20 Sep 2024
އދގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަނަށް ރައީސް ފުރާވަޑައިގަންނަވައިފި
އެކުވެރި ދައުލަތްތަކުގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެމެރިކާގެ ނިއުޔޯކަށް ކުރައްވާ ދަތުރުފުޅެއްގައި މިރޭ އިރާކޮޅު ފުރާވަޑައިގަންނަވައިފިއެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ރާއްޖޭގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
19 Sep 2024
އ.ދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވަޑައިގަތުމަށް ރައީސް ނިންމަވައިފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އ.ދ. ގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވަޑައިގަތުމަށް ނިންމަވައިފިކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
18 Sep 2024
ކުންފުންޏާބެހޭ ގާނޫނަށް ގެނައި އިސްލާހު ތަސްދީގު ކުރައްވައިފި
ކުންފުނިތަކުގެ ބޯޑަށް މެނޭޖިން ޑިރެކްޓަރުންނާއި ޑިރެކްޓަރުން އައްޔަންކުރުމުގެ މުއްދަތު ކުރުކުރުމަށް ކުންފުންޏާބެހޭ ގާނޫނަށް ގެނެވުނު އިސްލާހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ.
18 Sep 2024
ރައީސްގެ އިލްތިމާސެއް؛ ރައްކާތެރިކަމާއެކު ދުއްވާ!
މަގުމަތީގައި ރައްކާތެރިކަމާއި އެކު ދުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިލްތިމާސް ކުރައްވައިފިއެވެ.
17 Sep 2024
20 އަހަރަށް ޤައުމީ ތަރައްޤީ ޕްލޭންކުރުމުގެ މަސައްކަތް ފަށަނީ
ކުރިއަށްއޮތް 20 އަހަރަށް ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.
16 Sep 2024
ގަސް އިންދުމަކީ ތިމާވެށީގެ މައްސަލަތަކަށް އޮތް ޚަރަދުކުޑަ ހައްލެއް: ރައީސް
ގަސް އިންދުމަކީ ތިމާވެށީގެ މައްސަލަތަކަށް އޮތް ޚަރަދުކުޑަ ހައްލެއްކަމަށް ރައީސުލް ޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
15 Sep 2024
ނިޒާމު ބިނާ ކުރަންވާނީ، އިސްލާމް ދީނުގެ މައްޗަށް: ރައީސް
ދިވެހި ގައުމު ހިންގުމުގެ ޑިމޮކްރެޓިކް ނިޒާމު ބިނާ ކުރަންވާނީ، އިސްލާމް ދީނުގެ މައްޗަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
14 Sep 2024
މާލީގޮތުން ރާއްޖެއަށް އެހީވާން އިންޑިއާވެސް އޮތީ ތައްޔާރަށް: އިންޑިއާގެ ނޫސްތައް
ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ މާލީ މައްސަލަތަކުން އަރައިގަތުމަށް އިންޑިއާއިން އެހީވުމަށް ތައްޔާރަށް އޮތްކަމަށް އެޤައުމުގެ ނޫސްތަކުން ބުނެފިއެވެ.