N/A
N/A
ހަބަރު 04 Sep 2023 | 06:56

ހުޅުމާލޭގައި އަލަށް ހިއްކުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި ހުރި އުޅަނދުތައް ނަގަން އެދިއްޖެ!

ހުޅުމާލޭގައި އަލަށް ހިއްކުމަށް ހަމަޖެހިފައިވާ ސަރަހައްދުގެ މަސައްކަތްތައް ފެށުމަށް އެ ސަރަހައްދުގައި ހުރި އުޅަނދުތައް ނެގުމަށް އާބަންކޯއިން އެދިއްޖެ އެވެ.

އާބަންކޯއިން ބުނީ، ހުޅުމާލޭގައި އަލަށް ހިއްކާ ސަރަހައްދު ހިއްކުމުގެ މަސައްކަތްތަކުގެ ތެރެއިން ސައިޓް އޭ ގެ މަސައްކަތްތައް ވީހާވެސް އަވަހަކަށް ފެށުމަށް އެ ސަރަހައްދު ހުސްކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށެވެ.

އެހެންކަމުން، ސައިޓް އޭގައި އަޅާފައިވާ އަމިއްލަ ފަރާތްތަކުގެ އުޅަނދުތައް ވެސް ވީހާވެސް އަވަހަކަށް އެ ސަރަހައްދުން ނެގުމަށް އާބަންކޯއިން އެދިފައިވެއެވެ.

އަދި އެގޮތަށް ނެގޭ އުޅަނދުތައް އެ ސަރަހައްދުގެ ބޭރުގައި އެޅުމުގު ފުރުސަތުވެސް މިހާރު ފަހިކޮށްދީފައިކަން އެ ކޯޕަރޭޝަން އިން ފާހަގަކޮށްފައިވެއެވެ. އަދި އާބަންކޯގައި ރަޖިސްޓްރީކޮށްގެން ކުޑަގިރި ފަޅު އަދި ދިޔަނެރު ފަޅުގައިވެސް އުޅަނދުތައް އެޅުމުގެ އިންތިޒާމްތައް ހަމަޖައްސާފައިވާ ކަމަށް އެ ކޯޕަރޭޝަން އިން ބުނެއެވެ.

އާބަންކޯއިން އިތުރަށް ބުނީ، އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަރައްޤީއަށް ކުރެވޭ މިފަދަ މަސައްކަތްތައް ވީހާވެސް އަވަހަކަށް ނިންމާ، ރައްޔިތުންނަށް އޭގެން ލިބޭނެ ގެއްލުންތައް ވީހާވެސް ކުޑަ ކުރުމަށް ކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އާ ހޮސްޕިޓަލް އަޅާތީ، ވިލިމާލޭ ހޮސްޕިޓަލްގެ ހިދުމަތްތައް އަމާން ހިޔާއަށް ބަދަލުކޮށްފި
15 Oct 2026 ހަބަރު

އާ ހޮސްޕިޓަލް އަޅާތީ، ވިލިމާލޭ ހޮސްޕިޓަލްގެ ހިދުމަތްތައް އަމާން ހިޔާއަށް ބަދަލުކޮށްފި

ކުއްލި ފަރުވާގެ ޚިދުމަތާއި އާންމު ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމުގެ އިންތިޒާމު މިހާރު އެ އިމާރާތުގައި ހަމަޖެހިފައި

ރާއްޖޭގެ ކްރެޑިޓް ރޭޓިންއަށް އައި ކުރިއެރުން އައިއެމްއެފުން ފާހަގަކޮށްފި
15 Oct 2026 ހަބަރު

ރާއްޖޭގެ ކްރެޑިޓް ރޭޓިންއަށް އައި ކުރިއެރުން އައިއެމްއެފުން ފާހަގަކޮށްފި

އައިއެމްއެފްގެ އަހަރީ ބައްދަލުވުމުގެ ހަވާސާގައި، އެ އިދާރާގެ އެގްޒެކެޓިވް ޑިރެކްޓަރު ޑރ. މުޙައްމަދު މާއިތު، ރާއްޖޭގެ މާލީ ވަޒީރު ހަސަން ޒަރީރާ ބައްދަލުކުރައްވައި، ރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ޙާލަތު ހަމަމަގަށް އެޅުވުމަށް ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވާފައިވާކަމަށެވެ. އަދި ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކަށް ތައުރީފްކޮށް އެންމެފަހުން މޫޑީސްއިން ރާއްޖޭގެ ރޭޓިންނަށް އައި ހެޔޮބަދަލު ފާހަގަކުރެއްވިކަމަށް މާލީ ވުޒާރާއިން ބުންޏެވެ.

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނަގައިފި
15 Oct 2026 ހަބަރު

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނަގައިފި

ވުޒާރާއިން ބުނީ ލާމަރުކަޒީ ޤާނޫނުގެ ދަށުން މި ބިންތައް ސަރުކާރުގެ ކަމާބެހޭ ވުޒާރާގެ ބެލުމުގެ ދަށަށް ގެނައުމަށް ނިންމީ، ރައްޔިތުންނަށް ބޭނުންވާ ޢުމްރާނީ ތަރައްޤީގެ މުހިންމު މަޝްރޫޢުތައް ހިންގުމަށާއި އަސާސީ ޚިދުމަތްތައް ހަރުދަނާކަމާއެކު ފޯރުކޮށްދީ ބެލެހެއްޓުމުގެ މަޤްޞަދުގައި ކަމަށެވެ.

ކަނޑުވި މީހުން ސަލާމަތްކުރި ތިން ފުލުހަކަށް ރަން މެޑަލް އަރުވައިފި
15 Oct 2026 ހަބަރު

ކަނޑުވި މީހުން ސަލާމަތްކުރި ތިން ފުލުހަކަށް ރަން މެޑަލް އަރުވައިފި

ކ. ގާފަރު ކައިރިން ބަންޑުންޖެހި ކޮޅުވެއްޓިން ކަނޑުވި އަށް މީހެއްގެ ފުރާނަ ސަލާމަތްކުރި ތިން ފުލުހަކަށް ފުރާނަ ސަލާމަތްކުރުމުގެ ރަން މެޑަލް ކޮމިޝަނަރ އޮފް ޕޮލިސް އަރުވައިފިއެވެ.

އިންޑިއާގެ މަސްބޯޓުތަކާއި މަސްވެރިން މިނިވަންކުރުމުގެ މަސައްކަތް ފަށައިފި
15 Oct 2026 ހަބަރު

އިންޑިއާގެ މަސްބޯޓުތަކާއި މަސްވެރިން މިނިވަންކުރުމުގެ މަސައްކަތް ފަށައިފި

އިންޑިއާގެ ބައެއް މީޑިއާތަކުން ބުނެފައިވަނީ، މިދިޔަ އަންގާރަ ދުވަހުގެ ރޭ ރާއްޖޭގެ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނައި އެޤައުމުގެ ތިން މަސް ބޯޓާއި 26 މަސްވެރިން މިނިވަންކުރުމަށްޓަކައި ދިވެހި ސަރުކާރާ ގުޅިގެން ކުރަންޖެހޭ ޤާނޫނީ މަސައްކަތްތައް ކުރަމުންދާކަމަށެވެ. އެގޮތުން އެމީހުން ދޫކޮށްލުމަށް ކުރަންޖެހޭ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަމިލް ނާޑޫ ސްޓޭޓްގެ ޗީފް މިނިސްޓަރު ވިޖޭ، އެ ގައުމުގެ ހާރިޖީ ވަޒީރު، ޖައިޝަންކަރުގެ ކިބައިން އެދިވަޑައިގެންފައިވާކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައި އޮތް އެލްޖީއޭގެ ބޯޑް އިންތިހާބު މި މަހުގެ 31 ގައި
15 Oct 2026 ހަބަރު

މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައި އޮތް އެލްޖީއޭގެ ބޯޑް އިންތިހާބު މި މަހުގެ 31 ގައި

ވޯޓް ނެގުން އޮންނާނީ އެ ދުވަހުގެ ހެނދުނު 10:00 އިން ހަވީރު 4:00 އަށެވެ.

ބަރު އުޅަނދާއި މުދާ އުފުލާ އުޅަނދު ދުއްވުން މަނާ ގަޑިތަކެއް ކަނޑައަޅައިފި
15 Oct 2026 ހަބަރު

ބަރު އުޅަނދާއި މުދާ އުފުލާ އުޅަނދު ދުއްވުން މަނާ ގަޑިތަކެއް ކަނޑައަޅައިފި

ހެނދުނު 11:30 އިން މެންދުރު 1:30 އަށް، ބޮޑުތަކުރުފާނު މަގު ފިޔަވައި މާލޭގެ އެހެން މަގުތަކުގައާއި ބުރިޖު އަދި ހައިވޭގައި މިފަދަ އުޅަނދުތައް ދުއްވުން ވަނީ މަނާކޮށްފަ އެވެ.

ކުލި ނުދެއްކި ދެ ޔުނިޓް، 15 ދުވަހުގެ ތެރޭ ހުސްކުރަން އަންގައިފި
14 Oct 2026 ހަބަރު

ކުލި ނުދެއްކި ދެ ޔުނިޓް، 15 ދުވަހުގެ ތެރޭ ހުސްކުރަން އަންގައިފި

އަމާން ޓަވަރުތަކުން ދޫކޮށްފައިވާ ދެ އެޕާޓްމަންޓެއްގެ ކުލި ނުދެއްކުމާ ގުޅިގެން އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭ ތަން ހުސްކުރުމަށް އެފްޑީސީން ވަނީ އަންގައިފައެވެ.