އިޒްރާއިލް ސިފައިން
އިޒްރާއިލް ސިފައިން
ދުނިޔެ 03 Apr 2023 | 09:36

ނާބުލްސް ގައި ފަލަސްޠީނުގެ ދެމީހަކު ޝަހީދު ކޮށްލައިފި

ފަލަސްޠީނުގެ ނާބުލްސްގައި އިޒްރާއިލް ސިފައިން ހިންގި މިލިޓަރީ ރެއިޑެއްގައި ފަލަސްޠީނުގެ ދެމީހަކަށް ހަމަލާދީ ޝަހީދުކޮށްލައިފިއެވެ.

ފަލަސްޠީނުގެ ހެލްތް މިނިސްޓްރީ އިން ވަނީ މިކަން ކަށަވަރުކޮށްދީފައެވެ.

އިޒްރާއިލް ސިފައިން ބުނެފައިވަނީ ރޭ ހިންގި ރެއިޑަކީ، ހުވާރާ އަވަށުގައި މީގެ ދުވަސްކޮޅެއް ކުރިން ހިނގި ކުރިމަތިލުން ތަކުގައި، އިޒްރާއިލް ސިފައިންގެ ދެމީހަކަށް ބަޑިން ދިން ހަމަލާއަކަށް އެހީތެރިވި ދެމީހަކު ހޯދުމަށް ހިންގި ރެއިޑެއްކަމަށް ބުނެފައެވެ. އަދި އެދެމީހުން ރެއިޑްހިނގަމުން ދިޔަ ވަގުތު ބަޑީގެ ހަމަލާދޭން ފެށުމުން ބަޑިތަކުގެ ކުރިމައްޗަށް އަރައި ހަމަލާބަދަލު ކުރަން އުޅުމުގެ ތެރޭގައި އެމީހުންގެ ގަޔަސް ބަޑީގެ ވަޒަން އެރީކަމަށް ވަނީ ބުނެފައެވެ.

މި ފަހަކަށް އައިސް ހުޅަނގު އައްސޭރިއާއި ޖާރުއްސަލަމް ގައި އިޒްރާއިލްގެ ޔަހޫދީން ފަލަސްޠީނުގެ މުސްލިމުންނަށް ދޭ އަނިޔާތައް ވަނީ ވަރަށް ބޮޑު ތަނުން އިތިރުވެފައެވެ. ހަނގުރާމަ ވެރިން ހައްޔަރު ކުރުމުގެ ނަމުގައި އިޒްރާއިލް ސިފައިން ދަނީ އަނިޔާވެރި އެތައް ޢަމަލެއް ހިންގަމުންނެވެ.

މިއަހަރުގެ މިހާތަނަށް އިޒްރާއިލުން ވަނީ ފަލަސްޠީނުގެ 88 މީހަކު ޝަހީދުކޮށްލައިފައިވެއެވެ.

އިޒްރާއިލުން ބުނެފައިވަނީ އެމީހުން ހަމަލާދީ ޝަހީދުކޮށްފައިވާނީ ހަނގުރާމަ ވެރިން ކަމަށެވެ. ނަމަވެސް މަގުމަތިން އިޒްރާއިލް ސިފައިންގެ ގަޔަށް އޮއްގައު އުކާ ޒުވާން ކުދިންނާއި ކަމާއި ނުބެހޭ ވެސް އެތައް ބަޔަކު އިޒްރާއިލް ސިފައިން ވަނީ ޝަހީދުކޮށްފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި
31 Oct 2026 ކުޅިވަރު

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި

މީގެ ކުރިންވެސް ކުރި ކޭމްޕް ދަތުރުގައިވެސް ފަލަސްތީނުން ވަނީ ރާއްޖެއާ ދެކޮޅަށް މެޗެއް ކުޅެފައެވެ. އެމެޗް ފަލަސްތީނުން ކާމިޔާބުކުރީ 6-0 ގެ ނަތީޖާއިންނެވެ.

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް
27 Oct 2026 ކުޅިވަރު

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް

ފަލަސްތީނުގެ ޓީމްގެ މި ދަތުރުގެ ތެރެއިން ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މި މެޗުތައް އޮންނާނީ މި މަހުގެ 30 ވަނަ ދުވަހާއި، އަންނަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު މާލޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.

އިޒްރޭލާ ހެދި ފަލަސްޠީނު ދަރިވަރުންގެ ތަޢުލީމީ ހައްޤަށް ބޮޑެތި ހުރަސްތަކެއް
27 Oct 2026 ދުނިޔެ

އިޒްރޭލާ ހެދި ފަލަސްޠީނު ދަރިވަރުންގެ ތަޢުލީމީ ހައްޤަށް ބޮޑެތި ހުރަސްތަކެއް

އެ ޖަމިއްޔާއިން ބުނީ ހުޅަނގު އައްސޭރީގައި ދިރިއުޅޭ އެތައް ހާސް ކުޑަކުދިންނަށް ތަޢުލީމު ޙާޞިލުކުރުމުގެ ޙައްޤުން މަޙްރޫމުވެ، ސްކޫލަށް ދިއުމަކީ ނުރައްކާތެރި ކަމަކަށް ވެފައިވާ ކަމަށެވެ

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ
24 Oct 2026 ކުޅިވަރު

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ

މި ތަމްރީނު ކޭމްޕްގައި ފަލަސްތީނު ޓީމު ގާއިމުވެ ތިބުމަށް ހަމަޖެހިފައިވަނީ ކ. ގުރައިދޫގައެވެ.

އިސްރާއީލުގެ ޤަތުލުއާންމު؛ ގައްޒާގައި ޝަހީދުވި މީހުންގެ އަދަދު 74،494 އަށް
21 Oct 2026 ދުނިޔެ

އިސްރާއީލުގެ ޤަތުލުއާންމު؛ ގައްޒާގައި ޝަހީދުވި މީހުންގެ އަދަދު 74،494 އަށް

އެ މިނިސްޓްރީން ހާމަކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން މިހާތަނަށް އިސްރާއީލުގެ ހަމަލާތަކުގައި 175،604 މީހަކަށް އަނިޔާވެފައިވެއެވެ.

އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް އިޒްރޭލުގެ ކުޅުންތެރިއަކު ކުޅުޖެހި މައްސަލަ ޔުއެފާއިން ބަލަން ފަށައިފި
07 Oct 2026 ކުޅިވަރު

އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް އިޒްރޭލުގެ ކުޅުންތެރިއަކު ކުޅުޖެހި މައްސަލަ ޔުއެފާއިން ބަލަން ފަށައިފި

ޔޫއެފާ ނޭޝަންސް ލީގުގައި ރިޕަބްލިކް އޮފް އަޔަލެންޑާއި އިޒްރޭލު ބައްދަލުކުރި މެޗުގެ ހާފްޓައިމްގައި، އިޒްރޭލުގެ ކުޅުންތެރިއަކު އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް ކުޅުޖެހި ކަމަށް ބުނާ މައްސަލައެއް ޔޫރަޕ...