އިންތިޚާބާއި ގުޅޭ މައްސަލަތަކާއި ގުޅިގެން 6 މީހަކު ހައްޔަރުކުރި: ފުލުހުން
އިންތިޚާބާއި ގުޅޭ މައްސަލަތަކާއި ގުޅިގެން މިހާތަނަށް 6 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދްމަތުން ބުނެފިއެވެ.
އިންތިޚާބަށް ޚާއްސަ ކޮށްގެން ފުލުހުން ހިންގާ ބްލޫ ވޭވްސް އިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އިންތިޚާބާއި ގުޅޭ އެކި މައްސަލަތަކާއި ގުޅިގެން 6 މީހަކު ހައްޔަރު ކޮށްފައިވާއިރު އޭގެތެރެއިން ދެމީހަކު އަދިވެސް ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
އިންތިޚާބުގެ ވޯޓްލުން ހެނދުނު އަށެއް ޖެހިއިރު ފެށުނު އިރު މިއަދުގެ 1:00 އާއި ހަމައަށް 135422 މީހުން ވަނީ ވޯޓް ލައިފައެވެ.
ވޯޓުލާ މީހުންގެ މެދުގައި ހަމަނުޖެހުން ތަކެއް އުފެދި އއ ރަސްދޫގެ ވޯޓު ފޮށި ވަނީ ބަންދުކޮށްފައެވެ. އަދި އެވޯޓު ފޮށި ހުޅުވޭނެ އިރެއް ނޭނގޭ ކަމަށް އެރަށުން "ވޮއިސް"އަށް މަޢުލޫމާތު ދެއްވި ފަރާތުން ވަނީ ބުނެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް