މާލެއިން މީހަކު ގެއްލިގެން ހޯދަނީ
މާލެއިން މީހަކު ގެއްލިގެން ހޯދަމުން ދާކަމަށް ދިވެހި ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނެފައިވަނީ ކ. މާލެ، މއ. ލެއްގި / ޢަބްދުލްޣައްފާރު ޢަބްދުލްޣަފޫރު (35އ) އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ސެޕްޓެމްބަރ 6 ވަނަ ދުވަހުގެ 19:00 އެހައިކަންހާއިރު ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންދާ ކަމަށެވެ.
މީގެ އިތުރުން ފުލުހުން ބުނެފައިވަނީ އޭނާ އެންމެފަހުން ފެނިފައިވަނީ އޮގަސްޓް 31 ވަނަ ދުވަހުގެ 23:00 އެހައިކަންހާއިރު ކަމަށާއި، އޭރު ލައިގެންހުރީ އަޅިކުލައިގެ ގަމީހަކާއި ކަޅުކުލައިގެ ޖީންސެންކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.
ޢަބްދުލްޣައްފާރު ޢަބްދުލްޣަފޫރުގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ގަލޮޅު ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް