ކައިޒިން އެމްޑީޕީއަށް! ތާއީދު ރައީސް ޞާލިހަށް!
ދިވެހި ސޯޝަލް މީޑިއާގައި އެންމެ ކުރީގައި އުޅޭ އެންމެ ވަރުގަދަ އެއް އިންފުލެއެންސަރުކަމަށް ބުނާ މޮޑެލް ފާތިމަތު ޒަޔަން، ނުވަތަ އާއްމުކޮށް ކިޔާ ނަމުން ނަމަ ކައިޒީން އެމްޑީޕީއާއި ގުޅި މިއަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޞާލިހަށް ތާއިދު ކުރުމަށް ނިންމައިފިއެވެ.
ކައިޒީން އެމްޑީޕީއާއި ގުޅުމަށް ފަހު އެ ޕާޓީއާއި ގުޅުނު ފޯމު މިއަދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި ހަވާާލުކޮށްފައެވެ.
ރިޔާސީ އިންތިހާބަށް ގަތަރު ދުވަހަށް ވެފައިވާއިރު، ރާއްޖޭގެ އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ މަޝްހޫރު ފަރާތްތައް އަންނަނީ އެކި ކެންޑިޑޭޓުންނަށް ތާއީދު ކުރާކަން ހާމަކުރަމުންނެވެ.
އޭގެ ތެރޭގައި ދީނީ އިލްމުވެރިންނާއި ފިލްމު އިންޑަސްޓްރީގެ ފަރާތްތައް ހިމެނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް