ޖުމްހޫރީ ދުވަހުގެ ޚާއްސަ ޖަލްސާގައި ރައީސް މުޢިއްޒު ވާހަކަ ދައްކަވަނީ: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
11 Nov 2024 | 09:52
އަޅުގަނޑުމެން ގެންނާނީ އެންމެ މުއްސަނދި މީހާ އަތުން ހޯދާފައި، ނިކަމެތި މީހާއަށް ލިބޭ ނިޒާމް: ރައީސް މުޢިއްޒު

އެމަނިކުފާނުގެ ސަރުކާރުން ގެންނާނީ އެންމެ މުއްސަނދި މީހާ އަތުން ހޯދާފައި، ނިކަމެތި މީހާއަށް ލިބޭ ނިޒާމް ކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ރޭ ދަރުބާރުގޭގައި ބޭއްވި، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠަބުކުރައްވަމުންނެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓު ބައްޓަންކުރައްވާފައިވާނީ، ބައިނަލްއަޤުވާމީ މާލީ އިދާރާތަކުގެ ލަފަޔާ އެއްގޮތަށް، ސަބްސިޑީ ނިޒާމާއި، އާސަންދަ ނިޒާމާއި ޕެންޝަން ނިޒާމާއި، އަދި އެސް.އޯ.އީ ތަކާ ގުޅޭ މުހިންމު އިޞްލާޙުތައް ފަދަ، މި ޤައުމުގެ ބައެއް ކަންކަމުގައި ގެންނަންޖެހޭ އިސްލާޙުތައް ގެނެސްގެން ކަމަށެވެ.

އެހެންނަމަވެސް، އެ ބަޖެޓުން، އެންމެ ނިކަމެތި މީހާއަށް، ނުވަތަ އެންމެ އެހީ މުހިންމުވާ މީހާއަށް މިހާރަށްވުރެވެސް ރަނގަޅަށް އެހީތެރިކަން ލިބޭނޭކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

އެންމެ ނިކަމެތި މީހާއަށް، އެންމެ މުހިންމު މީހާއަށް، މިހާރަށްވުރެވެސް ރަނގަޅަށް އެހީތެރިކަން ލިބޭ ގޮތަށް ބައްޓަންވާގޮތަށް. އެންމެ މުއްސަނދި މީހާ އަތުން ހޯދާފައި، އެންމެ ނިކަމެތި މީހާއަށް ލިބޭ ނިޒާމް އަޅުގަނޑުމެން ގެންނަނީ. އިރާދަކުރެއްވިއްޔާ ޢަދުލުވެރިކަން އޭރުން އަންނާނެ. ’ރިޗް ފިޔު‘ އެމީހުން އަތުގައި ހުރިހާ މުއްސަނދިކަމެއް ބޭއްވުމުގެ ބަދަލުގައި، ޑިސްޓްރިބިޔުޓް ކޮށްލައި، އެންމެ ނިކަމެތި މީހާ، މިހާރުހުރި ނިކަމެތިކަމުން މައްޗަށް ޖައްސާލައި، ހަމަހަމަ ކޮށްލައި، ޢަދުލުވެރިކުރުން އެއީ އަޅުގަނޑުމެންގެ ސިޔާސަތު. އެކަން ތަންފީޒު ކުރުމަށް ބަޖެޓްވެސް ހުށަހަޅާފައި އެ އޮތީ

ރައީސް ޑރ މުޙައްމަދު މުޢިއްޒު 

ދިވެހިންގެ އިޤްތިޞާދީ ފުދުންތެރިކަމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކަށް އިޝާރާތްކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ މިރޭވެސް ވަނީ، އިޤްތިޞާދީ މައްސަލަތައް ޙައްލުކުރެއްވުމަށް ފައިސާ ޗާޕުކުރައްވާފައި ނުވާނޭކަމަށާއި އަދި ކުރިއަށްއޮތް ތަނުގައިވެސް ފައިސާ ޗާޕުނުކުރައްވާނޭ ކަމުގައި ވިދާޅުވެފައެވެ. އަދި ދަރަނި ނަގައިގެން ޑެފިސިޓް ފައިނޭންސްކުރުންވެސް މި ސަރުކާރުން ވާނީ ނިމުމަކަށް ގެންނަވާފައިކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ވޭތުވެ ދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި، ސަރުކާރަށް ލިބެން ޖެހި، ނުލިބިފައި ހުރި ފައިސާ ހޯދުމުގެ މަސައްކަތް ފައްޓަވައި، އެ މަސައްކަތުން ހޯދުނު ޢަދަދުގެ އެހީގައި، ސަރުކާރުން ނަގަންޖެހޭ ދަރަނިވެސް ކުޑަކުރެވިފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ރައްޔިތުންލައްވާ މަސައްކަތް ކުރުވުމަށްފަހު ފައިސާ ނުދެވި ހުރި ފަރާތްތަކުގެ ތެރެއިން ފަސްމިލިޔަނުން ދަށުގެ ހުރިހާ ބިލުތަކެއް ދައްކާފައިވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ސަރުކާރުގެ ޢަމާޒަކީ ރައްޔިތުން މުއްސަނދިކުރަމުން އިޤްތިޞާދު ހަރުދަނާކުރުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޖުމްހޫރީ ދުވަހުގެ ޚާއްސަ ޖަލްސާގައި ރައީސް މުޢިއްޒު ވާހަކަ ދައްކަވަނީ: ފޮޓޯ/ ރައީސް އޮފީސް

އިޤްތިޞާދު ސިންދަފާތުކޮށް، މާލީ ނިޒާމު އަދާހަމަކުރެއްވުމުގެ ގޮތުން، ބަންކަރިން ޚިދުމަތް ތަޢާރަފުކުރުމާއި، އިންޓަރނޭޝަނަލް ފައިނޭންސިން ސަރވިސަވް އޮތޯރިޓީ ޤާއިމުކުރުމާއި، ޑިޖިޓަލް ކަރަންސީ ތަޢާރަފުކުރުމަށް މަސައްކަތް ފެއްޓެވުންފަދަ މަސައްކަތްތައް ކުރައްވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ޗައިނާ އާއި ތުރުކީއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް ޤާއިމުކޮށް، އިންޑިއާ އާއި އިނގިރޭސިވިލާތާއެކު އެފަދަ އެއްބަސްވުމަކަށް އައުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ޓަރމިނަލްގެ މަސައްކަތް އަންނަ އަހަރު ނިމުމާއެކު، އެއީ ދިވެހިރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރުމަށް ހުޅުވޭ އެންމެ ބޮޑު ދޮރޯށިކަމުގައި ވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އިރާދަކުރެއްވިއްޔާ މި އަހަރުވެގެންދާނީ ދިވެހިރާއްޖެއަށް ދެ މިލިޔަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ފުރަތަމަ އަހަރަށް ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Aug 2026
ނަޝީދުގެ ބޮޑު ބަދަލަށް ތާއީދެއް ނުކުރަން، އެ ނިޒާމު ވޯކެއް ނުކުރާނެ: ޔާމީން
"ބޮޑު ބަދަލު" ގެ ނަމުގައި ވެސް ކުރައްވަނީ އެ މަަސަައްކަތްކަން ފާހަގަކުރައްވާ ޔާމީން ވިދާޅުވީ އެ ބަދަލަށް ތާއީދު ނުކުރައްވާނެ ކަމަށެވެ.
07 Aug 2026
ގެއްލުނު މީހުން ހޯދަން ވައިގެ މަގުން 5212، ކަނޑުމަގުން 1070 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައިފި، ނުފެނުނު
ސަޕްލައި ދޯނި އަޑިއަށްދިޔަ ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމުގެ އޮޕަރޭޝަނުގައި، ވައިގެ މަގުން 5212 އަކަ ނޯޓިކަލް މޭލު، ކަނޑުމަގުން 1070.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްެއެންޑީއެފުން ދެންމެ ބުނެފި އެވެ.
07 Aug 2026
އިސްލާމީ ބޮޑު ތިން ގައުމުން ދިފާއީ އެއްބަސްވުމެއް ގާއިމުކޮށްފި
ރިޕޯޓްތައް ބުނާ ގޮތުން މިއަދުގެ އެއްބަސްވުމާއި ހަމައަށް އާދެވުނީ ވޭތުވެދިޔަ އަހަރެއްހާ ދުވަހު ތިން ގައުމުގެ މެދުގައި ކުރެވުނު މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ.
07 Aug 2026
ދެ އޮަޕަރޭޝަނެއްގައި ޑްރަގާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި
ކުޅުދުއްފުށީ ބަނދަރު ސަރައްދުން އެ ދެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 30 ސެލޯފިންކޮޅު ފެނިފައިވެ އެވެ.
07 Aug 2026
"ބޮޑުބަދަލު" ވެބްސައިޓް ލޯންޗުކޮށްފި؛ ހިޔާލު ހުށަހަޅަން އެމްޑީޕީން އެދިއްޖެ
ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް ބަދަލުތައް ގެނައުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު އާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އިސްވެ ފެއްޓެވި "ބޮޑުބަދަލު"އާ ގުޅޭ މައުލޫމާތު ދިނުމަށާއި، އެއަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ހާއްސަ ވެބްސައިޓެއް މިއަދު އިފްތިތާހުކޮށްފިއެވެ.
07 Aug 2026
ރައީސް މުޢިއްޒަކީ އަނިޔާވެރި ބޭފުޅަކަށް ވެދާނެ ކަމަށް ޤަބޫލެއް ނުކުރަން
”ސަންގު“ ޓީވީއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ރައީސް ޔާމީން ވިދާޅުވީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި އެމަނިކުފާނަށް އަނިޔާވެރިވެފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ރައީސް ޞާލިޙަށް ވެރިކަން ލިބިވަޑައިގެންނެވި ނަމަވެސް، އެމަނިކުފާނަށް އަނިޔާވެރިވާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.
07 Aug 2026
އައިފޯނުގެ "ޑާންސިންގ ޑޮޓްސް"؛ ދަތުރުމަތީގައި ބޯއެނބުރުމަށް އޮތް ހައްލެއް؟
މި ތިކިތަކަކީ އައިފޯނުގެ ސެޓިންގްސްގައި ހިމެނޭ "ވެހިކަލް މޯޝަން ކިއުސް" ނަމަކަށް ކިޔާ ފީޗަރެކެވެ. މި ފީޗަރުން ފޯނުގައި ހުންނަ 'އެކްސެލެރޯމީޓަރު' ބޭނުންކޮށްގެން، އުޅަނދު ދަތުރުކުރާ މިސްރާބަށް ސްކްރީނުގައިވާ ތިކިތައް ހަރަކާތްތެރި ކުރުވައެވެ. މިސާލަކަށް ކާރު ކަނާތަށް އަނބުރާލައިފިނަމަ، ސްކްރީނުގައިވާ ތިކިތައް ވެސް އެއާ އެއްގޮތަށް ދަތުރުކުރާނެއެވެ.
07 Aug 2026
އޭޝިއަން ސާފިން ފެޑެރޭޝަނުގެ ނައިބު ރައީސްކަމަށް ޗޭ އިންތިޚާބުވެއްޖެ
އޭޝިއަން ސާފިން ފެޑެރޭޝަން (އޭއެސްއެފް) ގެ ނައިބު ރައީސްކަމުގެ މަގާމަށް، ޕީސް ފައުންޑޭޝަނުގެ ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ސޯބާ (ޗޭ) އިންތިޚާބުވެއްޖެއެވެ.