ދިވެހި ފުލުހުންގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--ފޮޓޯ/ ވޮއިސް
ހަބަރު
31 Jan 2024 | 18:23
ސްކޭމްގެ މައްސަލަ ހައްލު ކުރަން ފުލުހުން, ސްކޭމް ސެންޓަރެއް ޤާއިމުކުރަނީ

ރާއްޖޭގައި މިވަގުތު އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ދިމާވެފައިވާ ސްކޭމް ކުރުމުގެ ކަންތައްތައް ހައްލުކުރުމަށްޓަކައި ފުލުހުންގެ ތެރޭގައި ސްކޭމް ސެންޓަރެއް ޤާއިމު ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ދިވެހި ފުލުހުންގެ ޢިދާރާއިން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ޢިދާރާއިން މިފަދައިން ވިދާޅުވެފައި ވަނީ އިކޮނޮމިކް ކްރައިމް ޑިޕާޓްމެންޓުން ތަހުގީގު ކުރަމުންދ ގެންދާ މައްސަލަތަކާއި ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދިނުމަށްޓަކައި މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ސްކޭމްކަންތައްތައް ތަހްޤީގު ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރި ވެލައްވަމުން ގެންދަވާ ފަރާތްތަކުންނެވެ.

"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ނުވަތަ މާރޗްގައި އަޅުގަނޑުމެން ސްކޭމް ސެންޓަރުގެ މަސައްކަތް ފެށިގެން ކުރިންއަށް ދާނެ" ފުލުހުން ވިދާޅުވިއެވެ. 

ފުލުހުން މިއަދު ވިދާޅުވީ މިހާތަނަށް ސްކޭމް ކުރުމުގެ ތަފާތު މައްސަލަތަކުގައި ރައްޔިތުންގެ އަތުން 57 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ގެއްލިފައިވާ ކަމަށެވެ. އޭގެ ތެރެއިން 27 މިލިޔަން ރުފިޔާއަކީ މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން މިއަދާއި ހިސާބަށް ރައްޔިތުންގެ އަތުން ގެއްލިފައިވާ ފައިސާކަމަށް ވާއިރު މިހާތަނަށް ހޯދިފައިވަނީ ނުވަތަ ރިކަވަ ކުރެވިފައިވަނީ އެއް މިލިޔަން ރުފިޔާ ކަމަށެވެ.

ފުލުހުންގެ މި ނޫސްވެރިންގެ ބައްދަލުވުމުގައި އެބޭފުޅުން ވިދާޅުވިގޮތުގައި ސްކޭމްކުރުމުގެ ކަންތައްތަކަކީ ވަރަށް ފުޅާގޮތެއްގައި ކުރަމުންގެންދާ ކަމެއް ކަމަށާއި އާއްމު ރައްޔިތުން ހީވެސް ނުކުރާ ފަދަ ގޮތް ގޮތަށް ސްކޭމް ކުރުމުގެ ކަންތައްތައް މިހާރު ހިންގަމުން ގެންދާ ކަމަށެވެ.

އެގޮތުން މިހާރުވެސް 28000 (އަށާވީސް ހާސް) އަށް ވުރެ ގިނަ މައްސަލަތައް ފުލުހުންގެ ޢިދާރާއަށް ހުށަހެޅިފައިވާ ކަމަށް އެ ޢިދާރާއިން ވިދާޅުވިއެވެ. އެގޮތުން ފުލެޓް ލިބިގެން ކުރާ ފޯނުކޯލުގެ ޒަރިއްޔާއި ހިންގާ ސްކޭމްތަކާއި ،ފޯނަށް ފޮނުވާ ލިންކެއް މެދުވެރިކޮށް ޕާސަނަލް އިންފޮމޭޝަން ހޯދުމަށް ބުނެ ހިންގާ ސްކޭމްތަކާއި، ރީލޯޑް އަދި ރާސްޓަސް ބޭނުންކޮށްގެން ހިންގާ ސްކޭމް ކުށްތައް ފަދަ އެތަށް ވައްތަރެއްގެ ސްކޭމްތައް ހިމެނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.