އޭޑީކޭ ހޮސްޕިޓަލް: ފޮޓޯ/ ދަ އެޑިޝަން
ހަބަރު
22 Nov 2024 | 13:11
އޭޑީކޭގެ ރަސްމީ އެސްއެމްއެސް ހޭންޑަލުން ސްކޭމް މެސެޖުތަކެއް ދައުރުވަނީ

އޭޑީކޭ ރަސްމީ އެސްއެމްއެސް ހޭންޑަލްއިން ސްކޭމް މެސެޖުތަކެއް ދައުރުވަމުންދާތީ އެކަމަށް ސަމާލުވާން އެ ހޮސްޕިޓަލުން މިއަދު އިލްތިމާސްކޮށްފި އެވެ.

އޭޑީކޭ ހޮސްޕިޓަލުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އެ ހޮސްޕިޓަލުގެ ރަސްމީ އެސްއެމްއެސް ހޭންޑަލުން ސްކޭމް މެސެޖުތަކެއް ދައުރުކުރަމުން އަންނަކަން އެ ހޮސްޕިޓަލުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. 

އަދި އެފަދަ އެއްވެސް އެސްމެސްތަކުން ފޮނުވާ އެއްވެސް ލިންކެއް ނުހުޅުވުމަށާއި އެ އެސްއެމްއެސްތަކަށް ޖަވާބުދިނުމުގެ ގޮތުން ޒާތީ އެއްވެސް މައުލޫމާތެއް ހިއްސާ ނުކުރުމަށް އެ ހޮސްޕޮލިޓަލުން ވަނީ އިލްތިމާސްކޮށްފަ އެވެ.

އޭޑީކޭއިން އިތުރަށް ބުނީ، އެފަދަ އެސްއެމްއެސްތައް ދައުރުކުރަމުންދަނީ އާންމުންގެ ޒާތީ މައުލޫމާތުތައް ފޭރިގަތުމަށް ކަމަށެވެ.

އަދި އެފަދަ އެސްއެމްއެސްތަކުގެ ޒަރިއްޔާއިން ލިބޭ މައުލޫމާތުތައް އޭޑީކޭގެ ރަސްމީ ނަންބަރަށް ގުޅައިގެން ކަށަވަރުކުރުމަށާ ޕާސްވޯޑް، ބޭންކް އެކައުންޓް ނަންބަރު، ކްރެޑިޓް ކާޑު މައުލޫމާތު ފަދަ އެއްވެސް މައުލޫމާތެއް ހިއްސާނުކުރުމަށްވެސް އެދިފައިވެއެވެ.

ސްކޭމް މެސެޖު މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭޑިީކޭއިން ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Sep 2026
ދިރާގުގެ އިތުރު ހިއްސާއެއް ސަރުކާރަށް ގަތުމަކީ ބޭކާރު ޚަރަދެއް: ނަޝީދު
ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، ދިރާގަކީ ސިޔާސީ ނުފޫޒާއި ބާރުވެރިކަން ނުފޯރާ، ރައްޔިތުންގެ ހަމައެކަނި ކުންފުންޏެވެ. އޭގެ ސަބަބަކީ އެ ކުންފުނި ޕްރައިވެޓައިޒް ކޮށްފައިވުމާއި ސަރުކާރުގެ މެޖޯރިޓީ ހިއްސާ އެ ކުންފުނީގައި ނެތުމެވެ.
07 Sep 2026
ބުޅަލަށް ކާންދޭ މައްސަލަ ބޮޑު ބަހުސަކަށް؛ ބުޅާތަކުގެ ހައްގުގައި އެއްވުމެއް!
މާލެ ސަރަޙައްދުގައި ބުޅާ ގިނަވެ، އެ ތަކެއްޗަށް ކާންދިނުމާއި ބެލެހެއްޓުމުގެ މައްސަލައަކީ އަބަދުވެސް އާންމުންގެ މެދުގައި ހޫނު ބަހުސެއް ހިނގާ ކަމެކެވެ. ނަމަވެސް، ފަހަކަށް އައިސް މީސްމީޑިއާގައި ދައުރުވި ވީޑިއޯއަކާ ގުޅިގެން މި މައްސަލަ މިވަނީ އިންތިހާއަށް ހޫނުވެ، ބޮޑު އިޖުތިމާޢީ ކަންބޮޑުވުމަކަށް ބަދަލުވެފައެވެ. އެއްބަޔަކު ޖަނަވާރުންގެ ހައްގުތަކާއި ކުލުނުގެ ވާހަކަ ދައްކާއިރު، އަނެއް ބަޔަކު ފާހަގަކުރަނީ އާންމު ސާފުތާހިރުކަމާއި ސިއްހީ ނުރައްކާތަކުގެ ވާހަކައެވެ.
07 Sep 2026
އަންނަ މަހުން ފެށިގެން މުއްސަނދިންނަށް އާސަންދަ ދޭ އުސޫލް ބަދަލުކުރަނީ
އެގޮތުން އާމްދަނީގެ ގޮތުގައި 65،000 މަތީގެ މުސާރަ ލިބޭ ފަރާތްތަކަށް މިހާރު ލިބޭގޮތަށް އާސަންދަ ދެމުން އަންނަ ގޮތް ބަދަލުވާނޭކަމަށް ރައީސް ވިދާޅުވިއެވެ
07 Sep 2026
ދިރާގު އަދި އެމްޑަބްލިއުއެސްސީގެ ހިއްސާ ގަތުމަށް ސަރުކާރުން ނިންމައިފި
އެމްޑީޕީގެ ސަރުކާރުގައި ވިއްކާލާފައިވާ ދިރާގު އަދި އެމްޑަބްލިއުއެސްސީގެ ހިއްސާ އަނބުރާ ހޯދައި، ދިރާގުގައި ސަރުކާރުގެ އޮންނަ ހިއްސާ %51 އަށް ބޮޑު ކުރުމަށް ނިންމައިފިއެވެ.
07 Sep 2026
ފެނަކައާއި އާރްޑީސީ އުވާލާ، މަސައްކަތް ސްޓެލްކޯއާއި އެމްޓީސީސީއަށް
ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި ފެނަކަ އުވާލައި، ދެ ކުންފުނީގެ މަސައްކަތް ސްޓެލްކޯއާއި އެމްޓީސީސީއާ ހަވާލުކުރަން ސަރުކާރުން ނިންމައިފިއެވެ.
07 Sep 2026
އޭޑީކޭއިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ރޮބޮޓިކް ސާޖަރީ ކުރަން ފަށައިފި
އޭޑީކޭގެ ޗެއާމަން ނާޝިދު ސިފަކުރެއްވީ މިކަމަކީ، އީ ޞިއްޙީ ޚިދުމަތް ހޯދުމުގައި ރާއްޖެއަކީ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ޤައުމަކަށް ހެދުމަށް އެޅުނު ބޮޑު ފިޔަވަޅެއްގެ ގޮތުގައި ކަމަށެވެ.
07 Sep 2026
ހަތަރުވަނަ އޭޓީވީ ފާތުމަތު އަޒުމާއަށް
އުރީދޫ މޯލްޑިވްސްއިން އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ 'ހިނގާ' އޭޓީވީ ޕްރޮމޯޝަންގެ ހަތަރުވަނަ ނަސީބުވެރިޔަކަށް ލ. މާބައިދޫ، ފާތުމަތު އަޒުމާ ހޮވިއްޖެއެވެ.
07 Sep 2026
ފެނަކަ އަދި ހޮސްޕިޓަލް އޭ އަށް ވިދިވިދިގެން ތިންވަނަ މޮޅު
އދ. މަހިބަދޫގައި ކުރިއަށްދާ "ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތް" ގައި އިއްޔެ ކުޅުނު ފޯރިގަދަ މެޗުތަކުން ފެނަކަ އަދި ހޮސްޕިޓަލް އޭ ޓީމު މޮޅުވެއްޖެއެވެ.