ބިނާރާ ބެހޭ ވުޒާރާ
ހަބަރު
09 Nov 2024 | 20:06
އާބަން ސެންޓަރު ތަރައްޤީކުރުމުގައި ދެކުނުގެ އަތޮޅުތައް އެއްކިބާކޮށްފައި ނުވާނެ: ބިނާރާ ބެހޭ ވުޒާރާ

އަދުގެ ސަރުކާރުގެ އުމްރާނީ ތަރައްގީގެ ސަރަހައްދީ ތަސައްވުރުގެ ދަށުން އާބަން ސެންޓަރު ތަރައްޤީކުރުމުގައި ދެކުނުގެ އަތޮޅުތައް އެއްކިބާކޮށްފައި ނުވާނޭކަމަށް، ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އާބަން ސެންޓަރުތައް ތަރައްޤީކުރާނެ 7 ރަށެއް ސަރުކާރުން އިއުލާނުކުރުމާއެކު އިދިކޮޅު ސިޔާސީ ފަރާތްތަކުން ދަނީ އެކަމާ ބުޅޭގޮތުން ތަފާތުއެކި ވާހަކަތައް ދައްކަމުންނެވެ. މިގޮތުން ރަށްތައް ކަނޑައަޅައި އިއުލާނުކުރިގޮތުން އިދިކޮޅު އެމްޑީޕީން ވަނީ ސަރުކާރަށް ވަރަށްބޮޑަށް ފާޑުކިޔާފައެވެ. 

ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކާ ގުޅިގެން ބިނާރާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ އުމްރާނީ ތަރައްޤީގެ ތަސައްވުރަކީ ރާއްޖޭގެ އުތުރުގެ ހަތަރު ހިމެނޭހެން އުތުރުގެ އުމްރާނީ ތަރައްޤީގެ ސަރަހައްދަކާއި ރާއްޖޭގެ ދެކުނުގެ ހަތަރު އަތޮޅު ހިމެނޭހެން އުމްރާނީ ތަރައްޤީގެ ސަރަހައްދެއް ތަރައްޤީކުރުމެވެ.

މިގޮތުން އާބަންސެންޓަރު ތަރައްޤީކުރުމަށް ރާވާފައިވާ ސަރަހައްދުތަކުގެ ތެރޭގައި ދެކުނުގެ އަތޮޅުތަކުގެ ތެރޭގައި ހުވަދުއަތޮޅު އުތުރުބުރި، ހުވަދު އަތޮޅު ދެކުނު ބުރި، ފުވައްމުލައް ސިޓީ އަދި އައްޑޫސިޓީ ހިމެނޭކަން ބިނާރާބެހޭ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.

މިނިސްޓްރީން ބުނީ، ދެކުނު އަތޮޅުތަކުގައިވެސް އެކި ރަށްރަށް އާބާދީއާއި ތަރައްގީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން އާބަން ސެންޓަރުތަކުގެ ގޮތުގައި ތަރައްގީކުރެވޭނޭ ކަމަށެވެ. 

ބިނާރާބެހޭ ވުޒާރާއިން ބުނީ ރައްޔިތުންނަށް އޮޅުންއަރާފަދަ ގޮތަކަށް މިކަމުގައި ހަބަރުތައް ފަތުރަމުންދާކަމަށް ފާހަގަކުރެވޭ ކަމަށާއި، އާބަން ސެންޓަރުތައް ތަރައްޤީކުރާނެ 7 ރަށް މިއަދު އިއުލާނުކޮށްފައި އެވަނީ، ދެކުނުގެ އަތޮޅުތައް އިސްތިސްނާ ނުވާނޭ ގޮތަށްކަމަށެވެ.

އާބަން ސެންޓަރުތަކުގެ ގޮތުގައި 7 ރަށެއް އިއުލާނުކުރުމުން އެކަމާ ބައެއް ސިޔާސީފަރާތްތަކުން ފަތުރަމުންގެންދާ ވާހަކަތަކަށް ރައްދުދެއްވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވެފައިވަނީ، އާބަން ސެންޓަރުގެ ގޮތުގައި ސަރުކާރުން ކަނޑައެޅި ރަށްތައް ތަރައްގީކުރާނީ ރައްޔިތުންގެ ފުރިހަމަ ބައިވެރިވުމާއެކު ކަމަށެވެ. އެކަމަށް ތައްޔާރުކުރާ މާސްޓަރޕްލޭން ތައްޔާރުކުރާނީ ރައްޔިތުންގެ ހިޔާލު ހޯދުމަށްފަހުކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.