މަކަރާއި ހީލަތް
05 May 2024
މޯލްޑިވްސް ވޭވް އިން އޮޅުވައިގެން ލަނޑުދިން އިތުރު މީހުން ހޯދަނީ
މެގަޓްރޯން މޮޓޯރސް މޯލްޑިވްސް ވޭވް އިންޓަރނޭޝަނަލްއިން ވެހިކަލް ގެނެސްދޭނެކަމަށްބުނެ މަކަރާއި ހީލަތުން އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން ފައިސާ ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި އިތުރު މީހުންގެ އަތުން ފައިސާ ނަގާފައިވޭތޯ ފުލުހުން ބަލަން ފަށައިފިއެވެ.
14 Apr 2024
މޯލްޑިވްސް ވޭވުން ބޮޑު ސްކޭމެއް ހިންގިކަމަށް ބުނާ މައްސަލައެއް ތަޙްޤީގު ކުރަނީ
ވެހިކަލް ގެނެސްދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން ގިނަ ބައެއްގެ އަތުން ފައިސާ ހޯދާފައިވާ ކަމަށް މެގަޓްރޯން މޮޓޯސް މޯލްޑިވްސް ވޭވް އިންޓަނޭޝަނަލް ނަމަކަށް ކިޔާ ކުންފުންޏަކަށް ތުހުމަތުކޮށް މައްސަލަ ތަޙްޤީގުކުރަން ފަށައިފިއެވެ. ފުލުހުން މިއަދު ވިދާޅުވީ، މި މައްސަލައަކީ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަޙްޤީގު ކުރަމުންދާ މައްސަލައެއް ކަމަށާއި މައްސަލައިގައި އިތުރު މީހުންގެ އަތުން ފައިސާ ނަގާފަވޭތޯ ބަލަން ބޭނުންވާ ކަމަށެވެ.
09 Feb 2024
އޮޅުވާލައިގެން މީހެއްގެ އެކައުންޓުން ދެ ލައްކަ ރުފިޔާ ނަގައިފި
ފުލެޓެއް ލިބިއްޖެ ކަމަށް ބުނެ މީހެއްގެ އެކައުންޓުގައި ހުރި ދެ ލައްކަ ރުފިޔާ މަކަރާއި ހީލަތުން ނަގާފައިވާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
31 Jan 2024
ފުލުހުން ސްކޭމް ސެންޓަރެއް ޤާއިމުކުރަނީ
ރާއްޖޭގައި މިވަގުތު އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ދިމާވެފައިވާ ސްކޭމް ކުރުމުގެ ކަންތައްތައް ހައްލުކުރުމަށްޓަކައި ފުލުހުންގެ ތެރޭގައި ސްކޭމް ސެންޓަރެއް ޤާއިމު ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ދިވެހި ފުލުހުންގެ ޢިދާރާއިން ވިދާޅުވެއްޖެއެވެ.
11 Jan 2024
ސައްހަނޫން ޑޮލަރުގެ ނޫޓުތަކެއް ދައުރުވަމުންދަނީ
ސައްހަނޫން ޑޮލަރުގެ ނޫޓުތަކެއް ދައުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އެދެފިއެވެ.
26 Dec 2023
ތިން މީހަކަށް ހަ ލައްކައަށްވުރެ ގިނަ ރުފިޔާ ދޭން ހުކުމް ކޮށްފި
ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ކުންފުނިން ޕޮންޒީ ސްކީމަށް އިންވެސްޓުކުރި ތިން މީހަކަށް ހަ ލައްކައަށްވުރެ ގިނަ ރުފިޔާ ދޭން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ މައްޗަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
13 Oct 2023
ޑރ. މުއިއްޒު ނަންފުޅުގައި ފޭކް މެސެޖު ތަކެއް!
އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ނަންފުޅުގައި ފޭކު އެސްއެމްއެސް ތަކެއް ދައުރު ކުރާތީ ޕްރޮގްރެސިވް ކޮންގްރެސް އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
08 Oct 2023
ޑރ. މުޢިއްޒުގެ ނަމުގައި ޓެލެގްރާމް މެސެޖުތަކެއް ދައުރުކުރަނީ!
އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ގެ ނަމުގައި ފޭކު ޓެލެގްރާމް މެސެޖުތަކެއް ދައުރު ކުރަމުންދާތީ ސަމާލުވާން އެދިއްޖެއެވެ.
14 Sep 2023
ސްކޫލް ކުދިންގެ އައިޑީކާޑް ހޯދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި!
ސްކޫލް ކުދިންގެ އައިޑީކާޑް ސާވޭއަކަށް ކަމަށް ބުނެ ހޯދާ މައްސަލައެއް ފެންމަތިވެ އެކަމަށް ސަމާލުވުމަށް ދިވެހި ފުލުހުން އިލްތިމާސް ކޮށްފިއެވެ.
04 Jul 2023
މަމްދޫހު ފުރުން މަނާ ކުރުމަށް ނެރެފައިވާ އަމުރު ބާތިލް ކޮށްފި!
ކޭ-ޕާރކް ޕާޓްމެންޓްތަކެއް ވިއްކުމުގެ ނަމުގައި މަކަރާއި ހީލަތްހަދައި، ބޮޑެތި ޢަދަދުތަކުން ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލައާއި ގުޅިގެން ރާއްޖެ އިން ބޭރަށް ނުދެވޭ ގޮތަށް ޕާސްޕޯޓް ހިފަހައްޓާފައިވާ ހަސަން މަމްދޫހް (މަންޑޭ)ގެ ޕާސްޕޯޓު ދޫކޮށްލުމަަށް ކްރިމިނަލް ކޯޓުން މިއަދު އަމުރު ނެރެފިއެވެ.