ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
11 Sep 2022 | 12:11
ލާމަރުކަޒީ ނިޒާމު ފައްކާ ކުރުމަކީ ރައީސް ޞާލިހު އީމާންވެ ވަޑައިގަންނަވާ ގޮތް: އިމްރާން

ލާމަރުކަޒީ ނިޒާމު ފައްކާ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ހަމައެކަނި ރިޔާސީ އިންތިހާބާއި ދިމާކޮށް ވެވަޑައިގެންނެވި ވައުދެއް ނޫން ކަމަށާއި އެއީ ރާއްޖޭގެ ވެރިކަން ކުރަން ޖެހޭނެ ކަމަށް އެމަނިކުފާނު އީމާންވެ ވަޑައިގަންނަވާ ގޮތް ކަމަށް ހޯމް މިނިސްޓަރ އިމްރާން ވިދާޅުވެއްޖެއެވެ.

މިއަދު ފެށި "ވިއަވަތި" ރާއްޖެ ކޮންފަރެންސުގެ ތިންވަނަ ބައްދަލު ފެއްޓެވުމަށް ބޭއްވޖ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ ރާއްޖެ ތަރައްޤީކޮށް ހަމަހަމަ ފުރުސަތު ތަނަވަސްކުރުމަށް ރައީސުލްޖުމްހޫރިއްޔާ އެންމެ އިސްކަން ދެއްވާ ސިޔާސަތުކަމަށެވެ. އަދި  އެމަނިކުފާނުގެ ވެރިކަމުގެ މިވީ ދުވަސްތަކުގައި މަރުކަޒީ ބާރުވެރިކަން ދޫކޮށް، ލާމަރުކަޒީ ސިޔާސަތު ތަންފީޒު ކުރުމަށް ކުރެއްވި މަސައްކަތުން ހެޔޮ ނަތީޖާތަކެއް ލިބިފައިވާކަމަށް އިމްރާން ވިދާޅުވިއެވެ.

"ލާމަރުކަޒީ ނިޒާމު ފައްކާ ކުރުން އެއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ކެމްޕެއިން ވައުދެއްގެ ގޮތުގައި ވިދާޅުވެފައިވާ ބައްފުޅެއްނޫން. އެއީ މިޖަޒީރާ ރާއްޖޭގެ ވެރިކަން ހިންގަންޖެހޭނެކަމަށް އެމަނިކުފާނު އީމާންވެ ވަޑައިގަންނަވާ ގޮތް. އެމަނިކުފާނުގެ ޕެޝަން. އެމަނިކުފާނު ވެރިކަން ކުރައްވާ ވައްޓަފާޅިއާއި ސްޓައިލް." މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

މިއަދު ފެށުނު "ވިއަވަތި" ކޮންފަރެންސާއި އަދި މިހާތަނަށް ބޭއްވުނު މިފަދަ ކޮންމެ ކޮންފަރެންސެއްގައިވެސް ސަރުކާރުން ވަނީ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް އޮޅުންފިލުވައި، އެކަންކަމަށް ޤާނޫނުގެ ތެރެއިންނާއި، އިދާރީ ގޮތުންވެސް ހައްލު ގެނެސް ދެއްވާފައިކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ. މިކުރެވުނު މަސައްކަތުން މިއަދު އެންމެ އިސްކަން ދޭންވީ އެއްކަމަކީ ރައީސުލްޖުމްހޫރިއްޔާ މުޅި ރާއްޖެއަށް ދޫކުރެއްވި ލާމަރުކަޒީ ސިޔާސަތު ހިފެހެއްޓޭނެ ގޮތަކަށް އެއްވެސް މީހަކަށް ޖާގަ ނުދިނުންކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

"މިދައުރު ނިމުމަށްފަހު އަތޮޅުތަކަށް ފަތުރާލައްވާފައިވާ ލާމަރުކަޒީ ސިޔާސަތު ދެން އިންޗިއަކަށްވެސް ފަހަތަށް ޖެއްސުމަށް އެއްވެސް މީހަކަށް ފުރުސަތު ދީގެން ނުވާނެ. ޤައުމެއް ތަނަވަސްވި ކަމަށްވާނީ އެންމެން ތަނަވަސް ވުމުން. އެންމެ ފަގީރު މީހާވެސް އުފާވީމަ. ހުރިހާ ރަށްތަކެއް އެއްވަރަށް ތަރައްޤީވެގެން." މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

މީގެ އިތުރުން، ތަރައްޤީގެ އެންމެ މުހިންމު އެއްކަމަކީ މަޝްވަރާގެ އުސޫލުން ކަންކަން ކުރުން ކަމަށާއި، ރައީސް ޞާލިހުގެ ވެރިކަމުގެ މިހާތަނަށް ހޯދުނު ކާމިޔާބީގެ އެންމެ ބޮޑު ހިއްސާއަކީ އެމަނިކުފާނު މަޝްވަރާއަށް އިސްކަން ދެއްވުމުންކަމަށް އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ އިސްލާމީ ތާރީހުގައި މަޝްވަރާގެ މަތިން ކަންކަން ކުރުމުގެ މުހިންމުކަމާއި، މަޝްވަރާގެ އުސޫލު ކަންކަން ކުރުމުން ލިބިފައިވާ ކާމިޔާބީތަކަށްވެސް އަލި އަޅުވާލައްވައި، ވާހަކަ ދައްކަވާފައެވެ.

"މިއީ ހެޔޮވެރިކަމެއްގައި ހުންނަން ޖެހޭ ސިފަތައް. ރައްޔިތުންނާ މެދު އޮންނަންޖެހޭ އޯގާވެރިކަން. ރައްޔިތުންނާ މެދު އޮންނަންޖެހޭ ގާތްކަން. މިއަދުގެ މި ވެރިކަމުން އެ ސިފަތައް އެންމެ ރީތި ގޮތުގައި އެންމެ ފުރިހަމަ ގޮތުގައި ފެންނާތީ މި އެންމެން މިތަނަށް އެއްވެ މިތިބީ" ގުރުއާނުން މިސާލު ނަންގަވައި އިމްރާން ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.