީ ދާއިރާގެ ތަރައްޤީގެ މަސައްކަތްތައް ކުރިޔަށްދާކަން ފާހަގަކުރެއްވިއެވެ.

މިއާއެކު ޒަމާނުއްސުރެ ކަނޑަނާޅާ އޮތް "އެންމެ ދަށް އުޖޫރަ" މި ސަރުކާރުން ކަނޑައަޅައި އޭގެ ސަބަބުން އެތައް ފައިދާތަކެއް ކުރަމުން އަންނަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ ޓީޗަރުންގެ މުސާރައަށް ގެނައި ހެޔޮ ބަދަލަކީވެސް އިންޤިލާބީ ބަދަލެއްކަން ފާހަގަކުރައްވައި އޭގެ ސަބަބުން ޕްރިންސިޕަލުންނާއި ޓީޗަރުން ލިބުމުގައި އޮތް އެންމެ ބޮޑު ހުރަސް ނައްތާލެވިފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ދެން މި ބަދަލު އެންމެ އަވަހަށް ފެނިގެންދާނީ ޞިއްޙީ ދާއިރާއިންކަން ވެސް އެމަނިކުފާނުގެ ފާހަގަކުރެއްވިއެވެ.

މިއަހަރުގެ ހައި އެޗީވަރސް އެވޯޑު ހާސިލްކުރި ދަރިވަރުންގެ އަދަދާއި އަދި މުޅިދުނިޔެއާ ވާދަކޮށް، އެކަހެރި ކުދި ރަށްރަށުގެ މަދަރުސާ ތަކުގެ ދަރިވަރުން ހޯދި މަތީ ނަތީޖާތަކުން، ލާމަރުކަޒީ ނިޒާމާއެކު ރަށްރަށުގެ ތަޢުލީމީ ނިޒާމަށް ސަރުކާރުން ގެނެސްދެއްވި ހެޔޮ ބަދަލު ފެނިގެންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރައީސް ޞާލިހު ވަނީ ރާއްޖޭގައި ސަރުކާރުން މިހާރު ހިންގާ ތަރައްޤީ މަޝްރޫޢުތައް އަދި ސިޔާސަތުތައް އެކުލަވާލާފައި ވަނީ ކޮންމެ ރައްޔިތަކަށް ވެސް، އެ ރައްޔިތަކު އިޚްތިޔާރު ކުރާތަނެއްގައި އުފާ ފާގަތި ކަމާއެކު ޢާއިލާއެއް ބިނާކޮށް، ދިރިއުޅެވޭނެ މަގުފަހިކޮށްދިނުމަށްކަމުގައި ފާހަގަކުރައްވާފައެވެ.

ހަމަ އެއާއެކު މިހާރު ފެށިފައިވާ ރާއްޖެ ޓްރާސްންސްޕޯޓް ލިންކް (އާރު.ޓީ.އެލް.) އާއެކު މީގެ ކުރިން ފަހިނުވާ މިންވަރަށް ދަތުރުފަތުރުގެ ލުއިފަސޭހަކަން ފަހިވެ ވަކިވަކި ރަށްތަކުގެ އިޤްތިޞާދީ ޙަރަކާތްތަކަށް އިތުރަށް ދިރުން ލިބިދީފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"މިދަންނަވާ ތަނަވަސްކަމުގެ މިސާލެއް ދަންނަވާނަން. ތަކަން-މާރަންދޫގެ ހިކަނދި ރާނބާ ، އެންމެންވެސް އަބަދުވެސް ބޭނުންވޭ. ހަމަ އެގޮތަށް ، ކެލާ ބާރަށުގެ ފަލަމަޑިއަށް ، ރަށްތަކުން އިންތިޒާރުކުރޭ. އަދި މިނޫނަސް، އެތައް ރަށެއްގެ އާދަޔާ ޚިލާފް "މާދަރީ އުފެއްދުން ހުރޭ". އާރްޓީއެލް މެދުވެރިކޮށް ، މިތަކެތި ފީނުވެ ބޮޑު ތިލަދުންމައްޗަށް ރައްދު ކުރެވި ، އެރަށަކަށް އެރަށެއްގެ އަގު ، އިރު އޮއްސުމުގެ ކުރިން މިހާރު ލިބޭ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، މި ސަރުކާރުގެ 5 އަހަރުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާ ނަރުދަމާ ޤާއިމުކޮށް ނިންމުމަށް އަމާޒު ހިފައިގެން އެމަސައްކަތްތައް ނިންމަމުން އަންނަނީ އެ ޚިދުމަތްތަކަކީ ، ލާމަރުކަޒީ ޖަޒީރާ ދިރިއުޅުމާ، މުޅިރާއްޖޭގެ ތަރައްޤީ، އޭގެ މައްޗަށް ބިނާވާ އަސާސްތައް ކަމުގައިވާތީކަމަށެވެ. ފެނާ ނަރުދަމާގެ އިތުރުން ފާއިތުވި 70 އަހަރުން އަތޮޅުތަކުގައި ޤާއިމުކޮށްފައިހުރި ކަރަންޓް މެގަވޮޓްގެ ޖުމްލަ ޢަދަދު މިހާރު ދެގުނަ އިތުރުކޮށް، ކަރަންޓްދިނުމުގެ މުޅި ނިޒާމަށް ހެޔޮ ބަދަލެއް ގެނެސްދީފައިވާކަން ވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

" ބާވެ ހަސްނެތި އުވެމުން ، ނިވެމުން ، ކަނިވަމުންދާ ހުރިހާ އިންޖީނުގެ ތަކުގެ ގަދައަޑާ ، ބޯދުމާ ، ގެނދަބުޅިން ، ރައްޔިތުން މިންޖު ކުރުމުގެ ބޮޑު މަޝްރޫޢު ، ފެނަކައިން ހިންގަމުން އެބަގެންދޭ. އާޖޯރަކާ އިތުރު ހޯސްޕަވަރުގެ ޖަނަރޭޓަރުތައް، ޒަމާނީ އާއިންޖީނުގެ ތަކުގާ އެދަނީ ބަހައްޓަމުން. ޖަޒީރާ ދިރިއުޅުމަށް އިތުރު ހަކަތަ އެދަނީ ލިބެމުން. ދުރު އަދި މެދު ރާސްތާގާ ،އިޢާދަކުރަނިވި ހަކަތައަށް ބަދަލުވުމުގެ އަމާޒަށް ސަރުކާރުން މިދަނީ މަސައްކަތްކުރަމުން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުގެ ހުރިހާ ސިޔާސަތެއް މިހާރު ފަރުމާވެ ހިނގަމުންދަނީ ލާމަރުކަޒީ ނިޒާމަކީ މައިގަނޑު އަސާސްކަމުގައި ބަލައިގެން އެއްރަށް އަނެއް ރަށާ ގުޅި ލާމެހިގެން ހިނގާ ޖަޒީރާ ދިރިއުޅުމަށް މަގުފަހިވާގޮތަށްކަމުގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.