15 Sep 2022
ރާނީ ތައުޒިޔާގެ ދަފްތަރުގައި ރައީސްގެ ދެކަނބަލުން ސޮއިކުރައްވައިިފި
ސެޕްޓެންބަރު މަހުގެ 8 ވީ ބުރާސްފަތި ދުވަހު އިނގިރޭސި ވިލާތުގެ ރަނިކަމުގެ ތަޚުތުގައި 70 އަހަރަށްވުރެ ގިނަދުވަހު އިންނެވި، ރާނީ އެލިޒަބަތު 2 ވަނަ ޢުމުރުފުޅުން 96 އަހަރުފުޅުގައި އަވަހާރަވުމާއި ގުޅިގެން އެކަމަނާގެ ހަނދާނުގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މިއަދު ސޮއިކުރައްވައިފިއެވެ.