ޗާގޯސް
ހަބަރު
10 Nov 2024 | 22:23
ގެއްލުނު ކަނޑުގެ ބައި ހޯދުމުގައި ފަހަތަށްޖެހި ވަޑައިނުގަންނަވާނަން: ރައީސް

ގެއްލުނު ކަނޑުގެ ބައި ހޯދުމުގައި ފަހަތަށްޖެހި ވަޑައިނުގަންނަވާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. 

ޖުމްހޫރީދުވަހުގެ މުނާސަބަތުގައި މިރޭ ޤައުމާ މުހާތަބުކުރައްވައި ވާހަކަދައްކަވަމުން ރައީސް ވަނީ ޗާގޯސްގެ މައްސަލާގައި މިހާރު ސަރުކާރުން ކުރިއަށްގެންދާ މަސައްކަތުގެ އެންމެ ފަހުގެ ވާހަކަތައް ހިއްސާކުރައްވާފައެވެ. ރައީސް ވިދާޅުވީ ގެއްލުނު ކަނޑުގެ ބައި ހޯދުމުގެ މަސައްކަތް މި ސަރުކާރުން ހުއްޓާނުލާނެ ކަމަށާއި އެ މަސައްކަތްތައް ދާނީ ކުރިއަށްކަމަށެވެ. 

ރައީސް ޑރ.މުއިއްޒު ވިދާޅުވީ ގެއްލުނު ކަނޑުގެ ބައި ހޯދުމުގެ މަަސައްކަތް ކުރުމަށް އެކަމަށް ހާއްސަކޮށް މުއައްޒަފުން ލައިގެން މަސައްކަތްކުރަމުންދާކަމަށާއި، ކުރިއަށްވުރެ ބާރަށް އެ މަސައްކަތް ކުރިއަށްދާކަމަށެވެ.

ޗާގޯސް މައްސަލާގައި މިފަހުން އިނގިރޭސިން ވަނީ ޗާގޯސްގެ ސިޔާދަތީ ބާރުތައް މޮރިޝަސްއަށް ދިނުމަށް ނިންމާފައެވެ. މިކަމާ ގުޅިގެން އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެފައިވަނީ އިނގިރޭސިވިލާތުގެ އެ ނިންމުމުގެ ސަބަބުން މި މައްސަލަ އެއްކޮށް މުރާޖައާކުރަން ޖެހިފައިވާކަމަށެވެ.

މިކަމާ ގުޅޭގޮތުން މިރޭ ވާހަކަދައްކަވަމުން ރައީސް ވަނީ ޗާގޯސްގެ ސިޔާދަތީ ބާރުތައް މޮރިޝަސްއަށް ދިނުމަށް އިނގިރޭސިން ނިންމުމާ ގުޅިގެން، އިނގިރޭސި ސަރުކާރަށް ސިޓީއެއް ފޮނުއްވާފައިވާކަން ހާމަކޮށްފައެވެ. މި ސިޓީގައި ޗާގޯސްގެ ހަގީގީ މިލްކުވެރިންނަކީ ސީދާ ދިވެހިންކަން ކިތާބީ ބައެއް ހެތްކާއެކު އެ ސިޓީއާއެކު ހުށަހަޅުއްވާފައިވާކަން ރައީސް ވިދާޅުވިއެވެ.

ދިވެހިސަރުކާރުން މިހާރު ވާނީ އިނގިރޭސި ސަރުކާރަށް ސިޓީއެއް ފޮނުވާފައި. އެތަނަކީ އަޅުގަނޑުމެންގެ ރަސްރަސްކަލުންގެ ލިޔެކިޔުންތަކާއެކު ފެންނާންހުރި ލިޔެކިޔުންތަކާ އެކުގައި އެހެން ގައުމަކަށްވުރެ ދިވެހިރާއްޖެއަށް މާ އައުލާކަންބޮޑު ދިވެހިރާއްޖޭގެ ތަނެއްގެ ގޮތުގައިވެސް ބެލިދާނެ ތަނެއްކަމަށް ތާރީހީގޮތުން ފެންނަން ހުރުމާއެކު އެކަން ފާހަގަކޮށް އަޅުގަނޑުމެން ވާނީ ސިޓީއެއް ފޮނުވާފައި 

ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ

ރައީސް ވިދާޅުވީ ކަނޑުން ގެއްލުނު ބައި ހޯދުމުގެ ކަންކަން ކުރިއަށްއޮތް ތަނުގައި ދާނީ މީގެ ކުރިން މި މަސައްކަތް ކުރިވަރަށްވުރެވެސް ބާރަށްކަަމަށެވެ.

ޗާގޯސްގެ ސިޔާދަތީ ބާރުތައް މޮރިޝަސް އާ ހަވާލުކުރުމަށް ނިންމުމާއި ގުޅިގެން އިނގިރޭސި ހާރިޖީވަޒީރު ޑޭވިޑް ލެމީ ދެއްވި ސްޓޭޓްމެންޓެއްގައި ވިދާޅުވެފައިވަނީ، މި ނިންމުން ނިންމި ނަމަވެސް ޑިއޭގޯ ގާސިއާގައި އެމެރިކާ އަދި އިނގިރޭސިން ހިންގަމުން އަންނަ އަސްކަރީ މަރުކަޒުތައް އަދިވެސް ހިންގަމުންދާނީ އެ ދެ ޤައުމުންކަމަށެވެ. އޭނާ ވިދާޅުވެފައިވަނީ، މިއީ އެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅިގެންދިޔަ މުހިއްމު ފިޔަވަޅެއް ކަމަށެވެ. 

މި އެއްބަސްވުމުގެ ސަބަބުން އެ ސަރަހައްދުގެ ރަށްތައް ދޫކޮށް އެހެން ތަންތަނަށް ހިޖުރަކުރި މީހުންނަށް އެ ރައްތަކަށް އައުމުގެ މަގުފަހިވެގެންދާނޭކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. އަދި މޮރިޝަސްގެ ރަށްވެހީންނަށްވެސް ޗާގޯސްގެ ރަށްތަކުގައި ވަޒަންވެރިވުމުގެ ފުރުސަތު ލިބޭނެއެވެ.

އިނގިރޭސިން އަންނަނީ 1814 ވަނަ އަހަރުން ފެށިގެން ފޯޅަވަހި ސަރަހައްދު ކޮންޓްރޯލްކުރަމުންނެވެ. އެއަށްފަހު އިނގިރޭސިން ވަނީ މޮރިޝަސްގެ ކިބައިން 1965 އަހަރު ޗާގޯސްގެ ރަށްތަށް ނިގުޅައިގަނެފައެވެ. މިކަމުގެ ތެރެއިން ޗާގޯސްގެ ރަށްތަކުގައި ދިރިއުޅެމުން އައި 2000 ހަށްވުރެ ގިނަ ރައްޔިތުން ވަނީ މޮރިޝަސް އާއި އެނޫންވެސް ބައެއް ތަންތަނަށް ފޮނުވާލާފައެވެ.

އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް، ނުވަތަ ބައިނަލްއަޤްވާމީ ކޯޓުން ވަނީ 2019 ވަނަ އަހަރު ޗާގޯސްގެ ރަށްތައް އިނގިރޭސިން ދޫކޮށްލަންޖެހޭކަމަށް ނިންމާފައެވެ. އެގޮތުން ޗާގޯސްގެ ރަށްތަކުން އެރަށްތަކުގައި އޭރުތިބި މީހުން ފޭބުމަށް އިނގިރޭސިން އެންގި އެންގުމަކީވެސް ގޯސް ނިންމުމެއްކަމަށް ބައިނަލްއަޤްވާމީ ކޯޓުން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ