28 Dec 2022
ޕްރައިމަރީއަށްފަހު ކޯލިޝަންގެ ތާއީދު ހޯދުމުގެ މަސައްކަތް ފަށާނަން: ރައީސް ޞާލިހު
ޖަނަވަރީ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޮޑުތަނުން ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާ، އެއަށްފަހު، ކޯލިޝަންގެ ތާއީދު ހޯއްދެވުމުގެ މަސައްކަތް ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.