ހައިކޯޓްގެ 44 ވަނަ އަހަރީ ދުވަަސް ފާހަަގަކުރުމުގެ ރަސްމިއްޔާތުގައި ބައްޕާފުޅުގެ ފަނޑިޔާރު ހެދުންކޮޅު ރައީސް މުއިއްޒުއަށް ހަދިޔާކުރައްވަނީ... ފޮޓޯ/ ރައީސް އޮފީސް
ހަބަރު
26 Oct 2024 | 22:50
ބައްޕާފުޅުގެ ފަނޑިޔާރު ހެދުންކޮޅު، ހައިކޯޓުން ރައީސް ޑރ.މުއިއްޒަށް އަރުވައިފި

ދިވެހިރާއްޖޭގެ ހައިކޯޓުގެ 44 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި އެހެންޏާ މި ބާވަތުގެ ރަސްމިއްޔާތުތަކުން ނުފެންނަ ކަމެއް ފެނިގެންދިޔައެވެ.

އެއީ ހައިކޯޓްގެ ކުރީގެ ފަނޑިޔާރު އަދި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ބައްޕާފުޅު، އަލްމަރުހޫމް ހުސެން އަބްދުއްރަހްމާންގެ ފަނޑިޔާރުކަމުގައި ހޭދަކުރެއްވިއިރު، ކޯޓްގައި ބޭނުންފުޅުކުރެއްވި ހެދުންކޮޅު (ގައުންކޮޅު) ރައީސް މުއިއްޒުއަށް ހަދިޔާކުރެއްވި ކުރެއްވުމެވެ.

މި ރަސްމިއްޔާތުގައި ރައީސް ޑރ.މުއިއްޒުގެ އަތްޕުޅަށް ބައްޕާފުޅުގެ ފަނޑިޔާރު ހެދުންކޮޅު އެރުވީ، ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސެން ޝަހީދެވެ. ހެދުންކޮޅާއެކު މަރުހޫމް ހުސެން އަބްދުއްރަހްމާނުގެ ހިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ރަމްޒީ ފިލައެއްވެސް ވަނީ ރައީސް ޑރ.މުއިއްޒަށް ހަދިޔާކުރައްވާފައެވެ.

ހައިކޯޓުގެ 44 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގެ ތެރެއިން.. ފޮޓޯ/ރައީސް އޮފީސް

ފަޟީލަތުއްޝައިޚް އަލްއުސްތާޛު އަލްމަރުޙޫމް ޙުސައިން ޢަބްދުއްރަޙްމާނަކީ، 5 އޮކްޓޫބަރު 1980 ގައި ދިވެހިރާއްޖޭގެ ހައިކޯޓު އުފައްދަވައި، އެ ކޯޓަށް ފުރަތަމަ ޢައްޔަނު ކުރެއްވި ފަނޑިޔާރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އެމަނިކުފާނު ޝަރީޢަތާ ޤާނޫނުގެ ރޮނގުން މަތީ ތަޢުލީމު ޙާޞިލްކުރައްވާފައިވަނީ މިޞްރުގެ އަލްއަޒްހަރު ޔުނިވަރސިޓީއިންނެވެ.

ހއ.ވަށަފަރަށް ނިސްބަތްވެ ވަޑައިގަންނަވާ މަރުހޫމް ހުސެއިން އަބްދުއްރަހްމާނަކީ ނިޔާ އިއްވުމުގައި އަދުލުވެރި ފަނޑިޔާރެކެވެ. އަދި ހަމައެހެންމެ، ރައްޔިތުންގެ އިހުތިރާމް ލިބިފައިވާ ދީނީ އިލްމުވެރިއެއްވެސް މެއެވެ.

ދީނީގޮތުން ރައްޔިތުން ހޭލުންތެރިކުރެއްވުމަށް މަރްހޫމް އަބްދުއްރަހްމާން ކުރެއްވި އަގުހުރި މަސައްކަތްޕުޅުތަކުގެ ސަބަބުން އެމަނިކްފާނަށް ޤައުމީ އިނާމުވެސް ލިބިވަޑައިގެންނެވިއެވެ.

ދިވެހިންގެ ތެރޭގައި މަޝްހޫރުވެގެންދިޔަ "އަލީގެ މައްޗަށް އައްޔެއް" ފަދަ ދީނީގޮތުން މަޤްބޫލު އެތައް ޕްރޮގްރާމެއްގައި ދިވެހިރާއްޖޭގެ ޤައުމީ މީޑިއާ މެދުވެރިކޮށް އެމަނިކުފާނު ބައިވެރިވެވަޑައިގެންފައި ވެއެވެ. އަދި ދީނީ ތަޢުލީމު އުނގަންނައިދެއްވުމުގެ އިތުރަށް ޢިލްމީ އެކި މައުޟޫޢުތަކުގައި ދިރާސާކުރައްވަައި ލިޔުއްވާފައިވެއެވެ. އިސްލާމްދީނަށް ޚިދުމަތްކުރުމަށް ސަރުކާރުން އުފެއްދެވި ވަރަށް ގިނަ ކޮމިޓީތަކުގައިވެސް އެމަނިކުފާނު ވަނީ ހިމެނިވަޑައިގެންފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒަކީ، މަރުހޫމް ހުސެން އަބްދުއްރަހްމާނަށް ލިބިވަޑައިގެންނެވި ހަމައެކަނި ދަރިކަލުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް