މާލޭ ފިހާރައެއްގައި ރޯވެ ހުރިހާ މުދަލަކާއި މުޅި ފިހާރަ އަނދާ ހުލި ވެއްޖެ
މާލޭގެ ފިހާރައެއްގައި ރޯވެ އެއްކޮށް އަނދައި ހުލިވެއްޖެ އެވެ.
އެމްއެންޑީއެފް އިން ބުނީ މި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ރަތްވިލާގޯޅީގައި ހުންނަ "ވެގަ ޕޮއިންޓް" ފިހާރައިގައި ކަމަށެވެ.
މިހާދިސާގެ ރިޕޯޓް ލިބުނީ ރޭ ފަތިހު 4:37 ހާއިރު ކަމަށާ އަދި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވި ކަމުގެ ލިބިފައި ނުވާ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.
މީގެ އިތުރުން އިދާރާއިން ބުނީ، މިހާރު އަލިފާން އެއްކޮށް ނިއްވާލެވިފައިވާ ކަމަށެވެ.

ނަމަވެސް ފިހާރައިގެ ހުރިހާ މުދަލެއް އަނދާފައިވާއިރު، އެ ފިހާރަ ކުރިމަތީގައި ހުރި 15 ވަރަކަށް ސައިކަލްވެސް އަނދާފައިވާ ކަމަށެވެ.
ވެގާ ޕޮއިންޓަކީ ވަރަށް ކުރިއްސުރެ މާލޭގައި ހިންގާ، ވަރަށް ގިނަ މުދާތައް ހުންނަ މަޝްހޫރު ތަނެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް