ސްކޭމް އެލާޓް ޕޯސްޓަރެއް
ހަބަރު
15 Apr 2026 | 15:25
ބީއެމްއެލްގެ ނަމުގައި ހިންގާ ސްކޭމްތައް އިތުރުވާން ފަށައިފި؛ ސަމާލުވާން އެދިއްޖެ

ބޭންކް އޮފް މޯލްޑިވްސްގެ ނަމުގައި އެކިގޮތްގޮތަށް އޮޅުވާލައިގެން ފައިސާ ހޯދުމަށް މަސައްކަތް ކުރަމުންދާތީ ސަމާލުވުމަށް އެދިއްޖެއެވެ. 

ދިވެހި ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން މިއަދު ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ބުނީ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ނަމުގައި ގުޅައި، އޮޅުވާލައިގެން މީހުންގެ ބޭންކިންގް މައުލޫމާތު ހޯދުމަށް އައު އުކުޅުތަކެއް ބޭނުންކުރަމުންދާކަމަށެވެ. 

ފުލުހުން ހާމަކުރި ގޮތުގައި، މި ދުވަސްވަރު ސްކޭމް ހިންގާ ފަރާތްތަކުން އާންމުންނަށް ގުޅަމުންދަނީ ބޭންކުގެ މުވައްޒަފުންގެ ގޮތުގައި ހެދިގެންނެވެ. އަދި އިތުބާރު ހޯދުމުގެ ގޮތުން ވަރަށް ފަރިތަކަމާއެކު އިނގިރޭސިބަހުން ވާހަކަދައްކާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން، ބޭންކުގެ ރަސްމީ އީމެއިލް އެޑްރެސްތަކާ ވައްތަރު ގޮތްގޮތަށް ހުންނަ "[email protected]" ފަދަ ޖީމެއިލް އެކައުންޓްތައް ބޭނުންކޮށްގެން މުއާމަލާތްކުރަމުންދާކަން ވެސް ފާހަގަކުރެވިފައިވާ ކަމަށް ބުންޏެވެ.

ސްކޭމް ހިންގާ ފަރާތްތަކުން ބޭނުންކުރާ ބައެއް އުކުޅުތައް:

އެކައުންޓަށް މައްސަލައެއް ދިމާވެފައިވާ ކަމަށް ބުނުން.

ވަރަށް އަވަހަށް މައުލޫމާތު "ވެރިފައި" ކުރަންޖެހޭ ކަމަށް ބުނެ ބިރުދެއްކުން.

މައުލޫމާތު ނުދީފިނަމަ އެކައުންޓް ބްލޮކްވާނެ ކަމަށް ބުނެ އަވަސްއަރުވާލައިގެން ކަންކަން ކުރުވަން އުޅުން.

މިކަމާ ގުޅިގެން އެންޓި ސްކޭމް ސެންޓަރުން ވަނީ ބޭންކުތަކުން އެއްވެސް ހާލެއްގައި ޖީމެއިލް މެދުވެރިކޮށް މުއާމަލާތް ނުކުރާނެ ކަމަށާއި، އަދި އޯޓީޕީ ނުވަތަ އެކައުންޓުގެ ޕިން ނަންބަރު ފަދަ ސިއްރު މައުލޫމާތު ހޯދުމަށް ނުގުޅާނެކަން ހަނދާންކޮށްދީފައެވެ.

އަދި މީހަކު އިނގިރޭސިބަހުން ވާހަކަދެއްކުމަކީ އެއީ ބޭންކުގެ ރަސްމީ މުވައްޒަފެއްކަން ކަށަވަރުވާނެ ކަމެއް ނޫން ކަމަށްވެސް ފުލުހުން ބުނެއެވެ.

ރައްކާތެރިވުމަށް ކުރަންވީ ކަންކަން:

ޝައްކުކުރެވޭ ފޯނު ކޯލެއް އަތުވެއްޖެނަމަ ވަގުތުން ފޯނު ކަނޑާލުން.

އެއްވެސް މީހަކަށް ބޭންކިންގް މައުލޫމާތު ނުދިނުން.

މައުލޫމާތު ސާފުކުރުމަށް ބޭންކުގެ ރަސްމީ ނަންބަރުތަކަށް ގުޅުން.

ސްކޭމްގެ މައްސަލަތައް ލަސްނުކޮށް އެންޓި ސްކޭމް ސެންޓަރަށް ރިޕޯޓްކުރުން.

ފުލުހުން ވަނީ މިފަދަ ކަންކަމަށް ހޭލުންތެރިވެ، އަމިއްލަ މުދަލާއި ފައިސާ ރައްކާތެރިކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ