ތައުލީމަށް ހިދުމަތް ކުރެެއްވުމުގެ އެންމެ މަތީ ޝަރަފު ޒާހިރަށް އެރުވުމުގެ ތެރެއިން..
ހަބަރު
10 Nov 2024 | 21:14
ތަޢުލީމަށް ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފު ޑރ.ޒާހިރަށް އަރުވައިފި

ދިވެހިރާއްޖޭގެ ތަޢުލީމަށް ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފު، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ، ޑރ.މުޙައްމަދު ޒާހިރު ޙުސައިނަށް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އަރުވައިފިއެވެ.

ޑރ.ޒާހިރު ޙުސައިނަށް މި ޝަރަފް އަރުވާފައިވަނީ ޖުމްހޫރީދުވަހުގެ މުނާސަބަތުގައި މިރޭ ކުރިއަށްދާ ރަސްމީ ޖަލްސާގައެވެ.

މި ޝަރަފް ޑރ.ޒާހިރަށް އެރުއްވުމަށް ރައީސް ޑރ.މުޢިއްޒު ނިންމެވީ ދިވެހިރާއްޖޭގެ ތަޢުލީމީ ތަރައްޤީއަށާއި، ރާއްޖޭގައި ތަޢުލީމު ފުޅާކުރެއްވުމަށާއި، ތަޢުލީމީ ރޮނގުން ރާއްޖޭގެ ރައްޔިތުން ހޭލުންތެރިކުރެއްވުމަށް އިޚްލާޞްތެރިކަމާއެކުގައި، ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާތީ، އެކަމުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ބުނެފައެވެ. 

ޑރ.ޒާހިރު ޙުސައިން ވަނީ ދައުލަތަށް 48 އަހަރަށްވުރެ ގިނަދުވަހު ހިދުމަތްކުރައްވާފައެވެ.

ޑޮކްޓަރ މުޙައްމަދު ޒާހިރު ޙުސައިނު، މިޞްރުގެ އަލްއަޒްހަރު ޔުނިވަރސިޓީއިން މަތީ ތަޢުލީމު ފުރިހަމަ ކުރެއްވުމަށްފަހު ރާއްޖެއަށް ވަޑައިގެން، އެންމެ ފުރަތަމަ ޚިދުމަތް ފެއްޓެވީ، އަމީނިއްޔާ ސްކޫލްގައެވެ. އެއަށްފަހު ތަޢުލީމީ ދާއިރާގެ އެކި މަޤާމުތައް ފުރުއްވައި، މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ މަޤާމުވެސް އެމަނިކުފާނު ފުރުއްވިއެވެ. އަދި މި މަޤާމުގައި ހުންނަވައިގެން ތަޢުލީމީ ދާއިރާގެ ކުރިއެރުމަށް ގިނަގުނަ މަސައްކަތްތަކެއް ޑޮކްޓަރ މުޙައްމަދު ޒާހިރު ޙުސައިން ވަނީ ކޮށްދެއްވާފައެވެ.

ރާއްޖޭގައި ސްކޫލްތައް ބިނާކުރެވިގެންދިޔަ ދުަވަސްވަރު ޑރ.ޒާހިރު ހުސައިން ކުރީގެ ރައީސުންކަމަށްވާ ރައީސް މައުމޫން އަދި ރައީސް ޑރ.ވަހީދު އާއެކު..

އެގޮތުން ސައިންސް އެޑިޔުކޭޝަން ސެންޓަރު 1979ވަނަ އަހަރު ހުޅުވިގެންދިޔައީ އެ މަނިކުފާނުގެ މޭސްތިރިކަމުގެ ދަށުންނެވެ. މީގެއިތުރުން ޒަމާނާ އެކަށޭނަ އަދި ދިވެހިވަންތަ ނިޒާމަކަށް ކިޔަވައިދެވޭނެ ގޮތަކަށް، ރާއްޖޭގެ ތަޢުލީމީ މުޤައްރަރަށްވެސް އެކިފަހަރު މަތިން އިޞްލާޙީ ހެޔޮ ބަދަލުތަކެއް ގެނެސްދެއްވިއެވެ. އެގޮތުން ޑޮކްޓަރ މުޙައްމަދު ޒާހިރު ޙުސައިން އިސްވެ ހުންނަވައިގެން ހިންގެވި އެންމެބޮޑު އަނެއް މަޝްރޫޢަކީ، އަސާސީ ތަޢުލީމުގެ މަޝްރޫޢެވެ.

ރާއްޖޭގެ ތަޢުލީމީ ވަޒީރުކަން 10 އަހަރާއި 9 މަހަށްވުރެ ދިގު މުއްދަތެއްގައި ކުރެއްވުމަށްފަހު، ދެން އެ މަނިކުފާނު ޢައްޔަން ކުރެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރެއްގެ މަޤާމަށެވެ. އެއަށްފަހު، މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މަޤާމާއި، މިނިސްޓަރ އޮފް ޔޫތު ޑިވެލޮޕްމަންޓް އެންޑް ސްޕޯޓްސްގެ މަޤާމުވެސް ޑޮކްޓަރ މުޙައްމަދު ޒާހިރު ޙުސައިން ފުރުއްވިއެވެ.ރާއްޖޭގެ ދުސްތޫރީ ނިޒާމު ހަރުދަނާ ކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާގެ މެންބަރެއްގެ ހައިސިއްޔަތުންވެސް އެ މަނިކުފާނު ވަނީ ޚިދުމަތް ކުރައްވާފައެވެ.

އަދި، ކީރިތި ޤުރްއާން ދިވެހިބަހަށް ތަރުޖަމާކުރާ ކޮމިޓީގައިވެސް ދިގު މުއްދަތެއްގައި އެމަނިކުފާނު ޚިދުމަތް ކުރެއްވިއެވެ. މީގެއިތުރުން ހުކުރުޚުޠުބާ ލިޔުއްވުމާއި، މާލޭގައި ހުކުރުނަމާދާއި ޢީދުނަމާދު އިމާމުވެ ކުރައްވައި އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި "ދީނުގެ މަގު" ނޫހަށް އެކި މައުޟޫޢުތަކަށް މަޒުމޫނުތައްވެސް އެމަނިކުފާނު ލިޔުއްވިއެވެ. 1989ވަނަ އަހަރު، ނޫސްވެރިކަމުގެ ރޮނގުން ޢާންމު ޚިދުމަތުގެ ޝަރަފުވެރިކަމުގެ އިނާމު، އަދި 1990ވަނަ އަހަރު، މިނިވަން 25ގެ ޢާންމު ޚިދުމަތުގެ އިނާމު، ޑޮކްޓަރ މުޙައްމަދު ޒާހިރު ޙުސައިނަށް އެރުވުނެވެ. ނޫސްވެރިކަމުގެ "އަލިމަސް ގަލަން" ވެސް އެމަނިކުފާނަށް ވަނީ ލިބިވަޑައިގެންފައެވެ.ނ.ޢ.ޢ.ވ ޑޮކްޓަރ މުޙައްމަދު ޒާހިރު ޙުސައިން ޕީ.އެޗް.ޑީ. ހާސިލުކުރެއްވީ، ތިއޯލޮޖީ އެންޑް ފިލޯސޮފީގެ ރޮނގުން، 2001ވަނަ އަހަރު މެލޭޝިއާއިންނެވެ.

ޕީ.އެޗް.ޑީ. ހާސިލުކުރެއްވުމާ ގުޅިގެން، ސަރުކާރުން ދެއްވާ ޚާއްޞަ އިނާމު، އެ އަހަރު އެ މަނިކުފާނަށް ވަނީ ލިބިވަޑައިގެންފައެވެ. ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ލަޤަބު، އެ މަނިކުފާނަށް އެރުވުނީ 10 ނޮވެންބަރު 2008 ގައެވެ.ޑޮކްޓަރ މުޙައްމަދު ޒާހިރު ޙުސައިނަކީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ކަމުގެ މަޤާމުވެސް ފުރުއްވައިފައިވާ ބޭފުޅެކެވެ. ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ކަމުގެ މަޤާމު ޑޮކްޓަރ މުޙައްމަދު ޒާހިރު ޙުސައިން މިހާރު ފުރުއްވަމުން އެ ގެންދަވަނީ، 20 އޮގަސްޓް 2019 އިން ފަށައިގެންނެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.