ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު
29 Aug 2024
ލޭނު އަޅައިގެން މަސްވެރިކަން ކުރަން ހުއްދަ ނުދޭން ނިންމަވައިފި
ރާއްޖޭގައި ލޭނު އަޅައިގެން މަސްވެރިކަން ކުރުމަށް ހުޅުވައިލަން، 13 ޖޫން 2024 ގައި ވަޒީރުންގެ މަޖިލީހުން ފާސްކުރެއްވުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، 'ބޮޑު ކަންނެލި މަސްވެރީންގެ ޔޫނިއަން'ގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ހުށަހެޅުއްވި ކަންތައްތަކަށް ރިޢާރަތްކުރައްވައި، ވަޒީރުން މަޖިލީހުގެ މި ނިންމެވުމަށް ޢަމަލު ނުކުރައްވާގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.
28 Aug 2024
ރައީސް ޑރ.މުޢިއްޒުގެ ދެކަނބަލުން ސިންގަޕޫރުން ރާއްޖެ ވަޑައިގެންފި
ރައީސް ޑރ. މުޙައްމަދު މުއިއްޒު އާއި އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަށްފަހު މިރޭ ރާއްޖެ ވަޑައިގެންފިއެވެ.
27 Aug 2024
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މިރޭ ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ. ރައީސް އޮފީހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި ރައީސްގެ މިދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެކެވެ.
26 Aug 2024
ޑޮލަރު ލިބޭ މީހުން ބޭންކަށް ޑޮލަރު މާރުކުރަން މަޖުބޫރުކުރާނަން: ރައީސް
ރާއްޖޭން ބޭރު ފައިސާ ލިބޭ މީހުން ބޭންކަށް ޑޮލަރު މާރުކުރަން މަޖުބޫރުކުރާނެކަމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، މި ރޭ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ޖަގަހައިގައި ބޭއްވުނު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
26 Aug 2024
އިއްޔެ ކުރަން އުޅުނީ ހަމަ ބަގާވާތެއް: ރައީސް
ބޭންކް އޮފް މޯލްޑިވްސް އިން އިދިކޮޅު ފަރާތްތަކާ ގުޅިގެން އިއްޔެ ކުރަން އުޅުނީ ހަމަ ރަނގަޅަށްވެސް ބަގާވާތެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ސިފަކުރައްވައިފި
26 Aug 2024
ފެނަކަ ކޯޕަރޭޝަން އެސް.ޓީ.އޯގެ ސަބްސިޑަރީއަކަށް ބަދަލުކުރަން ނިންމަވައިފި
އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ފެނަކަ ހަމަޖައްސަން ރައީސް ނިންމަވައިފިއެވެ.
26 Aug 2024
ރައީސް މުޢިއްޒު ބައިވެރިވެވަޑައިގަންނަވާ, ޕީއެންސީ ހަރުގެ ޖަލްސާއެއް މިރޭ
ވެރިކަންކުރާ ޕީއެންސީގެ ލީޑަރ، އަދި އެޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ބައިވެރިވެވަޑައިގަންނަވާ ޕީއެންސީ ހަރުގެ ޖަލްސާއެއް މިރޭ އޮންނާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.
26 Aug 2024
ޑިވެލޮޕްމަންޓް ބޭންކު ވާނީ އިންވެސްޓުކުރާ ފަރާތްތަކުގެ ހަބަކަށް
ޑިވެލްޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ވާނީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ ރިސޯޓުތައް ހެދުމަށާއި، ހައުސިން މާކެޓާއި އެނޫންވެސް އެހެނިހެން ދާއިރާތަކުން ރާއްޖޭގައި އިންވެސްޓުކުރާ ފަރާތްތަކުގެ ހަބަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.