ސްޓެލްކޯއިން ސާވިކަލް ކެންސަރ ސެޝަންއެއް ކުރިއަށް ގެންގޮސްފި
ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ (ސްޓެލްކޯ) އިން ވަނީ އެކުންފުނީގެ އަންހެން މުވައްޒަފުންނަށް ހާއްސަކޮށްގެން ސާވިކަލް ކެންސަރަށް އަހުލުވެރި ކުރުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފައެވެ.
އެގޮތުން އިއްޔެ ކުރިއަށް ގެންދިޔަ މި ސެޝަންގައި ސާވިކަލް ކެންސަރަށް އަހުލުވެރިކުރުމާއި، އެއާއި ގުޅުންހުރި މައުލޫމާތު މި މުވައްޒަފުންނަށް ފޯރުކޮށްދީފައިވެއެވެ.
ރާއްޖޭގައި އެންމެ އާންމުކޮށް ފެންނަ ކެންސަރުގެ ބާވަތަކީ ރަހިމުގެ ކެންސަރު ކަމަށްވާއިރު މިކަހަލަ މައުލޫމާތު ސެޝަންތައް ބާއްވާ، އަންހެނުން މިކަންކަމަށް ހޭލުންތެރިކޮށް އޮޅުންފިލުވާ ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް