ރައީސް ޑރ.މުއިއްޒު ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަނީ.. ފޮޓޯ/ރައީސް އޮފީސް
ހަބަރު
10 Nov 2024 | 22:57
މި ސަރުކާރަކުން ސިޔާސީވެރިން ހިފާ ހައްޔަރުކުރަމުން ނުދާނެ: ރައީސް ޑރ.މުއިއްޒު

މި ސަރުކާރުން ސިޔާސީވެރިން ހިފައި ހައްޔަރުކުރަމުން ނުދާނޭކަމުގެ ޔަގީންކަން މިއަދުވެސް ދެއްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވަމުން ގެންދަވާ ބަސްފުޅު މިރޭވެސް ތަކުރާރު ކުރައްވައިފިއެވެ.

ޖުމްހޫރީދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުުވީ، ސިޔާސީ ވާދަވެރިކަމުގެ ތެރެއިން ސިޔާސީވެރިން ހިފާ ހައްޔަރުކުރުމަކީ މި ސަރުކާރު ވެރިކަމަށް އައުމުގެ ކުރިންވެސް ދެއްކި ވާހަކައެއް ކަމަށާއި، އަދިވެސް އެކަން އޮތީ އެ ބީދައިންކަމަށެވެ.

ރައީސް ވިދާޅުވީ ސިޔާސީގޮތުން ބަދަލު ހިފަމުންދާތަން މިހާރު ނުފެންނާނޭ ކަމަށާއި ވާދަވެރިޔާ ޖަލައި ލައި އުޅުމަކީ މީގެކުރިން ފެނިގެންދިޔަ ކަމެއް ނަމަވެސް މިހާރު އެކަން ނިމުމަކަށް ގެނެސްފައިވާކަމަށެވެ. ނަމަވެސް ދައުލަތުގެ މުދާ ނަހަމަގޮތުގައި ބޭނުންކުރުން ކަހަލަ މައްސަލަތައް އެ އޮންނަގޮތަށް ގާނޫނީ އިމުގެ ތެރެއިން އެފަދަ މައްސަލަތައް ކުރިއަށްދާނޭކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ވެރިކަންކުރަން ލިބުމަކީ އެއީ މާބޮޑު މޮޅެއް ނުވަތަ މުދާގަނޑެއްވެސް ނޫންކަމަށާއި، އެއީ ވަރަށްބޮޑު ޒިންމާއެއް އަދި އަމާނާތެއްކަމަށެވެ. ވެރިކަމަށް މިވީހާ ދުވަސް ވީއިރު އެމަނިކުފާނު މަސައްކަތް ކުރެއްވީ ރައްޔިތުންގެ ފަޅީގައި ހުރެ ހެޔޮވެރިކަމެއް ކުރަން ކަމަށާއި، އެގޮތުން މީގެ ކުރީ ސަރުކާރުތަކުން އަޅާނުލައި ދޫކޮށްލާފައި ހުރި ކަންކަން ކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

މިގައުމުގައި ބަދަލުހިފުމުގެ ރޫހު ނައްތާލައިފިން. ސިޔާސީގޮތުން ސަރުކާރުން މިހާރު ނުފެންނާނެ ކުރީގައި ފެނުނުގޮތަށް ބަދަލު ހިފުމެއް ނޯންނާނެ. ސިޔާސީ މީހަކަށް ވީތީ އަޅުގަނޑުގެ ވާދަވެރިޔާ އެއީ ސިޔާސީ ވާދަވެރިއަކަށްވީތީ ގެންގޮސް ހިފާ ހައްޔަރުކޮށް ޖަލަށްލާތަން ނުފެންނާނެ. ކުރިއަށް އޮތްތަނުގައިވެސް ނުފެންނާނެ

ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ

ސިޔާސީ މީހުންނަށް އަދބުދިނުމަކީ މި ސަރުކާރުން ކުރާނޭކަމެއް ނޫންކަމަށް ރައީސް ޑރ.މުއިއްޒު ވިދާޅުވެފައިވާއިރު، މިފަހުން މީޑިއާއަކަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް ޔާމިނު ވަނީ ރައީސް ޑރ.މުއިއްޒުގެ ބައެއް ސިޔާސަތްތަކަށް ވަރަށްބޮޑަށް ފާޑުވިދާޅުވެފައެވެ. އެ ބަސްދީ ގަތުމުގައި ރައީސް ޔާމީނު ވަނީ ޑރ.މުއިއްޒު ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރެވުނީތީވެ އެކަން ރެގްރެޓް ކުރައްވާކަމަށް ވިދާުވެފައެވެ.

ރައީސް ޑރ.މުއިއްޒުގެ ސިޔާސަތްތަކުގެ ތެރެއިން ޗާގޯސް މައްސަލަ އާއި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމުގެ ކަންކަން ތެދުވެރިކަމާއެކު ތަންފީޒުކޮށްފައި ނުވާކަމަށް ރައީސް ޔާމިނު ވަނީ ތުހުމަތު ކުރައްވާފައެވެ. 

ރައީސް ޔާމީނު ވިދާޅުވެފައިވަނީ، ރައީސް ޑރ.މުއިއްޒު އާ މެދު ޕާސަނަލީ އެއްވެސް މައްސަލައެއް ނެތްކަމަށާއި މައްސަލައަކީ ހަމައެކަނި އެމަނިކުފާނުގެ ސިޔާސަތުތައް ކުރިއަށްގެންދަވާ ގޮތްތައްކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.