ރޭ މާލޭގައި ބޭއްވުނު އެމްޑީޕީ ކޯލިޝަން ޖަލްސާ. ފޮޓޯ:އެމްޑީޕީ
ރޭ މާލޭގައި ބޭއްވުނު އެމްޑީޕީ ކޯލިޝަން ޖަލްސާ. ފޮޓޯ:އެމްޑީޕީ
ހަބަރު 02 Sep 2023 | 09:27

"އުފާވެރި މާލެ" މެނިފެސްޓޯ: މާލޭގައި ޒަމާނީ ޕަބްލިކް ޓްރާންސްޕޯޓް ތަޢާރަފްކުރުން

"އުފާވެރި މާލެ" މެނިފެސްޓޯގެ ދަށުން މާލެ ސަރަހައްދުގައި ޒަމާނީ ޕަބްލިކް ޓްރާންސްޕޯޓް ތަޢާރަފްކުރާނެ ކަމަށް އެމްޑީޕީ ކޯލިޝަނުން ބުނެފިއެވެ.

ރޭ އެމްޑީޕީއިން މާލެ ސިޓީގައި ބޭއްވި ޖަލްސާގައި ނެރުނު "އުފާވެރި މާލެ" މެނިފެސްޓޯގައި ބުނެފައިވަނީ މާލެ ސަރަހައްދުގެ ކާރޫބާރު ބޮޑު މަގުތަކުން މިންޖުވުމަށް ހިނގާ މީހުންނަށް އިސްކަންދެވޭނެ، ޕެޑެސްޓްރިއަން ފްރެންޑްލީ ރޯޑްސް ތަރައްޤީކުރާނެ ކަމަށެވެ.

މީގެއިތުރުން މާލެ ސަރަހައްދުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ޕްރޮޖެކްޓް  ކުރިއަށް ގެންދާނެ ކަމަށާއި، މާލެ ސަރަހައްދުގައި ވެހިކަލް ފޭސްއައުޓް ކުރުމަށް މާސްޓަރ ޕްލޭނެއް ތައްޔާރުކޮށް، ޕަބްލިކް ޓްރާންސްޕޯޓަށް އަހުލުވެރިކުރާނެ ކަމަށް ބުނެފައިވެއެވެ.

ހަމަމިއާއިއެކު މާލޭގައި ޒަމާނީ ޕަބްލިކް ޓްރާންސްޕޯޓް ސިސްޓަމެއް ތަޢާރަފްކުރާނެ ކަމަށާއި،  މާލެ، ހުޅުލެ އަދި ހުޅުމާލެ ބްރިޖަށް ދެ ލޭން އިތުރުކޮށް ލައިޓް ރެއިލް ތަޢާރަފްކޮށް، އަދި މިރެއިލް މާލެ ސަރަހައްދުތަކަށް ފުޅާކުރާނެ ކަމަށެވެ.

"އުފާވެރި މާލެ" މެނިފެސްޓޯ ގައި ބުނެފައިވަނީ  ސްކޫލް ދަރިވަރުންނަށް ސްކޫލް ބަސް ތަޢާރަފް ކުރާނެ ކަމަށާއި، ދުވަސްވީ ވެހިކަލްތައް މަދުކުރުމަށްޓަކައި އުޅަނޑުގެ ވެރިފަރާތް ކަށަވަރުކުރުމަށްފަހު ޕަބްލިކް ޓްރާންސްޕޯޓު ނިޒާމަށް ރިބޭޓް ނިޒާމެއް ގާއިމްކުރަނެ ކަމަށް ބުނެފައިވެއެވެ.

މިއާއި އެކު މާލެ ސަރަހައްދުގައި ބޭނުންކުރެވޭނެ އުޅަނދުތަކަށް ކެޕް ކަނޑައެޅުމާއި، ތޮއްޖެހުން ކުޑަކުރުމަށް މަގުތަކުން ޕާކިން ހުސްކޮށް، 4 ފުރޮޅުލީ އުޅަނދުތަކަށް ޚާއްސަ ޕާކިންފެސިލިޓީ ހެދުމާއި، މޮޓޯ ސައިކަލުތަކަށް ޚާއްސަ ނެއިބަރހުޑް ޕާކިންގ ތަޢާރަފްކުރާނެ ކަމަށް ބުނެފައިވެއެވެ.

އަދި މާލެ ސަރަހައްދުގެ މަގުތަކަކީ ރައްކާތެރި ތަންތަނަށް ހެދުމަށްޓަކައި ޓްރެފިކް އެންފޯސްމަންޓް ޓެކްނޮލޮޖީ ބޭނުންކުރާ މިންވަރު އިތުރުކުރާނެ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުންވެސް މާލެ ސަރަހައްދަށް ޚާއްސަ ކަންކަން މި މެނިފެސްޓޯގައި ބަޔާން ކޮށްފައިވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އާ ހޮސްޕިޓަލް އަޅާތީ، ވިލިމާލޭ ހޮސްޕިޓަލްގެ ހިދުމަތްތައް އަމާން ހިޔާއަށް ބަދަލުކޮށްފި
15 Oct 2026 ހަބަރު

އާ ހޮސްޕިޓަލް އަޅާތީ، ވިލިމާލޭ ހޮސްޕިޓަލްގެ ހިދުމަތްތައް އަމާން ހިޔާއަށް ބަދަލުކޮށްފި

ކުއްލި ފަރުވާގެ ޚިދުމަތާއި އާންމު ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމުގެ އިންތިޒާމު މިހާރު އެ އިމާރާތުގައި ހަމަޖެހިފައި

ރާއްޖޭގެ ކްރެޑިޓް ރޭޓިންއަށް އައި ކުރިއެރުން އައިއެމްއެފުން ފާހަގަކޮށްފި
15 Oct 2026 ހަބަރު

ރާއްޖޭގެ ކްރެޑިޓް ރޭޓިންއަށް އައި ކުރިއެރުން އައިއެމްއެފުން ފާހަގަކޮށްފި

އައިއެމްއެފްގެ އަހަރީ ބައްދަލުވުމުގެ ހަވާސާގައި، އެ އިދާރާގެ އެގްޒެކެޓިވް ޑިރެކްޓަރު ޑރ. މުޙައްމަދު މާއިތު، ރާއްޖޭގެ މާލީ ވަޒީރު ހަސަން ޒަރީރާ ބައްދަލުކުރައްވައި، ރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ޙާލަތު ހަމަމަގަށް އެޅުވުމަށް ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވާފައިވާކަމަށެވެ. އަދި ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކަށް ތައުރީފްކޮށް އެންމެފަހުން މޫޑީސްއިން ރާއްޖޭގެ ރޭޓިންނަށް އައި ހެޔޮބަދަލު ފާހަގަކުރެއްވިކަމަށް މާލީ ވުޒާރާއިން ބުންޏެވެ.

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނަގައިފި
15 Oct 2026 ހަބަރު

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނަގައިފި

ވުޒާރާއިން ބުނީ ލާމަރުކަޒީ ޤާނޫނުގެ ދަށުން މި ބިންތައް ސަރުކާރުގެ ކަމާބެހޭ ވުޒާރާގެ ބެލުމުގެ ދަށަށް ގެނައުމަށް ނިންމީ، ރައްޔިތުންނަށް ބޭނުންވާ ޢުމްރާނީ ތަރައްޤީގެ މުހިންމު މަޝްރޫޢުތައް ހިންގުމަށާއި އަސާސީ ޚިދުމަތްތައް ހަރުދަނާކަމާއެކު ފޯރުކޮށްދީ ބެލެހެއްޓުމުގެ މަޤްޞަދުގައި ކަމަށެވެ.

ކަނޑުވި މީހުން ސަލާމަތްކުރި ތިން ފުލުހަކަށް ރަން މެޑަލް އަރުވައިފި
15 Oct 2026 ހަބަރު

ކަނޑުވި މީހުން ސަލާމަތްކުރި ތިން ފުލުހަކަށް ރަން މެޑަލް އަރުވައިފި

ކ. ގާފަރު ކައިރިން ބަންޑުންޖެހި ކޮޅުވެއްޓިން ކަނޑުވި އަށް މީހެއްގެ ފުރާނަ ސަލާމަތްކުރި ތިން ފުލުހަކަށް ފުރާނަ ސަލާމަތްކުރުމުގެ ރަން މެޑަލް ކޮމިޝަނަރ އޮފް ޕޮލިސް އަރުވައިފިއެވެ.

އިންޑިއާގެ މަސްބޯޓުތަކާއި މަސްވެރިން މިނިވަންކުރުމުގެ މަސައްކަތް ފަށައިފި
15 Oct 2026 ހަބަރު

އިންޑިއާގެ މަސްބޯޓުތަކާއި މަސްވެރިން މިނިވަންކުރުމުގެ މަސައްކަތް ފަށައިފި

އިންޑިއާގެ ބައެއް މީޑިއާތަކުން ބުނެފައިވަނީ، މިދިޔަ އަންގާރަ ދުވަހުގެ ރޭ ރާއްޖޭގެ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނައި އެޤައުމުގެ ތިން މަސް ބޯޓާއި 26 މަސްވެރިން މިނިވަންކުރުމަށްޓަކައި ދިވެހި ސަރުކާރާ ގުޅިގެން ކުރަންޖެހޭ ޤާނޫނީ މަސައްކަތްތައް ކުރަމުންދާކަމަށެވެ. އެގޮތުން އެމީހުން ދޫކޮށްލުމަށް ކުރަންޖެހޭ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަމިލް ނާޑޫ ސްޓޭޓްގެ ޗީފް މިނިސްޓަރު ވިޖޭ، އެ ގައުމުގެ ހާރިޖީ ވަޒީރު، ޖައިޝަންކަރުގެ ކިބައިން އެދިވަޑައިގެންފައިވާކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައި އޮތް އެލްޖީއޭގެ ބޯޑް އިންތިހާބު މި މަހުގެ 31 ގައި
15 Oct 2026 ހަބަރު

މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައި އޮތް އެލްޖީއޭގެ ބޯޑް އިންތިހާބު މި މަހުގެ 31 ގައި

ވޯޓް ނެގުން އޮންނާނީ އެ ދުވަހުގެ ހެނދުނު 10:00 އިން ހަވީރު 4:00 އަށެވެ.

ބަރު އުޅަނދާއި މުދާ އުފުލާ އުޅަނދު ދުއްވުން މަނާ ގަޑިތަކެއް ކަނޑައަޅައިފި
15 Oct 2026 ހަބަރު

ބަރު އުޅަނދާއި މުދާ އުފުލާ އުޅަނދު ދުއްވުން މަނާ ގަޑިތަކެއް ކަނޑައަޅައިފި

ހެނދުނު 11:30 އިން މެންދުރު 1:30 އަށް، ބޮޑުތަކުރުފާނު މަގު ފިޔަވައި މާލޭގެ އެހެން މަގުތަކުގައާއި ބުރިޖު އަދި ހައިވޭގައި މިފަދަ އުޅަނދުތައް ދުއްވުން ވަނީ މަނާކޮށްފަ އެވެ.

މިނިވަން ވިޔަފާރީގެ ފުރުސަތުތައް އިތުރަށް ހުޅުވައިލުމަށް ހަރުދަނާ އުސޫލުތަކުން ކުރާ ކޮންމެ ކަމަކަށް ތަރުހީބުދޭނަން: އެމްޑީޕީ
15 Oct 2026 ހަބަރު

މިނިވަން ވިޔަފާރީގެ ފުރުސަތުތައް އިތުރަށް ހުޅުވައިލުމަށް ހަރުދަނާ އުސޫލުތަކުން ކުރާ ކޮންމެ ކަމަކަށް ތަރުހީބުދޭނަން: އެމްޑީޕީ

ރާއްޖޭގައި މިނިވަން ވިޔަފާރީގެ ފުރުސަތުތައް ފުޅާކުރުމަށް ހަރުދަނާ އުސޫލުތަކުގެ ތެރެއިން ކުރާ ކޮންމެ ކަމަކަށް ތަރުހީބުދޭ ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ.