މިނީ ބަހުގެ ޚިދުމަތް ހޯދުމަށް މީހަކު ބަސް ސްޓޮޕެއް ކައިރީގައި/ ފޮޓޯ: ސީއެންއެމް
މިނީ ބަހުގެ ޚިދުމަތް ހޯދުމަށް މީހަކު ބަސް ސްޓޮޕެއް ކައިރީގައި/ ފޮޓޯ: ސީއެންއެމް
ވިޔަފާރި 01 Jan 2023 | 05:19

ކޭޝް ކާޑު ބޭނުންކޮށްގެން ބަހަށް ފައިސާ ދެއްކޭނެގޮތް ހަދަނީ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ދެމުންދާ ބަހުގެ ހިދުމަތުގައި ކޭޝް ކާޑުން ބަހަށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖެއްސުމަށް ކުރިއަށްގެންދާ އަޖުމަ ބެލުމުގެ ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެއެވެ.

އެމްޓީސީސީއިން ބުނީ އާރްޓީއެލް ބަހުގެ ހިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް ކޭޝް ކާޑުން ބަހަށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ބާއްވާ ޓެސްޓް ދަތުރުތައް އޮންނާނީ ޖެނުއަރީ 1 ވަނަ ދުވަހާއި 2 ވަނަ ދުވަހުކަމަށެވެ.

މި ޓެސްޓު ބުރުތަކުގައި މާލެ ތެރޭގައި ދުއްވާ ބަސްތަކުގައި ކޮންޓެކްޓްލެސް މާސްޓާ ކާޑާއި ވިސާ ކާޑުގެ ބޭނުންކޮށްގެން ފައިސާ ދެއްކޭނެކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ދެމުންދާ ބަހުގެ ހިދުމަތަށް މިހާރު ފައިސާ ދެއްކެނީ އާރުޓީއެލް އެޕްލިކޭޝަން އަދި ބަސް ކާޑު މެދުވެރިކޮށް އެކަންނެވެ.

މިނީ ބަހުގެ ޚިދުމަތް ތައާރަފްކުރުމަކީ މި ސަރުކާރުގެ 100 ދުވަހުގެ ވައުދެކެވެ. މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި މި ޚިދުމަތް ސަރުކާރުން ފަށާފައިވާއިރު، ގިނަ ބަޔަކު މިނީބަސް ބޭނުންކުރަމުންދާ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

މާލެ ސަރަހައްދުގެ އިތުރުން އެމްޓީސީސީން އަންނަނީ މާލެ އާއި ލ. އަތޮޅާއި އައްޑޫ އަދި ފުވައްމުލަކުގައި ބަހުގެ ހިދުމަތް ދެމުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އަމީނީ މަގުގެ ސެގްމަންޓް 3 ގެ މަސައްކަތް ނިންމައި މި ހަފުތާގައި ހުޅުވާލަނީ
31 Oct 2026 ހަބަރު

އަމީނީ މަގުގެ ސެގްމަންޓް 3 ގެ މަސައްކަތް ނިންމައި މި ހަފުތާގައި ހުޅުވާލަނީ

މި ސަރަޙައްދަކީ ޢިއްޒުއްދީން މަގާ ހަމައިން ފެށިގެން ކޯރުކެނޑި ހިނގުމާ ހަމައަށް އޮންނަ މަގުގެ ބައެވެ

އެމްޓީސީސީ ހިއްސާގެ ފައިދާ މާދަމައިން ފެށިގެން ދޫކުރަނީ
31 Oct 2026 ހަބަރު

އެމްޓީސީސީ ހިއްސާގެ ފައިދާ މާދަމައިން ފެށިގެން ދޫކުރަނީ

އެމްޓީސީސީގެ މިދިޔަ އަހަރުގެ ވިޔަފާރީގެ ފައިދާއިން ހިއްސާއަކަށް މޫނުމަތީ އަގުގެ ފަސް ރުފިޔާގެ ކޮންމެ ހިއްސާއަކަށް 3 ރުފިޔާ ބެހުމަށް ވަނީ ފާސްކޮށްފައެވެ.

އޭ.ސީ.ސީ.އޭ އެޕްރޫވްޑް އެމްޕްލޯޔަރ ޕްރޮގްރާމުން އެމް.ޓީ.ސީ.ސީއަށް ދެ ސެޓްފިކޭޝަން
24 Oct 2026 ހަބަރު

އޭ.ސީ.ސީ.އޭ އެޕްރޫވްޑް އެމްޕްލޯޔަރ ޕްރޮގްރާމުން އެމް.ޓީ.ސީ.ސީއަށް ދެ ސެޓްފިކޭޝަން

އެމްޓީސީސީން ބުނި ގޮތުގައި، މި ސެޓިފިކޭޝަންތައް އެ ކުންފުންޏަށް ލިބިފައިވަނީ އޭސީސީއޭގެ "އެޕްރޫވްޑް އެމްޕްލޯޔަރ ޕްރޮގްރާމް" ގެ ދަށުން ކަނޑައަޅާފައިވާ ހަރުދަނާ ޝަރުތުތަކާއި މިންގަނޑުތަކަށް ކުންފުނި ފުރިހަމައަށް ފެތޭކަން، އޭސީސީއޭއިން ވަރަށް ފުންކޮށް ދިރާސާކޮށް ކަށަވަރުކުރުމަށް ފަހުގައެވެ.

ގްރޭޓާ މާލެ ސަރަޙައްދުގައި ފެންބޮޑުވި ސަރަޙައްދުތަކުން 367 ޓަނަށް ވުރެ ގިނަ ފެން، އެމްޓީސީސީން ހިންދައިފި
22 Oct 2026 ހަބަރު

ގްރޭޓާ މާލެ ސަރަޙައްދުގައި ފެންބޮޑުވި ސަރަޙައްދުތަކުން 367 ޓަނަށް ވުރެ ގިނަ ފެން، އެމްޓީސީސީން ހިންދައިފި

މިދިޔަ ދެ ދުވަހު ވެހުނު ބޯވިއްސާރައިގައި ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނުގައި، އެކި ސަރަޙައްދުތަކުން 367.82 ޓަނުގެ ފެން ހިންދާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ )އެމްޓީސީސީ( އިން ބުނެފިއެވެ.

މިއަދުން ފެށިގެން މަޖީދީމަގު، ސޯސަންމަގު އަމީނީމަގުގައި ޕާކުކުރުން މަނާ، ފިޔަވަޅު އަޅާނެ
21 Oct 2026 ހަބަރު

މިއަދުން ފެށިގެން މަޖީދީމަގު، ސޯސަންމަގު އަމީނީމަގުގައި ޕާކުކުރުން މަނާ، ފިޔަވަޅު އަޅާނެ

ޓްރާންސްޕޯޓް މިނިސްޓްރީން ކުރިން ހާމަކޮށްފައިވާ ގޮތަށް، މާލެއާއި ހުޅުމާލޭގައި ޕާކުކުރުން މަނާ ސަރަޙައްދުތަކުގައި ޤަވާއިދާ ޚިލާފަށް ބަހައްޓާފައި ހުންނަ އުޅަނދުތަކަށް މިއަދުން ފެށިގެން ފިޔަވަޅު އަޅަން ފަށާފައިވާ ކަމަށް އެ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އަމީނީ މަގުގެ ތިން ވަނަ ސެގްމަންޓުގައި ތާރު އެޅުމުގެ މަސައްކަތް މާދަމާ ފަށަނީ
19 Oct 2026 ހަބަރު

އަމީނީ މަގުގެ ތިން ވަނަ ސެގްމަންޓުގައި ތާރު އެޅުމުގެ މަސައްކަތް މާދަމާ ފަށަނީ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ )އެމްޓީސީސީ( އިން ކުރިއަށްގެންދާ މި މަޝްރޫއުގެ ތިންވަނަ ސެގްމަންޓުގެ ދިގުމިނަކީ 1،924.77 މީޓަރެވެ. އެ ސަރަހައްދުގެ ކުރީގެ ތާރު ނެގުން ފެށީ މި މަހުގެ 4 ވަނަ ދުވަހުއެވެ. އޭގެ ފަހުން އެގްރިގޭޓް ބޭސް ކޯސް )އޭބީސީ( އަޅައި، އެމްސީ 30 ޕްރައިމް ކޯޓު ޖެހުމުގެ މަސައްކަތް ވެސް މިހާރު ނިމިފައިވެއެވެ.