ޖުމްހޫރީ ދުވަހުގެ ޖަލްސާއަށް ރައީސް މުޢިއްޒު ވަޑައިގަންނަވަނީ: ފޮޓޯ/ ވޮއިސް
ހަބަރު
11 Nov 2024 | 09:09
ގާނޫނު އަސާސީއަށް މުހިންމު ތިން ބަދަލެއް ގެނައުމަށް، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އަހަނީ!

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކުރުމަށާއި، ރިޔާސީ ދައުރު ފެށޭ ތާރީހަކީ ނޮވެމްބަރު 11 ކަމަށް ބަދަލުކޮށް، އެއްބުރުން ރައީސަކު ހޮވޭގޮތަށް ގާނޫނަށް އިސްލާހް ގެނައުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރައްވައިފި އެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ކުރިޔަށް ގެންދިޔަ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މި ދައުރަށް 40 ބިލެއް ސަރުކާރެ ފަރާތުން ހުށަހެޅިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް މުހިންމު ބިލުތަކެއް ހުށަހެޅުމަށް ނިންމަވާފައިވާ ކަމަށެވެ.

އޭގެ ތަފްސީލަށް ވަޑައިގަންނަވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ވަޢުދުފުޅާއި އެއްގޮތަށް، ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވާ ދުވަސް ނޮވެމްބަރު 11 އަށް ބަދަލު ކުރުމަށް ގާނޫނު އިސްލާޙް ކުރުމެވެ. ރައީސް ވިދާޅުވި ގޮތުގައި، ވެރިކަމުގެ ހުވާ ތާރީހަކީ ނޮވެމްބަރު 17 ކަމަށް ބަދަލު ކުރެވުނީ ސިޔާސީ އޮއިވަރެއްގެ ސަބަބުންނެވެ.

ރޭގެ ޖަލްސާގައި ރައީސް މުޢިއްޒު ވާހަކަދައްކަވަނީ: ފޮޓޯ/ ރައީސް އޮފީސް<br>

މިއާއެކު ރައީސް މުޢިއްޒު ވިދާޅުވީ، ގާނޫނު އޮތް ގޮތުން، އެ ނިންމުމަކީ  ސީދާ އެމަނިކުފާނު ނުވަތަ ރައްޔިތުންގެ މަޖިލީހުން ވެސް ކަނޑައެޅޭ ވަރަށް ވުރެ ބޮޑު ނިންމުމަކަށް ވާތީ އެކަން ކުރުމަށް ދާން ޖެހެނީ ރައްޔިތުންގެ ގާތަށް  ކަމަށެވެ.

ރައްޔިތުންގެ ގާތަށް ދާން މި ޖެހެނީ. ރައްޔިތުން ގާތު އަހާލަން އެބަޖެހޭ ފެންނަ ނުފެންނަ ވޯޓަކަށް ޖުމްހޫރީ ދުވަސް. މާނައަކީ މި ދައުރު ނިމޭ ދުވަސް 2028 ގެ ނޮވެމްބަރު 11 އަށް ބަދަލު ކުރަން. ހަފުތާއެއް ކުރުވުން. ރައްޔިތުން އެގޮތަށް ރުހެންތޯ އަޅުގަނޑު އަހާލާނަން ރައްޔިތުންގެ ގާތު. ރައްޔިތުން ރުހޭ ނަމަ، (ހުވާކުރާ ދުވަސް) ނޮވެމްބަރު 11 އަށް ބަދަލުވެގެންދާނެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު 

މިއާއެކު އެމަނިކުފާނުގެ ވަޢުދުފުޅާއި އެއްގޮތަށް ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށް ބޭއްވުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެންގެވުމަށް ނިންމަވާފައިވާ ކަމަށް ވިދާޅުވުއެވެ.

ދެ އިންތިޚާބާއި ދޭތެރޭގައި (ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބާ ދޭތެރޭގައި) މި އޮންނަނީ ދެތިން މަސް ނޫންތޯ؟ އެތައް ޚަރަދެއް އެބަ ހިނގާ. އީސީއިން އެކަނިވެސް އެތައް ޚަރަދެއް ކުރޭ. އޭގެ ބަދަލުގައި ރިޔާސީ އިންތިޚާބާއި އެކުގައި މަޖިލިސް އިންތިޚާބު ބޭއްވުމަކީ އަޅުގަނޑު ދެކޭގޮތް. އެހެން ނަމަވެސް އަޅުގަނޑަކަށް އެކަނި ނުނިންމޭނެ. ރައްޔިތުން ގާތުގައި އަޅުގަނޑުމެން އަހަން ގަސްތުކުރަން. ރައްޔިތުން ބޭނުންވަންޏާ ދެން އަންނަ ރިޔާސީ އިންތިޚާބަކާއި އެކީގައި، އޮންނާނެ ރައްޔިތުންގެ މަޖިލިސް އިންތިޚާބު. އެކަމަށްވެސް އަޅުގަނޑު ރައްޔިތުން ގާތުގައި އަހާނަން. މަޖިލިސް މެދުވެރިކޮށް.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު 

ރޭގެ ޖަލްސާގައި ރައީސް މުޢިއްޒު ވާހަކަދައްކަވަނީ: ފޮޓޯ/ ރައީސް އޮފީސް

މީގެއިތުރުން، ބައެެއް ގައުމުތަކުގައި އޮންނަ ގޮތަށް، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ބަދަލުގައި އެއްބުރުން، އިންތިޚާބު ކާމިޔާބު ކުރާ ކެންޑިޑޭޓު ކަނޑައެޅުމުގައި އަމަލު ކުރެވިދާނެ ގޮތެއް ހޯދުމަށް އެޓާނީ ޖެނެރަލް އާއި ގުޅިގެން މަޝްވަރާކުރެވި، ދިރާސާ ކުރައްވަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

ދެވަނަ ބުރު އުވާލަން އެބަޖެހޭ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި. ދެވަނަ ބުރަކަށް ނުގޮސް، ފުރަތަމަ ބުރުގައި، ޕްރިފަރެންޝަލް ވޯޓިންގ އިން، ދެވަނަ ބުރަކަށް ދާ ހާލެއްގައި ޗޫސް ކުރާނެ ވެރިމީހާވެސް އެނގޭ ގޮތަށް ވޯޓް ލެވޭ ގޮތަށް. މާނައަކީ އެއްބުރުން ނިމޭނެއޭ. އެއްބުރުން އެއްވަނަ ދެވަނަ ސާފުވާ ގޮތަށް. އަޅުގަނޑުހިތުން އަވަށްޓެރި ބައެއް ގައުމުތަކުގައިވެސް އޮތީ އެހެން. އެކަމުގެ ދިރާސާ ކޮށްފައި، އެއީ ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތް ކަމަށް ވަންޏާ މަޖިލިސް މެދުވެރިކޮށް، ރައްޔިތުން އެކަމަށް އެދޭ ނަމަ، އަންނަ ރިޔާސީ އިންތިޚާބުން ފެށިގެން ދެބުރު ނޯންނަ ގޮތަށް އެއްބުރުން މީހަކު ހޮވާ ގޮތަށް ކަންކަން ބަދަލު ކުރަން. އެކަމަށްވެސް ފެންނަ ނުފެންނަ ވޯޓަކަށް އަހަން ގަސްތުކުރަން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު 

ރައީސް މުޢިއްޒު ވިދާަޅުވި ގޮތުގައި އެގޮތަށް ކަން ކުރުމަކީ ޚަރަދުތައްވެސް ކުޑަވާނެ ގޮތެވެ.  

މީގެ އިތުރުންވެސް، މަދު އާބާދީތައް ހިމެނޭ ރަށްރަށުގެ ކައުންސިލަރުންގެ އަދަދު މަދުކުރުމަށްވެސް ގާނޫނަށް އިސްލާހް ގެންނަވަން ނިންމަވާފައިވާކަން ރައީސް ވަނީ އިއުލާން ކުރައްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Aug 2026
ނަޝީދުގެ ބޮޑު ބަދަލަށް ތާއީދެއް ނުކުރަން، އެ ނިޒާމު ވޯކެއް ނުކުރާނެ: ޔާމީން
"ބޮޑު ބަދަލު" ގެ ނަމުގައި ވެސް ކުރައްވަނީ އެ މަަސަައްކަތްކަން ފާހަގަކުރައްވާ ޔާމީން ވިދާޅުވީ އެ ބަދަލަށް ތާއީދު ނުކުރައްވާނެ ކަމަށެވެ.
07 Aug 2026
ގެއްލުނު މީހުން ހޯދަން ވައިގެ މަގުން 5212، ކަނޑުމަގުން 1070 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައިފި، ނުފެނުނު
ސަޕްލައި ދޯނި އަޑިއަށްދިޔަ ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމުގެ އޮޕަރޭޝަނުގައި، ވައިގެ މަގުން 5212 އަކަ ނޯޓިކަލް މޭލު، ކަނޑުމަގުން 1070.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްެއެންޑީއެފުން ދެންމެ ބުނެފި އެވެ.
07 Aug 2026
އިސްލާމީ ބޮޑު ތިން ގައުމުން ދިފާއީ އެއްބަސްވުމެއް ގާއިމުކޮށްފި
ރިޕޯޓްތައް ބުނާ ގޮތުން މިއަދުގެ އެއްބަސްވުމާއި ހަމައަށް އާދެވުނީ ވޭތުވެދިޔަ އަހަރެއްހާ ދުވަހު ތިން ގައުމުގެ މެދުގައި ކުރެވުނު މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ.
07 Aug 2026
ދެ އޮަޕަރޭޝަނެއްގައި ޑްރަގާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި
ކުޅުދުއްފުށީ ބަނދަރު ސަރައްދުން އެ ދެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 30 ސެލޯފިންކޮޅު ފެނިފައިވެ އެވެ.
07 Aug 2026
"ބޮޑުބަދަލު" ވެބްސައިޓް ލޯންޗުކޮށްފި؛ ހިޔާލު ހުށަހަޅަން އެމްޑީޕީން އެދިއްޖެ
ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް ބަދަލުތައް ގެނައުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު އާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އިސްވެ ފެއްޓެވި "ބޮޑުބަދަލު"އާ ގުޅޭ މައުލޫމާތު ދިނުމަށާއި، އެއަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ހާއްސަ ވެބްސައިޓެއް މިއަދު އިފްތިތާހުކޮށްފިއެވެ.
07 Aug 2026
ރައީސް މުޢިއްޒަކީ އަނިޔާވެރި ބޭފުޅަކަށް ވެދާނެ ކަމަށް ޤަބޫލެއް ނުކުރަން
”ސަންގު“ ޓީވީއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ރައީސް ޔާމީން ވިދާޅުވީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި އެމަނިކުފާނަށް އަނިޔާވެރިވެފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ރައީސް ޞާލިޙަށް ވެރިކަން ލިބިވަޑައިގެންނެވި ނަމަވެސް، އެމަނިކުފާނަށް އަނިޔާވެރިވާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.
07 Aug 2026
އައިފޯނުގެ "ޑާންސިންގ ޑޮޓްސް"؛ ދަތުރުމަތީގައި ބޯއެނބުރުމަށް އޮތް ހައްލެއް؟
މި ތިކިތަކަކީ އައިފޯނުގެ ސެޓިންގްސްގައި ހިމެނޭ "ވެހިކަލް މޯޝަން ކިއުސް" ނަމަކަށް ކިޔާ ފީޗަރެކެވެ. މި ފީޗަރުން ފޯނުގައި ހުންނަ 'އެކްސެލެރޯމީޓަރު' ބޭނުންކޮށްގެން، އުޅަނދު ދަތުރުކުރާ މިސްރާބަށް ސްކްރީނުގައިވާ ތިކިތައް ހަރަކާތްތެރި ކުރުވައެވެ. މިސާލަކަށް ކާރު ކަނާތަށް އަނބުރާލައިފިނަމަ، ސްކްރީނުގައިވާ ތިކިތައް ވެސް އެއާ އެއްގޮތަށް ދަތުރުކުރާނެއެވެ.
07 Aug 2026
އޭޝިއަން ސާފިން ފެޑެރޭޝަނުގެ ނައިބު ރައީސްކަމަށް ޗޭ އިންތިޚާބުވެއްޖެ
އޭޝިއަން ސާފިން ފެޑެރޭޝަން (އޭއެސްއެފް) ގެ ނައިބު ރައީސްކަމުގެ މަގާމަށް، ޕީސް ފައުންޑޭޝަނުގެ ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ސޯބާ (ޗޭ) އިންތިޚާބުވެއްޖެއެވެ.