އެމްޑީޕީ ހަރުގޭގައި އޮތް ޖަލްސާއެއްގައި ރައީސް ސޯލިހު ވާހަކަދައްކަވަނީ
އެމްޑީޕީ ހަރުގޭގައި އޮތް ޖަލްސާއެއްގައި ރައީސް ސޯލިހު ވާހަކަދައްކަވަނީ
ރިޕޯޓް 05 Jan 2023 | 13:31

ރައީސް ސޯލިހު ރިއެކްޓު ކުރައްވައިފި!

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ވާދަކުރައްވަން ނިކުމެވަޑައިގެން ހުންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އޭނާގެ ކެމްޕޭނު ޓީމުން އެންމެ ހަރު އަޑުން ދައްކަމުންދާ އެއް ވާހަކައަކީ ރައީސް ސޯލިހު ކަންކަމާއި ރިއެކްޓު ނުކުރައްވާ ވާހަކައެވެ.

އެންމެ ގިނަ ފާޑުކިޔުއްތަކެއްވެސް ނަޝީދުގެ ޓީމުން އަމާޒުކުރަމުން ދިޔައީ ރައީސް ސޯލިހު ރިއެކްޓު ނުކުރައްވާތީއެވެ. އަދި އެހެން ނަހައްދަވާ ކަންކަމާއި ރިއެކްޓު ކުރެއްވުމަށް ނަޝީދު ވަނީ ރައީސް ސޯލިހަށް ގޮވާލައްވާފައެވެ.

އެއާއެކު އެމަނިކުފާނު ރޭ އެމްޑީޕީގެ މައި ހަރުގޭގައި ބޭއްވި ޖަލްސާއެއްގައި ވަނީ ރިއެކްޓު ކުރައްވާފައެވެ. ހީކުރިވަރަށްވުރެ އެމަނިކުފާނުގެ ރިއެކްޝަން ރަނގަޅަށެވެ. ރިއެކްޓު ކުރައްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެމަނިކުފާނާއި އިދިކޮޅު ކެންޑީޑޭޓު އަދި އެންމެ ގާތް އެކުވެރިޔާ މުހައްމަދު ނަޝީދަށް އަމާޒުކުރައްވާ ބަހުގެ ހޫނު ހަމަލާތަކެއްވެސް ވަނީ ރައްދުކުރައްވާފަ އެވެ.

5 އަހަރަށް ވެރިކަން ދިނީމަ 2 އަހަރުކޮށްފަ ދުލެއް ނުކުރާނަން!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމްޑީޕީގެ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަން ފެއްޓެވީވެސް އެމަނިކުފާނުގެ ވާދަވެރި ކެންޑިޑޭޓަށް ދެއްވި ވަރުގަދަ ރައްދަކާއެކުގައެވެ.

އެންމެ ފުރަތަމަވެސް ވިދާޅުވީ ފަސް އަހަރަށް އިންތިޚާބު ކުރީމާ ދެ އަހަރު ކޮށްފަ ވެރިކަން ދޫކޮށްލައްވާނެ ބޭފުޅަކަށް އެމަނިކުފާނު ނުވާނެ ވާހަކައެވެ. އަދި ކުރިމަތިވާ ޖޮންޖެހުންތަކާއެކު ދައުރު ފުރިހަމަ ކުރައްވާނެކަމުގެ ޔަގީންކަން ދެއްވިއެވެ.

އެމްޑީޕީ ހަރުގޭގައި އޮތް ޖަލްސާގައި ރައީސް ސޯލިހު ވާހަކަދައްކަވަނީ

"ފަސް އަހަރަށް ހޮވާދެއްވައިފިނަމަ ވެރިކަން ކިރައްވާނީ ފަސް އަހަރަށް، އެއް އަހަރަކަށް ނޫން، ދެ އަހަރަކަށް ނޫން، ތިން އަހަރަކަށްވެސް ނޫން، ފަސް އަހަރަށް"

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ޔަގީނުންވެސް މިއީ ނަޝީދަށް އަމާޒުކުރައްވާ އެއްލި ގާގަނޑެކެވެ. އެއީ ވެރިކަން ނަޝީދުގެ އަތުން ގެއްލިގެން ދިޔަގޮތުގެ ހަނދާންތައް ނަޝީދަށް އާވެގެންދާނެ ވާހަކަތަކެކެވެ. ޔަގީނުންވެސް މިހާތަނަށްވެސް ފަސޭހަނުވެ ހުރި ޒަހަމްތަކުގައި އިތުރަށް އެ ބަސްތަކާއެކު ފާވާން ފަށާނެކަން ޔަގީނެވެ.

އެމްޑީޕީގެ ފުރަތަމަ ވެރިކަން ލިބިވަޑައިގަތީ ނަޝީދަށެވެ. އެހެން ނަމަވެސް ވެރިކަމަށް ވަޑައިގަތްތާ ދެ އަހަރު ބައި ތެރޭގައި އަމިއްލަފުޅަށް އިސްތިއުފާދެއްވީ އޭރު ކުރިމަތިވި ކަންކަމަށް ކެތްކޮށްލަން ނަޝީދަށް ކެރިވަޑައި ނުގަތުމުންކަމަށް ރައީސް ސޯލިހު ވަނީ ސިފަކުރައްވާފައެވެ.

އަދި އެވަރުގެ ގޯހެއް ހައްދަވާނެ ބޭފުޅަކަށް ނުވާނެކަމުގެ ޔަގީންކަން ސޯލިހު ވަނީ ދެއްވާފައެވެ.

މަޝްވަރާ ކުރެވޭނެ އަޅަކަށް ނުވާނަން!

ބުދަ ދުވަހުގެ ރޭ އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާގައި ރައީސް ސޯލިހު ރިއެކްޓު ކުރައްވާ ވިދާޅުވި އެންމެ ވަރުގަދަ ބަސްފުޅަކީ އެއްވެސް މީހެއްގެ އަޅަކަށް ނުވާނެ ވާހަކަފުޅެވެ.

މިއީ ސީދާ ރައީސް ނަޝީދަށް އަމާޒުކުރައްވާ ވިދާޅުވި ވާހަކައެކެވެ. މިއީ ރައީސް ސޯލިހު ވެރިކަމަށް ވަޑައިގަތީ ރައީސް ނަޝީދުގެ ފޮޓޯފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ވެރިކަމަށް ވަޑައިގަތުމާއެކު ނަޝީދު އެއްފަރާތް ކުރުމަކީ ލަދުވެތިކަމެއްކަމަށް ނަޝީދުގެ ކެމްޕޭނު ޓީމުން ދައްކަމުންދާ ވާހަކަތަކަށް ދިން ރައްދެއްކަން އެނގެއެވެ.

އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނަކީ މަޝްވަރާއަށް ލޯބިކުރައްވާ ބޭފުޅެއްކަމަށެވެ. އަދި ދައްކާ ވާހަކަ އަޑުއައްސަވާނެ މީހެއްކަމަށެވެ. އެހެން ނަމަވެސް ދުވަހަކުވެސް މީހެއްގެ އަޅަކަށް ނުވާނެކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.

ރަށްވެހި ފަތިސް ކެމްޕޭނުގައި ދެ ރައީސުން މަޝްވަރާ ކުރައްވަނީ

"އަޅުގަނޑު އެއްވެސް މީހެއްގެ އަޅަކަށް ނުވާނަން. މަޝްވަރާކުރައްވާ. އެންމެންގެ އަޑު އެހިޔަސް ގޮތް ނިންމާނީ އެންމެންނަށް ފައިދާ ވާ ގޮތަށް"

ރައީސް ސޯލިހު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކަންކަމުގައި ލަފާ ދެއްވި ނަމަވެސް އެ މަގަށް ކަންކަން ނުނިންމާވަކަށް ވިދާޅުވެ ނަޝީދު ދަނީ ބޮޑެތި ޝަކުވާތަކެއް އުފުލަމުންނެވެ. ނަޝީދުގެ އެ ވާހަކަތަކަށް ރިއެކްޓު ކުރައްވާ ރޭގެ ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ އެއްވެސް މީހެއްގެ އަޅަކަށް ވެވަޑައިނުގަންނަވާނެ ކަމަށެވެ.

ކަމެއް ނުވާކަމަށް ދައްކާ ވާހަކަތަކަށް ރިއެކްޓު ކުރީ އަދަދުތަކުން!

ސަރުކާރު ސްލޯކަމުގެ ވާހަކައާއި ސަރުކާރަށް އެކަށީގެންވާ މިންވަރަށް މަޝްރޫއުތައް ނުހިންގޭކަމަށް ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހުގެ ވާދަވެރި ކެންޑިޑޭޓް ރައީސް ނަޝީދު ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

ނަޝީދުގެ އެ ވާހަކަތަކަށް ބުދަ ދުވަހުގެ ރޭގެ ޖަލްސާގައި ރައީސް ސޯލިހު ރިއެކްޓު ކުރެއްވިއެވެ. އެމްޑީޕީގެ ދެވެރިކަން އަޅާ ކިޔާލީ ތަފާސް ހިސާބުތަކުގެ އަލީގައެވެ. ރައްދު ދެއްވީ ނަންބަރުތަކުންނެެވެ.

ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނަށް ކަމެއް ކޮށްނުދެވޭކަމަށް ނަޝީދު ވިދާޅުވާއިރު، ނަޝީދުގެ ވެރިކަމުގައި ސޮއި ކުރުނީވެސް ފެނާއި ނަރުދަމާގެ އެންމެ މަޝްރޫއެއްގައިކަމަ ށެވެ.

އެހެން ނަމަވެސް، މި ވެރިކަމުގައި 100 އެތައް ރަށެއްގައި ފެނާ ނަރުދަމާގެ މަސައްކަތް ކުރަމުންދާކަމަށާއި، ދައުރު ނިމުމުގެ ކުރިން ރާއްޖޭގ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ނިންމަވާދެއްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ފުރަތަމަ ވެރިކަން 2008 އިން 2012 އޮތް ސަރުކާރުގައި ހަމައެކަނި ފެނާއި ގުޅުން ހުރި ސޮއިކޮށްފައި އޮތީ އެންމެ ރަށެއްގައި... 2008 އިން 2012 އާއި ދެމެދު ނަރުދަމާއަށް އޮތީ އެންމެ 8 ރަށުގައި ސޮއިކޮށްފަ.. އެކަމަކު 2018 ގައި އުފެދުނު ވެރިކަމުގައި 141 ރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރަމުން"

ރައީސް ސޯލިހު
އައްޑޫ ސިޓީގެ މަގު ހެދުމުގެ މަޝްރޫއު ފެއްޓުމުގެ ރަސްމިއްޔާތުގެ ތެރެއިން 

ކޯލިޝަންގެ ތާއީދު ނަޝީދަށް ނެތްކަން ހަނދާންކޮށްދެއްވި!

ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީ މަގުމަތިވާން ދިމާވާ ސަބަބުތަކާއި ވެރިކަމަށް އާދެވޭ ގޮތްތަކަކީ ބަލާ ދިރާސާ ކުރަން ޖެހޭ ކަމެއްކަމަށެވެ.

އެގޮތުން 2008 ވަނަ އަހަރު އެމްޑީޕީއަށް ވެރިކަމަށް އާދެވުނީ ކޯލިޝަނެއްގެ ތެރެއިންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެ އިންތިޚާބުގައި ރައީސް ނަޝީދު ގިނިކަންޏާއި ނުކުމެވަޑައިގަތުމުން ލިބުނީ އެންމެ 25 އިންސައްތަ ވޯޓުކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

އެފަހުން ވެރިކަން ގެއްލިގެން ދިއުމުން ދެން އައި ރިޔާސީ އިންތިޚާބުގައި އެމްޑީީޕީއަށް ވެރިކަން ގެއްލުނީ ސިޔާސީ ގޮތުން ބައިވެރިވާނެ އެއްވެސް ބައިވަރު ނުލިބުމުންކަން ރައީސް ސޯލިހުވަނީ ހަނދުމަފުޅަށް ގެންނަވާފައެވެ. ކުޑަ ތަފާތަކުން އެ އިންތިޚާބުގައި އެމްޑީޕީ ބަލިވެގެން ދިޔައީ ރައީސް ނަޝީދާއި އެއްގަލަކަށް އަރައިގެން މަސައްކަތް ކުރާނެ ސިޔާސީ އެއްވެސް ޕާޓީއެއް ނެތުމުންކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

އަދި ނިމިދިޔަ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ކުރެވުނީވެސް ހަމަ ކޯލިޝަންއެއްގެ ތެރެއިންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ޕާޓީއެއްގެ ޕްރައިމެރީއަށް ނިކުންނައިރު، ހޮވާ ކެނޑިޑޭޓު ވާން ޖެހޭނީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ކެނޑިޑޭޓަކަށް.. 2008 ގައި ވީ ގޮތް އެނގިއްޖެ، 2013 ގައި ވީ ގޮތް ވެސް އެނގިއްޖެ.. 2018 އަޅުގަނޑުމެން ކާމިޔާބު ކުރިގޮތް އެބައެނގޭ"

ރައީސް ސޯލިހު
ސަރުކާރު ކޯލިޝަންގައި ހިމެނޭ ހުރިހާ ސިޔާސީ ލީޑަރުން ނޫސްވެރިންނާއި ބައްދަލުކުރައްވަނީ 

ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީއަށް ވެރިކަން ދެމެހެއްޓޭނެ ގޮތްތަކާއި ދޭތެރޭގައި ވިސްނަން ޖެހޭކަމަށެވެ. އެމަނިކުފާނާއި ވާދަކުރައްވަން ނިކުމެވަޑައިގެން ހުންނެވި ބޭފުޅާގެ އަތުގައި ހިފައިގެން އެހެން ސިޔާސީ ޕާޓީތަކުން އެމްޑީޕީއަށް ވެރިކަން ހޯދައިދޭން ނުދާނެކަމީ ފެންނަން އޮތް ހަގީގަތެއްގެ ގޮތުގައި ރައީސް ސޯލިހުގެ ވާހަކަފުޅުގައި ސިފަކުރެއްވި އެވެ.

އިންތިޚާބު ކާމިޔާނެ ފޯމިއުލާއާއި ތަޖުރިބާ އެބަހުރިކަމަށް ވިދާޅުވި

އެމްޑީޕީއަށް ވެރިކަން ދެމެހެއްޓޭނެ ގޮތާއި ގުޅޭގޮތުން ޕާޓީގެ ދެ ރައީސުންގެ ޚިޔާލުފުޅު ތަފާތުކަން އެ މައުލޫގައި ދައްކަވާ ވާހަކަތަކުން ސާފެއެވެ.

ނަޝީދު ވިދާޅުވަނީ ރައީސް ސޯލިހު މިހާރު ޕާޓީ ހިންގަވަމުންދަނީ ޕާޓީގެ އަސްލާއި އުސޫލުތަކާއި ޚިލާފަށްކަމަށެވެ. އެކަމާއި ގުޅިގެން އެމްޑިޕީގެ އާންމު މެމްބަރުންގެ ނަފްތަރު ރައީސް ސޯލިހަށް ލިބެމުންދާކަމަށާއި، ނަތީޖާއެއްގެ ގޮތުން އެމްޑީޕީއަށް ރައްޔިތުން ކުރާ އިތުބާރު ގެއްލެމުންދާކަމަށް ނަޝީދު ވިދާޅުވިއެވެ.

އަދި އެމަނިކުފާނު ޕްރައިމަރީއަށް ނިކުމެވަޑައިގެން ހުންނެވީ ނެތެމުންދާ އެމްޑީޕީ ފިކުރު ދިރުވާ، އެ ފިކުރު ކޮޅަށް ޖެއްސެވުމަށްކަމަށް ނަޝީދު ގެންދަވަނީ ވިދާޅުވަމުންނެވެ.

ނަޝީދުގެ އެ ވާހަކަތަކަށް ރައްދުދެއްވާ ރައީސް ސޯލިހު ވިދާޅުވީ އިންތިޚާބުތައް ކާމިޔާބުކުރާނެ ފޯމިއުލާއާއި، ރައްޔިތުންގެ ވޯޓު ހޯއްދަވާނެ އުކުޅުތައް އެމަނިކުފާނަށް އެނގިލައްވާކަމަށެވެ.

އެގޮތުން އެމަނިކުފާނު މިހާތަނަށް 6 އިންތިޚާބު ރައްޔިތުންގެ ވޯޓު ހޯއްދަވައިގެން ކާމިޔާބުކުރައްވާފައިވާކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު ނިކުމެ މި ހުރީ ތަޖުރިބާތަކަކާއެކު. ރައްޔިތުން ކުރިމައްޗަށް ނިކުމެ 6 އިންތިޚާބު އަޅުގަނޑު ކާމިޔާބުކޮށްފިން. ރައްޔިތުންގެ މަޖިލީހުގެ 5 އިންތިޚާބު ކާމިޔާބުކޮށްފިން. ރިޔާސީ 1 އިންތިޚާބު ކާމިޔާބުކޮށްފިން. އިންތިޚާބު ކާމިޔާބު ކުރާނެ ފޯމިއުލާ، ރައްޔިތުންގެ ވޯޓު ހޯދާނެ ގޮތް އަޅުގަނޑަށް ވަރަށް ސާފު"

ރައީސް ސޯލިހު
އެމްޑީޕީގެ ހަރުގޭގައި ރައީސް ސޯލިހު ބޭއްވެވި ޖަލްސާގެ ތެރެއިން 

ނުސީދާކޮށް އެމަނިކުފާނު އެ ވިދާޅުވީ އިންތިޚާބު ކާމިޔާބު ކުރަންވީ ގޮތް ބަޔަކު ވިދާޅުވެ ނުދެއްވި ނަމަވެސް އެކަން ކުރައްވަން އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި އެމަނިކުފާނަކީ އިންތިޚާބުތަކަށް އާ ބޭފުޅެއް ނޫންކަމަށާއި، އިންތިޚާބުތައް ކާމިޔާބު ކުރުމުގެ ޓްރެކް ރިކޯޑެއް އޮތް ބޭފުޅެއްކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިއެކްޓު ނުކުރައްވައިގެން ފާޑުކިޔާ ފަރާތްތަކަށް ހަރުޖެ ޖަލްސާގެ ތެރެއިން ދައްކާލީ ތަފާތު މަންޒަރެކެވެ. މަޑުމަޑުން ހުންނެވިއެއްކަމަކު އެއީ އެޅިހާ ބަޔަކަށް ރިހަ ކިޔައިގެން ހުންނާނެ ބޭފުޅެއް ނޫންކަން އެމަނިކުފާނު ރިއެކްޓު ނުކޮށްގެން ކަންބޮޑުވާ ފަރާތްތަކަށް ޖަލްސާއިން ފެނިގެންދާނެއެވެ.

އެހުރިހާ ވާހަކަތަކަށް ފަހު މަޒާޖީ ގޮތަކަށް ރައީސް ސޯލިހު ދެން ވިދާޅުވީ އެމަނިކުފާނަކީ ހަގީގަތުގައިވެސް ކުއްލި ކުއްލިއަށް ރިއެކްޓު ކުރައްވާ ބޭފުޅެއް ނޫންކަމަށެވެ. އެހެން ނަމަވެސް އެއީ މައްސަލައެއްކަމަށް ދެކިވަޑައިގަންނަވާނަމަ މީގެ ފަހުން "ރެސްޕޯންޑު" ކުރައްވާނެކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

”ޒަޔަނިސްޓުން ގައުމު ހިފަނީ“ ކަމަށްބުނެ އަސާސެއްނެތް ވާހަކަދެއްކުމަކީ އެމްޑީޕީގެ އިތުބާރުގެއްލޭނެ ކަމެއް: ރައީސް ނަޝީދު
01 Nov 2026 ހަބަރު

”ޒަޔަނިސްޓުން ގައުމު ހިފަނީ“ ކަމަށްބުނެ އަސާސެއްނެތް ވާހަކަދެއްކުމަކީ އެމްޑީޕީގެ އިތުބާރުގެއްލޭނެ ކަމެއް: ރައީސް ނަޝީދު

އެމްޑީޕީގެ ފިކުރާއި އަސާސްތަކާ ޚިލާފަށް، އެ ޕާޓީގެ މިހާރުގެ މިސްރާބު ހުރި ގޮތާމެދު ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކަންބޮޑުވުންފާޅުކުރައްވައިފިއެވެ.

ރަސްމާލެ މަޝްރޫޢާ ގުޅިގެން އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވަނީ
27 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢާ ގުޅިގެން އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވަނީ

ޕާޓީގެ 60 އަށް ވުރެ ގިނަ މެންބަރުން އެދިވަޑައިގެންނެވި މި މުހިންމު ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހުގެ ރޭ 20:30 ގައެވެ.

މަޖިލީސް ރައީސްއާއި ވަޒީރުންގެ މުސާރަބޮޑުކުރަން ނިންމި ނިންމުމުގައި ބައިވެރިއެއް ނުވަން؛ ދައުލަތުގެ ޚަރަދަށް 40 މިލިއަން ރުފިޔާ އިތުވާނެ: އެމްޑީޕީ
25 Oct 2026 ހަބަރު

މަޖިލީސް ރައީސްއާއި ވަޒީރުންގެ މުސާރަބޮޑުކުރަން ނިންމި ނިންމުމުގައި ބައިވެރިއެއް ނުވަން؛ ދައުލަތުގެ ޚަރަދަށް 40 މިލިއަން ރުފިޔާ އިތުވާނެ: އެމްޑީޕީ

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ވަޒީރުންގެ މުސާރައާއި ޢިނާޔަތްތައް ބޮޑުކުރުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން ނިންމި ނިންމުން، އެމްޑީޕީ ޕާލަމެންޓަރީ ގްރޫޕުން ކުށްވެރިކޮށްފިއެވެ.

އަލައްބާރަށް ފުރައްސާރަކުރުމުން ގެއްލުންވާނީ ރާއްޖޭގެ އިންވެސްޓްމަންޓްތަކަށް: ރައީސް ނަޝީދު
22 Oct 2026 ހަބަރު

އަލައްބާރަށް ފުރައްސާރަކުރުމުން ގެއްލުންވާނީ ރާއްޖޭގެ އިންވެސްޓްމަންޓްތަކަށް: ރައީސް ނަޝީދު

ރަސްމާލެ ތަރައްގީކުރުމަށް ޔޫއޭއީގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ އީގަލް ހިލްސްއާ ހަވާލުކުރި މައްސަލައިގައި، އެ ކުންފުނީގެ ޗެއާމަން މުހައްމަދު އަލައްބާރަށް އަމާޒުކޮށް ފުރައްސާރަކުރުމަކީ ރާއްޖެއަށް ލިބޭނެ ބޮޑު ގެއްލުމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިނިވަން ވިޔަފާރީގެ ފުރުސަތުތައް އިތުރަށް ހުޅުވައިލުމަށް ހަރުދަނާ އުސޫލުތަކުން ކުރާ ކޮންމެ ކަމަކަށް ތަރުހީބުދޭނަން: އެމްޑީޕީ
15 Oct 2026 ހަބަރު

މިނިވަން ވިޔަފާރީގެ ފުރުސަތުތައް އިތުރަށް ހުޅުވައިލުމަށް ހަރުދަނާ އުސޫލުތަކުން ކުރާ ކޮންމެ ކަމަކަށް ތަރުހީބުދޭނަން: އެމްޑީޕީ

ރާއްޖޭގައި މިނިވަން ވިޔަފާރީގެ ފުރުސަތުތައް ފުޅާކުރުމަށް ހަރުދަނާ އުސޫލުތަކުގެ ތެރެއިން ކުރާ ކޮންމެ ކަމަކަށް ތަރުހީބުދޭ ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ.

ރައީސް ނަޝީދުގެ ކަންބޮޑުވުން: މިހާރު ސްކޫލްތަކުގައި ލަވަ މުބާރާތްތަކާއި އިތުރު ހަރަކާތްތަކެއް ނުބާއްވާ؛ މުޅި ޖީލު ހަލާކުވަނީ
15 Oct 2026 ހަބަރު

ރައީސް ނަޝީދުގެ ކަންބޮޑުވުން: މިހާރު ސްކޫލްތަކުގައި ލަވަ މުބާރާތްތަކާއި އިތުރު ހަރަކާތްތަކެއް ނުބާއްވާ؛ މުޅި ޖީލު ހަލާކުވަނީ

ރާއްޖޭގެ ސްކޫލްތަކުގައި ކުރިއަށްގެންދާ އިތުރު ހަރަކާތްތަކާއި ލަވަ މުބާރާތްތައް ހުއްޓި، ތަޢުލީމީ މުޅި ޖީލެއް ހަލާކުވަމުންދާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.