ނާވައިދޫގައި ފެނުގެ ނިޒާމް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން--ފޮޓޯ: ރައީސް އޮފީސް
26 Sep 2022 | 17:12
ސާފުތާހިރު ދިރިއުޅުމަކަށް މަގުފަހިކޮށްދިން ޒަމާނެއްގެ ގޮތުގައި މި ވެރިކަަން ލިޔެވިގެންދާނެ: އަސްލަމް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ މިދައުރު ރާއްޖޭގެ ތާރީޚުގައި ލިޔެވިގެންދާނީ ސާފުތާހިރު ދިރިއުޅުމަކަށް މަގުފަހިކޮށްދިން ޒަމާނެއްގެ ގޮތުގައި ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ހދ. ނައިވާދޫގައި ފެނުގެ ނިޒާމް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިހުގެ ސަރުކާރުން ރާއްޖޭގައި އުމްރާނީ ތަރައްގީއަށް މިހާރު ކުރިއަށްގެންދާ މަޝްރޫއުތަކުގެ ތަފްސީލް މިނިސްޓަރު އަސްލަމް ވަނީ ހިއްސާކުރައްވާފައެވެ. އެގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އެކި ރަށްރަށުގެ އުމްރާނީ ތަރައްގީގެ 18.74 ބިލިއަން ރުފިޔާގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށެވެ. 

އެގޮތުން މިސަރުކާރުން ބަނދަރު ހެދުމުގެ 44 މަޝްރޫއެއްގެ މަސައްކަތް ނިންމާފައިވާ ކަމަށާއި ބަނދަރު ހެދުމުގެ 37 މަޝްރޫޢުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިއީ 3.6 ބިލިއަން ރުފިޔާގެ މަޝްރޫއު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން 5 ރަށެއްގައި މަގު ހެދުމުގެ މަސައްކަތް ނިމިފައިވާއިރު 21 ރަށެއްގައި މިހާރު ވެސް މަގުހެދުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށާ މިއީ 3.7 ބިލިއަން ރުފިޔާގެ މަޝްރޫތައް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ބިން ހިއްކުމުގެ 7 މަޝްރޫއެއްގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި އިތުރު 7 މަޝްރޫއެއްގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށެވެ. މިއީ 4.8 ބިލިއަން ރުފިޔާގެ މަޝްރޫތަކެވެ.

ދަތުރުފަތުރުގެ ނިޒާމު ރާއްޖެ ގުޅުވާލުމަށް ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން އެއަރޕޯޓް ތަރައްގީކުރުމުގެ 1 މަޝްރޫޢުގެ މަސައްކަތް ނިމި، އިތުރު 3 މަޝްރޫއެއްގެ މަސައްކަތް ކުރިއަށްދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެއީ 840 މިލިއަން ރުފިޔާގެ މަޝްރޫތަކެއް ކަމަށް ވިދާޅުވިއެވެ.

ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތު ކަމަށްވާ ސާފު ބޯފެނާއި، ނަރުދަމާގެ މަސައްކަތުގެ ތެރެއިން 11 މަޝްރޫއެއްގެ މަސައްކަތް ނިމިފައިވާއިރު 130 މަޝްރޫއެއްގެ މަސައްކަތް މިވަގުތު ކުރިއަށްދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މި މަޝްރޫތަކަށް 5.8 ބިލިއަން ރުފިޔާ ޚަރަދުވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެ މަސައްކަތް ތަކަކީ ހަމައެކަނި ހަވާލުކުރެވި މަސައްކަތް ކުރިއަށްދާ މަސައްކަތްތައް ކަމަށާ، އެނޫންވެސް ޓެންޑަރ ކުރުމުގެ މަރުހަލާގައިވެސް އިތުރު އެތައް މަސައްކަތްތަކެއް ހުރި ކަމަށެވެ. 

ރާއްޖޭގެ ހުރިހާ ރަށަކަށް ހަމަހަމައަށް ހިންގަމުން މިދާ މަޝްރޫއުތަކުގެ ސަބަބުން ރައީސް ޞާލިހުގެ މިދައުރު ރާއްޖޭގެ ތާރީޚުގައި ލިޔެވިގެންދާނީ ސާފުތާހިރު ދިރިއުޅުމަކަށް މަގުފަހިވި ބާރަށް ތަރައްގީ ކުރިއަށް ދިޔަ ދައުރެއްގެ ގޮތުގައި ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ. 

މިވެރިކަން ލިޔެވިގެންދާނެ ހަމަ ޔަގީނުންވެސް، ސާފުތާހިރު ދިރިއުޅުމަށް އަޅުގަނޑުމެން މަގުފަހިކޮށްދިން ޒަމާން. ނަޖިސް ވަޅުގަނޑު ސާފުކުރަން ނުޖެހުނު ޒަމާން. ބޯފެން ކަށަވަރު ކޮށްދިން ޒަމާން. އެއް ރަށުން އަނެއް ރަށަށް ގުޅުވައިދިން ޒަމާން. މުޅި ރާއްޖެ، ލާ މެހިފައިވާ ތަނަކަށް ހަދައިދިން ޒަމާން. ބާރަށް ތަރައްގީ ކުރިއަށް ދިޔަ ޒަމާނެއްގެ ގޮތުގައި މި ދުވަސްވަރު ޔަގީނުންވެސް ތާރީޚުގައި ލިޔަމުންދާނެ.

މިނިސްޓަރު މުހައްމަދު އަސްލަމް 

ކޮމެންޓް
އަހްމަދު
ކިހާތާހިރު ވެރިކަމެއް މީ! ތެދެއް ތާރީޙުގަވެސް ލިޔެވޭނެ ލާދީނީ ޔަތުފެތުރި ސަރުކާރެއް ގޮތުގަ އަދި ޝިރުކު ފަތުރަން ދޮރުތައް ހުޅުވި ސަރުކާރެއް ގޮތުގައި! ވ ވެދުން
26 Sep 2022
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.