އެމެރިކާގެ ރައީސަކީ އަދިވެސް ޑޮނަލްޑް ޓްރަމްޕު ކަމަށް ބުނެ ވައިޓް ހައުސް އިން ކުރި ޕޯސްޓް.
ފޮޓޯ: ވައިޓްހައުސް
އެމެރިކާގެ ރައީސަކީ އަދިވެސް ޑޮނަލްޑް ޓްރަމްޕު ކަމަށް ބުނެ ވައިޓް ހައުސް އިން ކުރި ޕޯސްޓް. ފޮޓޯ: ވައިޓްހައުސް
ދުނިޔެ 05 Nov 2026 | 03:26

މިޑްޓާމް އިންތިހާބުގެ ބޮޑު ނާކާމިޔާބީއަށްފަހު ވައިޓް ހައުސް؛ އަދިވެސް އެމެރިކާގެ ރައީސަކީ ޓްރަމްޕް

އެމެރިކާގައި ބޭއްވުނު މިޑްޓާމް އިންތިހާބުގައި ވެރިކަންކުރާ ރިޕަބްލިކަން ޕާޓީއަށް ކުރިމަތިވި ބޮޑު ނާކާމިޔާބީއާ ގުޅިގެން، އެ ގައުމުގެ ރައީސަކީ އަދިވެސް ޑޮނަލްޑް ޓްރަމްޕްކަން ހަނދާންކޮށްދީ ވައިޓް ހައުސް އިން ސޯޝަލް މީޑިއާގައި ވަރުގަދަ މެސެޖެއް އާންމުކޮށްފި އެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ދެ ގެ ކަމަށްވާ ސެނެޓާއި ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ހޯދުމަށް ބޭއްވި މި އިންތިހާބުގައި ރައްޔިތުން ވަނީ ބޮޑު އަޣުލަބިއްޔަތަކުން އިދިކޮޅު ޑިމޮކްރެޓްސްއަށް ވޯޓުދީފަ އެވެ. މިއާ އެކު ދެ ގޭގެ ކޮންޓްރޯލް ވެސް ޑިމޮކްރެޓުން ހޯދާފައިވާއިރު، މިއީ ފަހުގެ ތާރީޚެއްގައި ރިޕަބްލިކަން ޕާޓީއަށް ކުރިމަތިވި އެންމެ ބޮޑު އެއް ބައްޔެވެ.

މި ނާކާމިޔާބީގެ އަޑުގަދަވެފައި ވަނިކޮށް، ވައިޓް ހައުސްގެ ރަސްމީ އެކްސް (ކުރީގެ ޓްވިޓާ) އެކައުންޓުން އާންމުކުރި ޕޯސްޓެއްގައި ވަނީ "ޓްރަމްޕަކީ އަދިވެސް ތިޔަބޭފުޅުންގެ ރައީސް" ކަމަށް ބުނެފަ އެވެ. އެ ޕޯސްޓާ އެކު ރައީސްގެ ރަސްމީ ޑެސްކު ކައިރީގައި ޓްރަމްޕް އިންނަވާ ފޮޓޯއެއް ވެސް ވަނީ ހިމަނާފަ އެވެ.

މީގެ އިތުރުން ވައިޓް ހައުސްގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ސްޓީވަން ޗެންގް ވެސް ވަނީ ސޯޝަލް މީޑިއާގައި މި މެސެޖު ތަކުރާރު ކުރައްވާފަ އެވެ. އޭނާ ވިދާޅުވީ ޑޮނަލްޑް ޖޭ ޓްރަމްޕަކީ އެމެރިކާގެ ރައީސް ކަމަށާއި، އަދިވެސް އެ މަގާމުގައި ސާބިތުވެ ހުންނެވީ އެމަނިކުފާނު ކަމަށެވެ.

ނަމަވެސް ވައިޓް ހައުސްގެ މި ޕޯސްޓްތަކަށް އާންމުންނާއި ސިޔާސީ ފަރާތްތަކުގެ ބޮޑެތި ފާޑުކިޔުންތަކާއި މަލާމާތް ވަނީ އަމާޒުވެފަ އެވެ. ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރި ގިނަ ބަޔަކު ބުނެފައި ވަނީ މަޖިލީހުގެ އަޣުލަބިއްޔަތު ގެއްލުމާ ގުޅިގެން ކުރިއަށް އޮތް ދެ އަހަރު ދުވަހު ޓްރަމްޕަކީ އެއްވެސް ބާރެއް ނެތް "ލޭމް ޑަކް" ރައީސެއް ކަމަށެވެ. އަދި މިއީ އެމެރިކާގެ ރައީސަކަށް ތާރީހުގައި ވެސް ކުރިމަތިވި އެންމެ ލަދުވެތި އެއް ބަލިވުން ކަމަށް ވެސް ގިނަ ބަޔަކު ސިފަކޮށްފައިވެ އެވެ.

އިންތިހާބުގެ މި ބޮޑު ނާކާމިޔާބީއާ ގުޅޭގޮތުން ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ، މިއީ ލިބުނު ދެރައެއް ކަމަށް އެމަނިކުފާނު ގަބޫލުނުކުރައްވާ ކަމަށެވެ. އަދި ބަލިވުމުގެ ޒިންމާ އަމިއްލަފުޅަށް ނެންގެވުމުގެ ބަދަލުގައި، ޓްރަމްޕް ވަނީ އިންތިހާބުގައި ވާދަކުރި ކެންޑިޑޭޓުންގެ ނާގާބިލުކަމަށް އިނގިލި ދިއްކުރައްވައި އެ ބޭފުޅުން ކުށްވެރިކުރައްވާފަ އެވެ.

މި މައްސަލައިގައި ރިޕަބްލިކަން ޕާޓީގެ އެތެރޭގައި ވެސް މިހާރު ވަނީ ބޮޑެތި ކޯޅުންތަކެއް އުފެދިފަ އެވެ. ސެނެޓްގެ ރިޕަބްލިކަން އިސް އޮފިޝަލަކު ވިދާޅުވީ މިއީ މުޅި ޕާޓީ ސުންނާފަތިވެގެން ދިޔަ ކަމެއް ކަމަށާއި، މި ބޮޑު ބަލީގެ ފުރިހަމަ ޒިންމާ ޓްރަމްޕް އުފުއްލަވަން ޖެހޭނެ ކަމަށެވެ.

މި ނަތީޖާއާ އެކު އިދިކޮޅު ޑިމޮކްރެޓުން ދަނީ ތާރީހީ ކާމިޔާބީއެއް ފާހަގަކުރަމުންނެވެ. މި ފަހަރުގެ އިންތިހާބަކީ އެމެރިކާގެ ސިޔާސީ މަސްރަހުގައި ގިނަ ހުރަސްތަކެއް ގިރާކުރި އިންތިހާބެކެވެ. އެގޮތުން އެމެރިކާގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ކަޅު ނަސްލުގެ އަންހެން ގަވަރުނަރަކާއި، މުސްލިމް ސެނެޓަރަކު އިންތިޚާބުވުމުގެ އިތުރުން މަޖިލީހުގެ ރައީސްކަމަށް ފުރަތަމަ ފަހަރަށް ކަޅު ނަސްލުގެ ބޭފުޅަކު ވަޑައިގަތުމުގެ ފުރުސަތު މިވަނީ ތަނަވަސްވެފަ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މަސްކްގެ ކުންފުނިތަކުން އެއް ދުވަހުގެ ތެރޭގައި 130 ބިލިއަން ޑޮލަރުގެ ގެއްލުމެއް
05 Nov 2026 ދުނިޔެ

މަސްކްގެ ކުންފުނިތަކުން އެއް ދުވަހުގެ ތެރޭގައި 130 ބިލިއަން ޑޮލަރުގެ ގެއްލުމެއް

އެމެރިކާގެ ކޮންގްރެސްގެ ކޮންޓްރޯލް ޑިމޮކްރެޓިކް ޕާޓީން ހޯދުމުގެ މަގުމަތީގައި، ޓެކްސަސް ސްޓޭޓުން އެ ޕާޓީން ހޯދި ކާމިޔާބީއާ ގުޅިގެން މަހުޖަނު އީލޮން މަސްކްގެ ވިޔަފާރިތަކަށް ބޮޑު ލޮޅުމެއް އަރައި، އޭނާގެ ކުންފުނިތަކުގެ މާކެޓް އަގުން އެއް ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް 130 ބިލިއަން ޑޮލަރު ގެއްލިއްޖެއެވެ.

އެމެރިކާގެ ސަރުކާރު މިޑްޓާމް އިންތިހާބުން ނާކާމިޔާބުވީ އިސްރާއިލާއެކު އޮންނަ ގުޅުމުގެ ސަބަބުން: ޖޭޑީ ވާންސް
05 Nov 2026 ދުނިޔެ

އެމެރިކާގެ ސަރުކާރު މިޑްޓާމް އިންތިހާބުން ނާކާމިޔާބުވީ އިސްރާއިލާއެކު އޮންނަ ގުޅުމުގެ ސަބަބުން: ޖޭޑީ ވާންސް

އޭނާ މިހެން ބުނެފައިވަނީ، އެމެރިކާގައި ބޭއްވި މިޑްޓާމް އިންތިހާބުން އިދިކޮޅު މައި ޕާޓީ "ޑިމޮކްރެޓްސް" އިން މެޖޯރިޓީ ހޯދުމާއި ގުޅިގެން އޭނާ އެކްސްގައި ކުރި ޕޯސްޓަކުންނެވެ. އޭނާ ފާހަގަކުރި ގޮތުގައި، ޕާޓީގެ ޑޭޓާ އެނަލިސްޓުން އަންދާޒާކުރި ގޮތަށް އިންތިހާބުގައި ވޯޓުލާން ނުކުތް މީހުންގެ އަދަދު ރަނގަޅުވި ނަމަވެސް، 2024 ވަނަ އަހަރު ޓްރަމްޕް އަދި ވާންސް އަށް ވޯޓު ދިން ގިނަ އަދަދެއްގެ އާންމުން މިފަހަރު ވަނީ އިދިކޮޅަށް ވޯޓުދީފައެވެ. މީގެ މައިގަނޑު އެއް ސަބަބެއްގެ ގޮތުގައި ވާންސް ފާހަގަކުރީ، އީރާން ހަނގުރާމައާއި އިސްރާއީލާއެކު އޮންނަ ގުޅުމެވެ.

އިސްރާއީލަށް ދޭ އަސްކަރީ އެހީ މިއަހަރު ނިމުމުން ހުއްޓާލާނަން: ޓްރަމްޕް
04 Nov 2026 ދުނިޔެ

އިސްރާއީލަށް ދޭ އަސްކަރީ އެހީ މިއަހަރު ނިމުމުން ހުއްޓާލާނަން: ޓްރަމްޕް

ފޮކްސް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕް ވިދާޅުވީ، މި ނިންމުމަކީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ މަޝްވަރާކުރެއްވުމަށްފަހު، ދެބޭފުޅުން އެއްބަސްވެވަޑައިގެންފައިވާ ގޮތެއް ކަމަށެވެ. ޓްރަމްޕް ސިފަކުރެއްވި ގޮތުގައި އިސްރާއީލަކީ މިހާރު އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ، މުއްސަނދި ގައުމަކަށް ވުމުން، އެމެރިކާގެ ހިލޭ އެހީއަށް އެގައުމު ދެން ބޭނުމެއް ނުވާނެއެވެ.

މިޑްޓާމް އިންތިޚާބު ކާމިޔާބުކޮށް، އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓިކް ޕާޓީއަށް
04 Nov 2026 ދުނިޔެ

މިޑްޓާމް އިންތިޚާބު ކާމިޔާބުކޮށް، އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓިކް ޕާޓީއަށް

އެމެރިކާގައި ބޭއްވުނު 2026 ވަނަ އަހަރުގެ މިޑްޓާމް އިންތިޚާބު ކާމިޔާބުކޮށް، އެ ގައުމުގެ ގާނޫނުހަދާ މަޖިލީހުގެ ތިރިގެ، ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު އިދިކޮޅު ޑިމޮކްރެޓިކް ޕާޓީން އަލުން ހޯދައިފިއެވެ.

ތާރީޚީ ކާމިޔާބީއެއް: އެމެރިކާގެ ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމަކަށް ޢަބްދުލް އަލް-ސައްޔިދު
04 Nov 2026 ދުނިޔެ

ތާރީޚީ ކާމިޔާބީއެއް: އެމެރިކާގެ ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމަކަށް ޢަބްދުލް އަލް-ސައްޔިދު

އެމެރިކާގެ މިޝިގަން ސްޓޭޓުން ވާދަކުރައްވައި، ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ޢަބްދުލް އަލް-ސައްޔިދު އެމެރިކާގެ ސެނެޓުގެ ގޮނޑި ކާމިޔާބު ކުރައްވައި، އެ ގައުމުގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް ބޭފުޅާގެ ޝަރަފު ހޯއްދަވައިފިއެވެ. މި އިންތިޚާބުގައި އޭނާ ވަނީ ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް މައިކް ރޮޖާސްގެ މައްޗަށް ކުރި ހޯއްދަވާފައެވެ.

ޣައްޒާގައި ވޮލަންޓިއަރެއްގެ ގޮތުގައި ޚިދުމަތްކުރެއްވި ޑރ. އާދަމް ޙަމަވީ އެމެރިކާގެ ކޮންގްރެސްގެ ގޮނޑިއެއް ކާމިޔާބު ކުރައްވައިފި
04 Nov 2026 ދުނިޔެ

ޣައްޒާގައި ވޮލަންޓިއަރެއްގެ ގޮތުގައި ޚިދުމަތްކުރެއްވި ޑރ. އާދަމް ޙަމަވީ އެމެރިކާގެ ކޮންގްރެސްގެ ގޮނޑިއެއް ކާމިޔާބު ކުރައްވައިފި

ޣައްޒާގެ ޤަތުލްޢާއްމުގައި ޒަޚަމްވާ މީހުންނަށް ފަރުވާ ދިނުމަށް ވޮލަންޓިއަރެއްގެ ގޮތުގައި ޚިދުމަތް ދެއްވި ޑޮކްޓަރު، ޑރ. އާދަމް ޙަމަވީ، އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ގޮނޑިއެއް ކާމިޔާބު ކުރައްވައި ތާރީޚުގެ ތެރެއިން ޖާގަ ހޯއްދަވައިފިއެވެ.

ޑިމޮކްރެޓުން ކޮންގްރެސް ކާމިޔާބުކޮށްފިނަމަ ހުރިހާ ކަމެއް ވީޓޯ ކުރާނަން؛ އަހަރެންވާނީ މިސްޓަރ ވީޓޯއަށް: ޓްރަމްޕަ
04 Nov 2026 ދުނިޔެ

ޑިމޮކްރެޓުން ކޮންގްރެސް ކާމިޔާބުކޮށްފިނަމަ ހުރިހާ ކަމެއް ވީޓޯ ކުރާނަން؛ އަހަރެންވާނީ މިސްޓަރ ވީޓޯއަށް: ޓްރަމްޕަ

އެމެރިކާގެ ކޮންގްރެސްގެ މެޖޯރިޓީ ޑިމޮކްރެޓިކް ޕާޓީން ހޯދައިފިނަމަ، އެ މީހުން ފާސްކުރާ ބިލްތައް ހުއްޓުވުމަށް ރައީސްގެ "ވީޓޯ" ގެ ބާރު ފުޅާ ދާއިރާއެއްގައި ބޭނުންކޮށް، "މިސްޓަރ ވީޓޯ" އަށް ބަދަލުވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.