އަލްހާން ފަހުމީ-- ފޮޓޯ: ސަން
ހަބަރު
26 Dec 2023 | 08:16
ޕޮންޒީ ސްކީމަށް އިންވެސްޓްކުރި ތިން މީހަކަށް ހަ ލައްކައަށްވުރެ ގިނަ ރުފިޔާ ދޭން އަލްހާން ގެ މައްޗަށް ހުކުމެއް

ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ކުންފުނިން ޕޮންޒީ ސްކީމަށް އިންވެސްޓުކުރި ތިން މީހަކަށް ހަ ލައްކައަށްވުރެ ގިނަ ރުފިޔާ ދޭން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ މައްޗަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

އިއްޔެ ސިވިލް ކޯޓުން އަލްހާންގެ މައްޗަށް ކުރި ހުކުމުގައި ވަނީ 25 ޑިސެންބަރުން ފެށިގެން 15 ދުވަހުގެ ތެރޭގައި ތިން މީހަކު ސްކީމަށް އިންވެސްޓު ކުރި ފައިސާ އާއި، އެ ފައިސާ ބޭނުންކޮށްގެން ލިބުނު ފައިދާ އަދި ކޯޓު ހަރަދު ގެ ޖުމުލަ 715،250 ރުފިޔާ ދައްކަންޖެހޭނެ ކަމަށެވެ.

މި ތިން މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ ވަކި ވަކިންނެވެ. މި  މައްސަލަތަކަށް ސިވިލް ކޯޓުން ހުކުމް ކުރީ ކިންގްސް ކެޕިޓަލްގެ ޣައިރު ހާޒިރުގައެވެ.

ފުރަތަމަ މައްސަލައިގައި މައްސަލަ ހުށައެޅި ފަރާތް ކަމުގައިވާ ޝަހުދާ ނަސީރު، ހުސްނުހީނާގެ/ހއ. ހޯރަފުށި އަށް ޖުމްލަ 557،750 ރުފިޔާ ދެއްކުމަށް ކޯޓުން އަމުރު ކުރި އެވެ. އެއީ އޭނާ އިންވެސްޓު ކުރި ފައިސާ އާއި ފައިދާގެ ގޮތުގައި ދޭންޖެހޭ 485،500 އާއި ޝަރީއަތުގެ ހަރަދަށްވާ 72،750 ރުފިޔާ އެވެ.

ދެވަނަ މައްސަލިައގައި މައްސަލަ ހުށައެޅި ފަރާތް ކަމުގައިވާ މަރްޔަމް ޒާނާ މުހައްމަދު، ޖަންބުގެ/ޅ. ހިންނަވަރު އަށް އޭނާ ސްކީމަށް ހޭދަ ކުރި ފައިސާ ކަމުގައިވާ 50،000 ރުފިޔާ އާއި ކޯޓު ހަރަދުގެ ގޮތުގައި ހޭދަވި 7،500 ރުފިޔާ ދިނުމަށް ސިވިލް ކޯޓުން ހުކުމްކުރި އެވެ.

ތިންވަނަ މައްސަލައިގައި 25،000 ރުފިޔާ އާއި ފައިދާގެ ގޮތުގައި ލިބެން ޖެހޭ 75،000 ރުފިޔާ އާމިނަތު ރިޝްފާ، ރޯޒީ/ކ. ތުލުސްދޫ އަށް ދިނުމަށް ކިންގްސް ކެޕިޓަލްގެ މައްޗަށް ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ކިންގްސް ކެޕިޓަލްސް ހޯލްޑިންގްސް ކުންފުނިން ދިވެހިރާއްޖޭގެ ގާނޫނާ ހިލާފަށް ޕޮންޒީ ސްކީމެއް ހިންގި ކަމުގެ ތުހުމަތުގައި އަލްހާން ފަހުމީ އާއި އޭނާގެ ދެ ކޮއްކޮ ކަމުގައިވާ މީޑިއާ ކައުންސިލުގެ ކުރީގެ ރައީސް ސަހުބާން ފަހުމީ އަދި ޝަޒުބާން ފަހުމީގެ މައްޗަށް ދައުވާކުރަން ދައުލަތުން ވަނީ ކްރިމިނަލް ކޯޓަށް ހުށައަޅާފައެވެ.

މިކަމާ ގުޅޭގޮތުން ޕީޖީ އޮފީހުން ބުނީ މި މައްސަލާގައި އަލްހާންގެ އިތުރުން އޭނާގެ ކޮއްކޮ ޝަހުބާން ފަހުމީ އާއި ޝަޒްބާން ފަހުމީގެ މައްޗަށް ޓެކުމުގެ 13 ދައުވާއެއް ކުރަން ފޮނުވާފައިވާ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން އެމީހުންގެ މައްޗަށް މިހާތަނަށް ޖުމްލަ 39 ދަޢުވާއެއް ކޮށްފައިވާނެ ކަމަށް ވެސް އެ އޮފީހުން ބުނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.