ވައިޓް ބީޗުގެ ހަރަކާތެއްގައި ބަޔަކު ބައިވެރިވަނީ-- ފޮޓޯ: ވޮއިސް
ވައިޓް ބީޗުގެ ހަރަކާތެއްގައި ބަޔަކު ބައިވެރިވަނީ-- ފޮޓޯ: ވޮއިސް
ވިޔަފާރި 03 Nov 2022 | 08:14

ދިވެހިންނަށް ހާއްސަ ޕެކޭޖުތަކާއެކު މޫދު ކުޅިވަރު ހުޅުމާލެ ވައިޓް ބީޗުން

ވޯޓާ ސްޕޯޓްސް ނުވަތަ މޫދު ކުޅިވަރަކީ ޒުވާނުންނާއި ކުޑަކުދިންގެ މެދުގައިވެސް މަގުބޫލު ކުޅިވަރެކެވެ. ލިބޭ ބަންދު ދުވަސްތަކާއި، ހުސްވަގުތު ތަކުގައިވެސް އާއިލާއާއި އެކު ނުވަތަ ބައިވެރިޔާއާއި އެކު ނޫނީ ރަހުމަތްތެރިންނާއި އެކު ނުވަތަ އެކަނިވިޔަސް މޫދު ކުޅިވަރުގެ އެކި ހަރަކާތްތަކުގައި ބައިވެރިވެ ފޯރި ނަގާ މީހުން ހަމަ ޔަގީނުންވެސް މަދެއް ނުވާނެއެވެ.

އެފަދަ އެންމެހައި ފަރާތްތަކަށް ހުޅުމާލޭގައި ހުންނަ "ވައިޓް ބީޗް ވޯޓާ ސްޕޯޓްސް" އަކީ އެއްވަނައިގެ ތަނެކެވެ. އެހެނީ އެތަނަކީ ވޯޓާ ސްޕޯޓްސްގެ ހުރިހާ ވައްތަރެއް އެއް ތަނުން ލިބެން ހުންނަ ތަނެކެވެ. އެއީ މޮޓޮރައިޒް ވިޔަސް، ނަން މޮޓޮރައިޒް ވިޔަސް، އެކްސްޓްރީމް ވިޔަސް، ހުރިހާ ވައްތަރެއްގެ މޫދު ކުޅިވަރެއްްގެ އަޖުމަ ބަލާލެވެން ވައިޓް ބީޗް ވޯޓާ ސްޕޯޓްސް ހުންނާނެއެވެ.

ވައިޓް ބީޗު ވޯޓާ ސްޕޯޓްސް -- ފޮޓޯ: ވޮއިސް

ވައިޓް ބީޗް ވޯޓާ ސްޕޯޓްސް އަށްދާ ފަރާތްތަކުގެ ތެރެއިން މޫދު ކުޅިވަރަށް ފަރިތަ ނޫން، ނުވަތަ އަލަށް ވޯޓާ ސްޕޯޓްސްގައި ބައިވެރިވާ އެކަމުގެ ތަޖުރިބާ ނެތް މީހުންވެސް އެކަން ކުރަން ނޭނގޭތީ ބިރުން ހާސްވާކަށް ނުޖެހޭނެއެވެ. އެހެނީ، އެތަނަކީ ވޯޓާ ސްޕޯޓްސް އާއި ގުޅުން ހުރި ސާމާނު ހަމައެކަނި ފޯރުކޮށްދޭ ތަނެއް ނޫނެވެ. އެހެނެއް ކަމަކު އެތަކެތި ބޭނުންކުރާނެ ގޮތުގެ އިރުޝާދުދީ އެކުޅިވަރުތަކުގައި އެހީ ބޭނުންވާ ފަރާތްތަކަށް އެހީތެރިކަންވެސް ފޯރުކޮށްދޭ ތަނެކެވެ.

ވައިޓް ބީޗުގެ ހަރަކާތެއްގައި ބަޔަކު ބައިވެރިވަނީ-- ފޮޓޯ: ވޮއިސް

ވައިޓް ބީޗް ވޯޓާ ސްޕޯޓްސް އިން ޗުއްޓީ ތަކާއި ދިމާކޮށް ދިވެހިންނަށްވެސް ޚާއްސަ ޕެކޭޖްތައް ދެމުންދެއެވެ. އެގޮތުން، ވޯޓާ ސްޕޯޓްސް ބޭސިކް ޕެކޭޖް ނަގާ ފަރާތްތަކަށް ހިލޭ، ވޯޓާ ސްޕޯޓްސް ގެ އެކި އެކްޓިވިޓީ ތަކުގައި ބައިވެރި ވުމުގެ ފުރުސަތު އެ މަހުގައި ލިބިގެންދެއެވެ. އެ ޕެކޭޖްތައް ނަގާ ފަރާތްތަކަށް އެ މަސް އެއްކޮށް ޕެކޭޖްގެ ދަށުން ލިބޭ ހަރަކާތްތައް އެމީހަކު ބޭނުން ދުވަހަކު އައިސް ޓްރައި ކޮށްލެވޭނެއެވެ.

ވައިޓް ބީޗުގެ ހަރަކާތެއްގައި ބަޔަކު ބައިވެރިވަނީ-- ފޮޓޯ: ވޮއިސް

ވޯޓާ ސްޕޯޓްސް އަކީ ހަމައެކަނި ސަކަރާތްޖަހާ މަޖާ ކޮށްލަން ބައިވެރިވާންވީ ކުޅިވަރެއް ނޫނެވެ. މިއީ ކަސްރަތު ކުރާ މީހުންނަށްވެސް ވަރަށް ފައިދާ ކުރާނެ ކުޅިވަރެކެއެވެ. އެގޮތުން ސްޓޭންޑް އަޕް ޕެޑަލް، ނޫނީ ކޮޅަށް ހުރެގެން ފަލިޖަހާ މޫދު ކުޅިވަރު ހަރަކާތަކީ މީހާގެ މުޅިހަށިގަނޑަށްވެސް އޭގެން އަސަރު ކުރުވާ، ފައިދާހުރި ކަސްރަތެކެވެ. ސްޓޭންޑްއަޕް ޕެޑަލް ބޭނުން ކޮށްގެން ކަސްރަތު ކޮށްލަން ބޭނުންވާ ދިވެހިންނަށް ހެޔޮ އަގުގައި ފަސޭއިން އެކަން ކުރެވޭނެ މަގުފަހި ކޮށްދިނުމަށް ވައިޓް ބީޗް ވޯޓާ ސްޕޯޓްސް އިން ވަނީ ޚާއްސަ ޕެކޭޖެއް ތައާރަފްކޮށްފައެވެ. ކޮންމެ ދުވަހަކު އައިސް ލާރި ދައްކައި އެކަމާ އުޅުމުގެ ބަދަލު، މި ޕެކޭޖް ނެގުމުން މުޅި މަސް އެއްކޮށް އިތުރު ފީއެއް ނުދައްކައި ސްޓޭންޑްއަޕް ޕެޑަލް ހަރަކާތުގައި ބައިވެރިވެވޭނެއެވެ.

ވައިޓް ބީޗު ވޯޓާ ސްޕޯޓްސް -- ފޮޓޯ: ވޮއިސް

އެހެންކަމުން ޖެޓް ސްކީ ދުއްވާލަން ނުވަތަ ކެނޯ ދުއްވާލަން އެނޫންވެސް މޫދުކުޅިވަރެއް ޓްރައި ކޮށްލަން ބޭނުން ނަމަ، ލަސްނުކޮށް ހުޅުމާލޭގައި ހުންނަ ވައިޓް ބީޗް ވޯޓާ ސްޕޯޓްސް އަށްގޮސް ބުނެލުމުން ނުވަތަ 7654300 ގުޅާލުމުންވެސް އެކަން ފަސޭހަ ކަމާއެކު ހަމަޖެހިގެންދާނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ހުޅުމާލޭ ކެފޭއެއްގައި ގޭސްފުޅިއެއް ގޮވައި އަލިފާނުގެ ހާދިސާއެއް؛ 5 މީހަކަށް އަނިޔާވި
01 Nov 2026 ހަބަރު

ހުޅުމާލޭ ކެފޭއެއްގައި ގޭސްފުޅިއެއް ގޮވައި އަލިފާނުގެ ހާދިސާއެއް؛ 5 މީހަކަށް އަނިޔާވި

ހުޅުމާލެ ރުއްގަނޑު 1 ކައިރީގައި ހުންނަ ކެފޭއެއްގައި ގޭސްފުޅިއެއް ގޮވައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.

ހުޅުމާލޭ ފިހާރައެއްގެ ބިލްބޯޑަކުން ބަރަހަނާ މަންޒަރު ދެއްކި މައްސަލައެއް ފުލުހުން ބަލަނީ
29 Oct 2026 ހަބަރު

ހުޅުމާލޭ ފިހާރައެއްގެ ބިލްބޯޑަކުން ބަރަހަނާ މަންޒަރު ދެއްކި މައްސަލައެއް ފުލުހުން ބަލަނީ

ރޭގެ ވަގުތެއްގައި ހުޅުމާލޭގެ ވިނަރެސް 3 ގައި ހުންނަ ފިހާރައެއްގެ ބިލްބޯޑަކުން ބަރަހަނާ މަންޒަރު ފެންނަ ފޮޓޯއެއް ވަނީ ދައްކާފައެވެ.

އެފްޑީސީ ފްލެޓްތަކުގެ ކުލި ދައްކައިގެން އެއް މަހުގެ ކުލި ހިލޭ
24 Oct 2026 ހަބަރު

އެފްޑީސީ ފްލެޓްތަކުގެ ކުލި ދައްކައިގެން އެއް މަހުގެ ކުލި ހިލޭ

ފަހި ދިރިއުޅުން ކޯޕަރޭޝަން )އެފްޑީސީ( ގެ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ހާއްސަކޮށްގެން، ދިރާގުޕޭ މެދުވެރިކޮށް ކުލި ދައްކައިގެން އެއް މަސްދުވަހުގެ ކުލި މުޅިން ހިލޭ ލިބޭ ހާއްސަ ޕްރޮމޯޝަނެއް ދިރާގު ފިންޓެކްއިން ތައާރަފުކޮށްފިއެވެ.

ވަޅުތަކަށް ފެން އަރާތީ، ހުޅުމާލޭގައި މައްޔިތުން ވަޅުލުން ވަގުތީ ގޮތުން މެދުކަނޑާލައި
24 Oct 2026 ހަބަރު

ވަޅުތަކަށް ފެން އަރާތީ، ހުޅުމާލޭގައި މައްޔިތުން ވަޅުލުން ވަގުތީ ގޮތުން މެދުކަނޑާލައި

މާލެ ސިޓީ ކައުންސިލުން މިއަދު އާންމުކުރި ޕޯސްޓެއްގައިވާގޮތުން ހުޅުމާލޭ ސަހަރާގައި ވަޅު ކޮނުމުން ގާތްގަނޑަކަށް 8 އިންޗިއާއި 9 އިންޗިއާ ދެމެދުގެ މިންވަރަކަށް ފެން ހަރުލާފައި ހުރެއެވެ. އެހެންކަމުން، މި ދަނޑިވަޅުގައި މައްޔިތުން ވަޅުލުމުގެ އެންމެހައި އިންތިޒާމުތައް ކުރިއަށް ގެންދާނީ މާލޭ އާސަހަރާގައެވެ

ހައުސިން ޔުނިޓްތަކުގެ އުޅޭމީހުންގެ ފަރާތުން 6،000 އަށްވުރެ ގިނަ މައްސަލަތައް މިހާތަނަށް ހުށަހަޅާފައިވޭ: އެފްޑީސީ
22 Oct 2026 ހަބަރު

ހައުސިން ޔުނިޓްތަކުގެ އުޅޭމީހުންގެ ފަރާތުން 6،000 އަށްވުރެ ގިނަ މައްސަލަތައް މިހާތަނަށް ހުށަހަޅާފައިވޭ: އެފްޑީސީ

އެފްޑީސީން މިކަން ހާމަކޮށްފައިވަނީ، އެ ކުންފުނިން މިއަދު ސޯޝަލް މީޑިއާގައި ނެރުނު ތަފާސްހިސާބުތަކުންނެވެ.

ހުޅުމާލޭ މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މަގުތަކުގައި ސްޕީޑް ބްރޭކަރުތައް ހަރުކުރަނީ
19 Oct 2026 ހަބަރު

ހުޅުމާލޭ މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މަގުތަކުގައި ސްޕީޑް ބްރޭކަރުތައް ހަރުކުރަނީ

އެޗްޑީސީން ބުނި ގޮތުގައި މި މަސައްކަތް ކުރިއަށް ގެންދަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަންނީ ލަފައާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އެގޮތުން، މި މަހުގެ 8 ވަނަ ދުވަހުން ފެށިގެން މި މަސައްކަތް ފަށާފައިވާއިރު، ބަންޕަރުތައް އަޅަމުންދަނީ ފުލުހުންގެ ދިރާސާތަކުން އެކްސިޑެންޓު ގިނައިން ހިނގާކަމަށް ފާހަގަކުރެވިފައިވާ ސަރަޙައްދުތަކުގައެވެ.