އެމްއެންޑީއެފްގެ ކާރެއް ފުރޮޅާލައިފި
ހުޅުލޭގައި ހުންނަ އެމްއެންޑީއެފްގެ މަރުކަޒަށް ދިޔަ ކާރެއް މިއަދު ފުރޮޅާލައިފިއެވެ.
މިއަދު ހެނދުނުގެ ވަގުތެއްގައި ހިނގި މި ހަދިސާގައި، ފޮރޮޅާލި ކާރު ދަތުރު ކުރަމުން ދިޔައީ މާލެ އާއި ހުޅުމާލެއާ ދެމެދު ދަތުރު ކުރާ ހަލި މަގުގެ އަރިމަތީގައި އޮންނަ މަގުގައެވެ.
އެމްއެންޑީއެފް އިން ބުނީ، އެ ކާރު ފުރޮޅާލީ ވިއްސާރަވުމުގެ ސަބަބުން ކަހާލައިގެން ކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
މީގެ އިތުރުން އެ އެކްސިޑެންޓުގައި ފުރޮޅާލި ކާރު އިތުރު އެއްވެސް ވެހިކަލެއްގައި ޖެހިފައެއް ނުވާ ކަމަށްވެސް އެ އިދާރާއިން މައުލޫމާތު ދެއެވެ.
ނަމަވެސް، އެ ސަރަހައްދުގައި ޖަހާފައި ހުރި ފެންސަކަށް ވަނީ ގެއްލުން ލިބިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް