އިނގުރައިދޫގައި ކުރިއަށްދިޔަ އެފްއޭއެމް ގްރާސްރޫޓް ޑީ ކޯޗިން ކޯހުގެ ނިންމުން ފާހަގަކުރުމުގެ ތެރެއިން...
އިނގުރައިދޫގައި ކުރިއަށްދިޔަ އެފްއޭއެމް ގްރާސްރޫޓް ޑީ ކޯޗިން ކޯހުގެ ނިންމުން ފާހަގަކުރުމުގެ ތެރެއިން...
ކުޅިވަރު 25 Sep 2025 | 12:22

އިނގުރައިދޫގައި ކުރިއަށް ގެންދިޔަ އެފްއޭއެމް ގްރާސްރޫޓް ޑީ ކޯޗިން ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފި

ރ.އިނގުރައިދޫ ރެދަން ސްޕޯޓްސް ކްލަބާއި، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ކުރިއަށްދިޔަ އެފްއޭއެމް ގްރާސްރޫޓް ސަރޓިފިކެޓް ފުޓްބޯޅަ ކޯޗިންގ ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

އިނގުރައިދޫގައި މި ކޯސް ކުރިއަށްގެންގޮސްފައިވަނީ ރ އަތޮޅުގެ ރަށްތަކަށްވެސް ހުޅުވާލައިގެންނެވެ. އެގޮތުން މި ކޯހުގައި އިނގުރައިދޫގެ އިތުރުން ހުޅުދުއްފާރު, އިންނަމާދޫ, ފައިނު, އަދި ކިނޮޅަހުން ބައިވެރިވިއެވެ. ރެދަން ސްޕޯޓްސްއިން ބުނީ މި ކޯހުގައި ޖުމްލަ 26 މީހަކު ބައިވެރިވެފައިވާކަމަށެވެ.

ކޯސް ނިންމުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން..

މި ކޯސް ކުރިއަށް ގެންގޮސްފައިވަނީ، ސެޕްޓެމްބަރުމަހުގެ 18 ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށެވެ. ކޯހުގައި ކިޔަވައިދެއްވީ އެފްއޭއެމްގެ އިސްޓްރަކްޓަރެއްކަމަށްވާ އަހްމަދު ޝަރީފް (ޑުންގާ) އެވެ. ކޯސް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރ.އަތޮޅު ކައުންސިލް އިދާރާގެ ރައީސް ހުސައިން ނާސިފެވެ.

ކޯސް ނިންމުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން..

ކޯސް ހިންގުމުގައި އިނގުރައިދޫ ކައުންސިލް އިދާރާ, ވޮއިސް އެމްވީ, ޖެޓީ ކެފޭ، އަދި ބައިވެެރިންގެ ޖާރޒީ ކިޓް ސްޕޮންސަރ ކުރި އިރާ ގާރމެންޓްސްގެ ވަރަށްބޮޑު އެހީތެރިކަން ލިބިފައިވާކަމަށް ރެދަން ސްޕޯޓްސްއިން ފާހަގަކުރެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އަލަވޭސް ބަލިކޮށް، ބާސެލޯނާ ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
02 Nov 2026 ކުޅިވަރު

އަލަވޭސް ބަލިކޮށް، ބާސެލޯނާ ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

ބާސެލޯނާގެ ދަނޑުގައި ކުޅުނު މިމެޗް އަލަވޭސްގެ މައްޗަށް އެޓީމް ކުރި ހޯދީ 6-1 ގެ ނަތީޖާއިންނެވެ. ބާސާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ކުރީކޮޅު ރަފީނިއާގެ ލަނޑުން ބާސެލޯނާ ލީޑު ނެގިއިރު، މުޅި މެޗު ކޮންޓްރޯލް ކުރީ އެ ޓީމުންނެވެ.

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި
31 Oct 2026 ކުޅިވަރު

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި

މީގެ ކުރިންވެސް ކުރި ކޭމްޕް ދަތުރުގައިވެސް ފަލަސްތީނުން ވަނީ ރާއްޖެއާ ދެކޮޅަށް މެޗެއް ކުޅެފައެވެ. އެމެޗް ފަލަސްތީނުން ކާމިޔާބުކުރީ 6-0 ގެ ނަތީޖާއިންނެވެ.

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް
27 Oct 2026 ކުޅިވަރު

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް

ފަލަސްތީނުގެ ޓީމްގެ މި ދަތުރުގެ ތެރެއިން ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މި މެޗުތައް އޮންނާނީ މި މަހުގެ 30 ވަނަ ދުވަހާއި، އަންނަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު މާލޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.

މިފަހަރުގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުން އިނގުރައިދޫއަށް ރަން ވަނަތަކެއް
25 Oct 2026 ހަބަރު

މިފަހަރުގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުން އިނގުރައިދޫއަށް ރަން ވަނަތަކެއް

ކިއްސަރު ވަޑާމާއި ތެދުއި ވަޑާމަށް މަޝްހޫރު އިނގުރައިދޫއިން މިފަހަރުގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އެރަށަށް ނިސްބަތްވާ 3 މީހަކު ބައިވެރިވިއެވެ. އެ ތިން މީހުންވެސް ވަނީ މައުރަޒުން ރަން ވަނަތަކެއް ހޯދާފައެވެ.

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ
24 Oct 2026 ކުޅިވަރު

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ

މި ތަމްރީނު ކޭމްޕްގައި ފަލަސްތީނު ޓީމު ގާއިމުވެ ތިބުމަށް ހަމަޖެހިފައިވަނީ ކ. ގުރައިދޫގައެވެ.

ފީފާ ފެސްޓިވަލްގައި ޒުވާން ޓީމް މިއަދު ނިކުންނާނީ ދެކުނު އެފްރިކާ އާ ދެކޮޅަށްެ
24 Oct 2026 ކުޅިވަރު

ފީފާ ފެސްޓިވަލްގައި ޒުވާން ޓީމް މިއަދު ނިކުންނާނީ ދެކުނު އެފްރިކާ އާ ދެކޮޅަށްެ

މިއީ މި ފެސްޓިވަލްގައި ރާއްޖެ ވާދަކުރާ ފުރަތަމަ މެޗެވެ. މި ފެސްޓިވަލްގައި ދެކުނު އެފްރިކާގެ އިތުރުން ރާއްޖެ ހިމެނޭ ގްރޫޕްގައި ވަރުގަދަ ޓީމްތައް ހިމެނެއެވެ. އޭގެ ތެރޭގައި ފްރާންސް، އެސްޓޯނިއާ އަދި ކޮސޯވޯ ހިމެނެއެވެ.

ޓީސީ އާ މާޒިޔާ ބައްދަލުކުރިމެޗް މާޒިޔާއަށް
15 Oct 2026 ކުޅިވަރު

ޓީސީ އާ މާޒިޔާ ބައްދަލުކުރިމެޗް މާޒިޔާއަށް

ދިރާގް ދިވެހި ޕްރިމިއާލީގްގައި މިއަދު ހަވީރު ޓީސީ ސްޕޯޓްސް ކްލަބާއި މާޒިޔާ ބައްދަލުކުރިމެޗް ފަސޭހަކަމާއެކު މާޒުޔާ ކާމިޔާބުކޮށްފިއެވެ.