މަކަރާއި ހީލަތް
09 Apr 2026
ސީލައިފް ޚިޔާނާތުގެ މައްސަލަ އިސްތިއުނާފު ކުރަން ޕީޖީ އޮފީހުން ނިންމައިފި
މި މައްސަލައާ ގުޅިގެން އަޙްމަދު މޫސާގެ މައްޗަށް ޤާނޫނުލް ޢުޤޫބާތުގެ ދަށުން ޚިޔާނާތްތެރިވުމުގެ ކުށުގެ 42 ދަޢުވާއެއް އުފުލައި، ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ 2021 ވަނަ އަހަރުގެ މެއިމަހުގެ 30 ވަނަ ދުވަހު
06 Apr 2026
"ރިޕެއާ" ކުރާ ކަމަށް ބުނެ ސްކޭމެއް؛ ސަމާލުވާން ފުލުހުން އެދިއްޖެ
ފުލުހުންގެ ތަހުގީގުތަކުން ހާމަވެފައިވާ ގޮތުގައި، މި ސްކޭމް ހިންގާ މީހުން އެންމެ ފުރަތަމަ ބަލަނީ ފޭސްބުކްގައި ވިއްކާލެވިފައިވާ ކަމަށް ޖަހާފައިވާ ތަކެއްޗަށެވެ. އެއަށްފަހު އެ ތަކެތި ވިއްކި ފަރާތްތަކަށް ގުޅައި، އެއީ އެ މީހުން މަރާމާތުކޮށްދިން އެއްޗެއް ކަމަށް ބުނެ އޮޅުވާލައިގެން މުދާ ވިއްކި މީހާގެ އިތުބާރު ހޯދުމަށް މަސައްކަތް ކުރެއެވެ. މިއީ މަކަރާއި ހީލަތުން ފައިސާ ފޭރުމަށްޓަކައި ވަރަށް ބޮޑަށް ރާވައިގެން ހިންގާ އަމަލެއްގެ ގޮތުގައި ފުލުހުން ވަނީ ސިފަކޮށްފައެވެ.
03 Apr 2026
ފޭކު ސްލިޕް ފޮނުވައިގެން ފިހާރައަކުން 8،700 ރުފިޔާގެ މުދާ ގަތް ދެ އަންހެނުން ހޯދަނީ
ފޭކު ޕޭމަންޓް ސްލިޕެއް ބޭނުންކޮށްގެން "ނިޔު އެޑިޝަން" ފިހާރައިން 8،000 އަށްވުރެ ގިނަ ރުފިޔާގެ މުދާ ނެގި ދެ އަންހެނުން ހޯދަން އެ ފިހާރައިން އިއުލާން ކޮށްފިއެވެ.
30 Mar 2026
ސްކޭމްކޮށްގެން ފައިސާ ހޯދި މައްސަލަތަކަކާ ގުޅިގެން ބަޔަކު ހައްޔަރުކޮށްފި
ސްކޭމްކޮށްގެން މަކަރާއި ހީލަތުން ފައިސާ ހޯދި މައްސަލަތަކަކާ ގުޅިގެން ތިންމީހުން ހައްޔަރުކޮށްފިއެވެ.
27 Mar 2026
ޒާތީ މައުލޫމާތާއި ފޮޓޯ ބޭނުންކޮށްގެން ބްލެކްމެއިލް ކުރާ މައްސަލަތައް އިތުރުވަނީ
މީސްމީޑިއާގެ އެކި މަންސަތަކުގައި މީހުންގެ އަމިއްލަ ޒާތީ ފޮޓޯއާއި ވީޑިއޯ ނަހަމަ ގޮތުގައި ބޭނުންކޮށްގެން ހިންގާ ކުށްތައް ރާއްޖޭގައި އިތުރުވަމުންދާތީ ސަމާލުވާން ދިވެހި ފުލުހުންގެ ޚިދުމަތުން އެދިއްޖެއެވެ.
17 Mar 2026
ސްކޭމް މައްސަލައެއްގައި މީހަކު ހޯދަނީ
މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.
15 Mar 2026
ގާސިމް ފަރާތުން ބައިލައްކަ ލިބޭ ފުރުސަތެއް ކަމަށް ބުނެ ސްކޭމް މެސެޖެއް ދައުރުކުރަނީ، ސަމާލުވާން އެދިއްޖެ
ގާސިމް ވިދާޅުވި ގޮތުގައި ވަޓްސްއެޕް ގުރޫޕްތަކުގައި އަދި ސޯޝަލްމީޑިއާގެ ބައެއް މަންސަތަކުގައި އެމަނިކުފާނުގެ އޭއައި ފޮޓޯއެއް އަކާއި ސުވާލަކާއި ލިންކެއް ހިމެނޭ ސްކޭމް މެސެޖެއް ބަޔަކު ދަނީ ފޮނުވަމުންނެވެ.
11 Mar 2026
ސްކޭމާ ދެކޮޅު ބައިނަލްއަގްވާމީ އޮޕަރޭޝަން ފަށައިފި، 13 ގައުމުގެ ޕްރެސް ރާއްޖޭގައި
މިއީ ދުނިޔޭގެ އެކި ގައުމުތަކުގެ ނޭޝަނަލް އެންޓި-ސްކޭމް ސެންޓަރުތައް ގުޅިގެން، ސްކޭމްގެ ވިއުގަތަކަށް އަމާޒުކޮށް ހިންގާ ބައިނަލްއަގުވާމީ ބޮޑު ހަރަކާތެކެވެ.