29 Nov 2024
މަކަރާއި ހީލަތުން ފައިސާ ހޯދި މައްސަލައެއްގައި ފުލުހެއްގެ ބައިވެރިވުމެއް ނެތް
މިދިޔަ އަންގާރަ ދުވަހު ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅި މަކަރާއި ހީލަތުން ފައިސާ ހޯދި މައްސަލައަކާ ގުޅިގެން އިތުރު ތިން މައްސަލައެއް މިހާރު ތަހުގީގުކުރަމުންދާ ކަމަށާއި، އެ މައްސަލަތަކުގައި ފުލުހެއްގެ ބައިވެރިވުމެއް ނެތް ކަމަށް ފުލުހުން ބުނެފިއެވެ.
22 Nov 2024
އޭޑީކޭގެ ރަސްމީ އެސްއެމްއެސް ހޭންޑަލުން ސްކޭމް މެސެޖުތަކެއް ދައުރުވަނީ
އޭޑީކޭ ރަސްމީ އެސްއެމްއެސް ހޭންޑަލްއިން ސްކޭމް މެސެޖުތަކެއް ދައުރުވަމުންދާތީ އެކަމަށް ސަމާލުވާން އެ ހޮސްޕިޓަލުން މިއަދު އިލްތިމާސްކޮށްފި އެވެ.
14 Nov 2024
މަމްދޫހުގެ މުދާތައް ޝަރީއަތް ނިމެންދެން ހިފަހައްޓަން އަމުރުކޮށްފި
ހަންބޯ މޯލްޑިވްސް ކުންފުނި ބޭނުންކޮށްގެން އެ ކުންފުނީގެ ކުރީގެ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ)، ކޭ-ޕާކްގެ ފްލެޓްތައް މަކަރާއި ހީލަތުން ނުއަގުގައި ވިއްކައިގެން ހޯދާފައިވާ ކަމަށް ބެލެވޭ މުދާތަކާއި ޕެންޓްހައުސް ޝަރީއަތް ނިމެންދެން ހިފަހައްޓަން އަމުރުކޮށްފި އެވެ.
15 Oct 2024
ފްލެޓްތަކަށް ފޯމު ލާން ހުޅުވާލިކަމަށް ބުނެ ސްކޭމެއް، ސަމާލުވޭ!
ފްލެޓްތަކަށް ފޯމު ލުމުގެ ފުރުސަތު އެޗްޑީސީން ހުޅުވާލިކަމަށް ބުނެ ސްކޭމް ކުރަމުންދާތީ އެކަމަށް ސަމާލުވުމަށް ފުލުހުން އެދެފިއެވެ.
09 Oct 2024
މާލޭ ގެއަކަށް މީހަކު ވައްދައި، ފޭރުނު މައްސަލައެއްގައި 3 މީހަކަށް ދަޢުވާކޮށްފި
މާލޭ ގެއަކަށް މީހަކު ވައްދައި އަނިޔާކޮށް، ފޭރުނު މައްސަލައެއްގައި 3 މީހަކަށް ދަޢުވާކޮށްފިއެވެ.
29 Sep 2024
ސައްހަ ނޫން ސްލިޕް ބޭނުންކޮށްގެން ވިޔަފާރިކުރާ މައްސަލަތައް އިތުރުވަނީ
ބެންކު ޓްރާންސްފަރ ސައްހަނޫން ސްލިޕް ބޭނުންކޮށްގެން ވިޔަފާރިކުރާ މައްސަލަތައް އިތުރުވަމުންދާތީ އެކަމަށް ސަމާލުވާން ދިވެހި ފުލުހުންގެ ޚިދުމަތުން އެދިއްޖެއެވެ.
17 Sep 2024
ވައިބަރ އާއި ފޭސްބުކްގެ ކޮންޓްރޯލް ހޯދައި އަތުލި ފައިސާތަކެއް ހޯދައިފި
މީހެއްގެ ވައިބަރ އާއި ފޭސްބުކް އެކައުންޓުގެ ކޮންޓްރޯލް ހޯދައި، އެ މީހާގެ ނަމުގައި އެކި މީހުންނަށް މެސެޖުކޮށް، މަކަރާއި ހީލަތުން އެކި މީހުންގެ އަތުން އަތުލި ފައިސާތަކެއް ހޯދައި ވެރިފަރާތްތަކާ ހަވާލުކޮށްފިއެވެ.
09 Sep 2024
އިމިގްރޭޝަންގެ ޔުނިފޯމުގައި ތިބޭ ބަޔަކު، ސްކޭމް ކުރަނީ!
އިމިގްރޭޝަން ޔުނިފޯމާ ވައްތަރު ހެދުމެއްގައި ތިބޭ ބަޔަކު ސްކޭމް ކޯލްތައް ކުރަމުންދާކަމަށް ބުނެ އެކަމަށް ސަމާލުވުމަށް އިމިގްރޭޝަނުން އެދިއްޖެއެވެ.