ޕީޕީއެމްގެ ލޯޔަރު އާސިފް އެމްޑީޕީއަށް
އިދިކޮޅު ޕީޕީއެމްގެ އިސްތިއުނާފީ ކޮމިޓީގެ މެމްބަރުގެ ގޮތުގައި ހުންނެވި އަދި ޕީޕީއެމްގެ ލީޑަރު ރައީސް އަބްދުالله ޔާމީންގެ ވަކީލު، އާދަމް އާސިފް ޕީޕީއެމްއިން ވަކިވެ އެމްޑީޕީއާ ގުޅިއްޖެއެވެ.
އާސިފް ވަނީ ޕީޕީއެމް އިން ވަކިވެ، މިއަދު އެމްޑީޕީއަށް ސޮއި ކުރައްވައިފައެވެ. އޭނާގެ މެމްބަޝިޕް ފޯމް ހަވާލު ކުރެއްވީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލްއާއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް ޔާމިނުގެ މައްޗަށް ހިންގަމުންދާ ޝަރީއަތްތަކުގައި ހަރަކާތްތެރިވާ ވަކީލުންގެ ޓީމުގައި ހިމެނޭ އާސިފް މި ފަހުން އައިސް އެ ޕާޓީގެ ހަރަކާތްތަކުގައި ފެނުފައެއް ނުވެއެވެ.
އާސިފް ޕީޕީއެމްއިން ވަކިވި ސީދާ ސަބަބެއް އަދި ސާފެއް ނުވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް