ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު
04 Oct 2024
ބްރޯޑްކާސްޓަރުންގެ އަމާޒަކަށް ވާންވާނީ، ޤައުމުގެ ޙައްޤުގައި ވަކަލާތުކުރުން
ދިވެހިރާއްޖޭގެ ބްރޯޑްކާސްޓް ކުރުމުގެ ދާއިރާގެ މައިގަނޑު އަމާޒަކަށް ވާންވާނީ، ދިވެހިރާއްޖެއާއި ދިވެހި ޤައުމުގެ ޙައްޤުގައި ވަކަލާތުކުރުންކަމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
03 Oct 2024
ފަތުރުވެރިކަމަށް ދިވެހިގޮތްތައް ހިފެހެއްޓުން ނުހަނު ބޭނުންތެރި: ރައީސް
ރާއްޖޭގެ ފަތުރުވެރިކަން ދެމެހެއްޓުމުގައި ދިވެހިގޮތްތައް ހިފެހެއްޓުން ނުހަނު ބޭނުންތެރިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
02 Oct 2024
މެކްސިކޯގެ ފުރަތަމަ އަންހެން ރައީސާއަށް، ރައީސް މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެ
މެކްސިކޯގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވައި އެޤައުމުގެ ރައީސްކަމާ ހަވާލުވެވަޑައިގެންނެވި ކްލައުޑިއާ ޝެއިންބައުމްއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.
02 Oct 2024
ސީޕްލޭން ވިޔަފާރި ފުޅާކުރަން ޖޮއިންޓް ވެންޗާ ކުންފުންޏެއް އުފައްދަނީ
އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް (އައި.އޭ.އެސް.އެލް) އިން ހިންގަމުން ގެންދާ "މޯލްޑިވިއަން ސީޕްލޭން" ވިޔަފާރި ޒަމާނީކޮށް، އިތުރަށް ފުޅާކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމުގެ ގޮތުން، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް އާއެކު) ސްޓްރެޓީޖިކް ޕާޓްނަރޝިޕެއް ޤާއިމްކޮށް، މި ޕާޓްނަރޝިޕްގެ ދަށުން ސީޕްލޭން ޚިދުމަތް ދިނުމަށްޓަކައި، އެމް.އޭ.ސީ.އެލް އާއެކު ޖޮއިންޓް ވެންޗަރ ކުންފުންޏެއް އުފެއްދެވުމުގެ ކަންކަން ކުރިޔަށް ގެންދިއުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
01 Oct 2024
ރާއްޖެއާއި ޗައިނާގެ ގުޅުންދާނީ ވަރުގަދަވަމުން: ރައީސް
ރާއްޖެ އާއި ޗައިނާގެ ގުޅުންދާނީ ވަރުގަދަ ވަމުންކަމަށާއި، އެކަމުގެ ފައިދާ ދެގައުމުގެ ރައްޔިތުންނަށް ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
29 Sep 2024
ރާއްޖެއަކީ ދުނިޔޭގެ ކުރިމަތީގައި ބަސްބުނަން ކެރޭ ޤައުމެއްކަން ސާބިތުކޮށްދީފި
ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ދިވެހިރާއްޖެ ތަމްސީލްކުރައްވައި، ދިވެހިރާއްޖެއަކީ ދުނިޔޭގެ ކުރިމަތީގައި ބަސްބުނަން ކެރޭ ޤައުމެއްކަން ސާބިތުކޮށްދެއްވާފައިވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާޙީމް ވިދާޅުވެއްޖެއެވެ.
29 Sep 2024
ރައީސް ޑރ.މުޢިއްޒު ރާއްޖެ ވަޑައިގެންފި
އދގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މޙައްމަދު މުޢިއްޒު ރާއްޖެއަށް ވަޑައިގެންފިއެވެ.
28 Sep 2024
އެމެރިކާއަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް ފުރާވަޑައިގެންފި
އދގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މޙައްމަދު މުޢިއްޒު، އެމެރިކާގެ ނިއުޔޯކުން ފުރާވަޑައިގެންފިއެވެ.