ސްކޭމް ޕޯސްޓާ
ހަބަރު
20 Apr 2026 | 08:47
ފާއިތުވި ހަފްތާގައިވެސް ސްކޭމްތަކުން ހަތަރު ލައްކައަށްވުރެ ގިނަ ފައިސާ ގެއްލުނު؛ ހޯދުނީ 43 އިންސައްތަ

މި ހިނގާ އޭޕްރީލް މަހުގެ 12 އިން 18 އަށް ހުށަހެޅުނު ސްކޭމް މައްސަލަތަކުގައި އާންމުންގެ އަތުން ހަތަރު ލައްކައަށްވުރެ ގިނަ ރުފިޔާ ގެއްލިފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މީގެ ތެރެއިން ގާތްގަނޑަކަށް 43 އިންސައްތަ ފައިސާ އަނބުރާ ހޯދިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހަފްތާގައި ސްކޭމްގެ ޖުމުލަ 41 މައްސަލައެއް ވަނީ ރިޕޯޓްކޮށްފައެވެ. މި މައްސަލަތަކުގައި ޖުމުލަ 496,383.50 (ހަތަރު ލައްކަ ނުވަދިހަ ހަހާސް ތިންސަތޭކަ އަށްޑިހަ ތިން ރުފިޔާ ފަންސާސް ލާރި) ގެއްލިފައިވެއެވެ.

މީގެ ތެރެއިން ފުލުހުންގެ މަސައްކަތުން އަނބުރާ ހޯދިފައިވަނީ 211,684.50 (ދެ ލައްކަ އެގާރަ ހާސް ހަސަތޭކަ އަށްޑިހަ ހަތަރު ރުފިޔާ ފަންސާސް ލާރި) އެވެ.

ހުށަހެޅުނު މައްސަލަތަކުގެ ތަފްސީލަށް ބަލާއިރު، އެންމެ ގިނައީ އީ-ކޮމާސް ނުވަތަ އޮންލައިން ވިޔަފާރިތަކާ ގުޅުންހުރި ސްކޭމްތަކެވެ. އެ ބާވަތުގެ 21 މައްސަލައެއް ހުށަހެޅިފައިވާ އިރު، އެހެން މީހެއްގެ ނަމުގައި ހެދިގެން އޮޅުވާލައިގެން ފައިސާ ހޯދި (އިމްޕާސަނޭޝަން) 9 މައްސަލައެއް ހިމެނެއެވެ.

މީގެ އިތުރުން ކަރަންސީ އެކްސްޗޭންޖް ނުވަތަ ޑޮލަރު މާރުކުރުމުގެ 3 މައްސަލައަކާއި، ފިޝިން، ވިޝިން އަދި ވަޒީފާގެ ފުރުސަތު ދޭނެ ކަމަށް ބުނެ ހިންގި 1 މައްސަލަ ހިމެނެއެވެ. އަދި އެހެނިހެން ބާވަތްތަކުގެ 8 މައްސަލައެއް ފާހަގަކުރެވިފައިވެއެވެ.

ފުލުހުން ބުނި ގޮތުގައި މި ސްކޭމްތައް ހިންގުމުގައި މައިގަނޑު ގޮތެއްގައި ބޭނުންކޮށްފައިވަނީ ވައިބާ، ވަޓްސްއެޕް އަދި މެސެންޖާ ފަދަ މެސެޖިން ޕްލެޓްފޯމްތަކެވެ. އަދި އައިބޭ އާއި ފޭސްބުކް މާކެޓްޕްލޭސްގެ އިތުރުން، ފޯން ކޯލްތަކާއި ނުދަންނަ ލިންކުތައް މެދުވެރިކޮށް ވެސް މަކަރާއި ހީލަތުން ފައިސާ އަތުލާފައިވެއެވެ.

މިފަދަ ޖަރީމާތަކުން ރައްކާތެރިވުމަށްޓަކައި، އޮންލައިންކޮށް ވިޔަފާރިކުރާއިރު މުދާ ލިބުމުގެ ކުރިން ފައިސާ ނުދެއްކުމަށް ފުލުހުން އިލްތިމާސްކުރެއެވެ. އަދި ބޭންކު ނުވަތަ ސަރުކާރުގެ އެއްވެސް އިދާރާއަކުން ގުޅައިގެން ކަމަށް ބުނި ނަމަވެސް، އޯ.ޓީ.ޕީ އަދި ޕިން ނަންބަރު ފަދަ ސިއްރު މައުލޫމާތު އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށް ވަނީ އެދިފައެވެ. 

މީގެ އިތުރުން، މެސެޖުތަކުގައި ހުންނަ ނުދަންނަ ލިންކުތަކަށް ނުފިތުމަށާއި، ސްކޭމެއް ހިންގަން އުޅޭކަމުގެ އެއްވެސް ޝައްކެއް ވެއްޖެ ނަމަ ލަސްނުކޮށް ފުލުހުންނަށް ރިޕޯޓް ކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ފުލުހުން ފާހަގަކުރި ގޮތުގައި މައްސަލަ ވީހާވެސް އަވަހަށް ރިޕޯޓް ކުރުމަކީ ގެއްލޭ ފައިސާ އަނބުރާ ހޯދުމުގެ ފުރުސަތު ބޮޑުވެގެންދާ ކަމެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ