މިއަދު ބާއްވަން ހަމަޖެހުނު، ޕީޕީއެމް/ޕީއެންސީގެ ސައިކަލް ބުރު ކެންސަލް!
އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުޢިއްޒު އާއި ރަނިންމޭޓް، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު މުހައްމަދު ހުސެއިން ލަތީފް އަށް އޮތް ތާއީދު ދައްކާލުމަށް މިއަދު ބާއްވަން ނިންމާފައިއޮތް ސައިކަލް ބުރު ކެންސަލް ވެއްޖެ އެވެ.
މިއަދު މާލޭގައި ބޭއްވުމަށް ހަމަޖެހުނު މި ސައިކަލް ބުރު ކެންސަލްވެފައިވަނީ، މޫސުން ގޯސްވުމާއި ގުޅިގެން، ސައިކަލް ބުރު ކަވަރު ކުރާ މީޑިއާ ތަކަށްވެސް ދަތިތަކާއި ކުރިމަތިލާން ޖެހޭނެތީ ކަމަށް ޕީޕީއެމުން ބުނެފައިވެއެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޒުވާނުން އިސް ނަގައިގެން "ދިވެހީންގެ ރާއްޖެ" ނަމުގައި ހުޅުމާލޭގައި ވެސް އިއްޔެ ވަނީ ސައިކަލު ބުރެއް ކުރިއަށް ގެންގޮސްފައެވެ.
ޒުވާނުންގެ ބޮޑު ތަރުހީބެއް ލިބިގެންދިޔަ އެ ސައިކަލު ބުރުގައި ޑރ މުހައްމަދު މުއިއްޒުގެ ރަނިން މޭޓް ހުސައިން މުހައްމަދު ލަތީފް (ސެންބެ) ވެސް ބައިވެރިވެ ވަޑައިގަތެވެ.
ސައިކަލުބުރަށް ފަހު ޑްރިފްޓް ގެ ހަރަކާތް ތަކެއް ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް