ޝައިޚް ޢަބްދުﷲ ޝަފީޢު
ޝައިޚް ޢަބްދުﷲ ޝަފީޢު
ހަބަރު 11 Sep 2023 | 12:39

ދިވެހިރާއްޖެއަކީ މުސްތަޤިއްލު ޤައުމެއްތޯ މިހާރު ސުވާލު އުފެދޭ: ޝައިޚް ޝަފީޢު

މިހާރު ދިވެހި ރާއްޖެއަކީ މުސްތަޤިއްލު ޤައުމެއްތޯ ސުވާލު އުފެދޭ ކަމަށް ޝައިޚް ޝަފީޢު ޢަބްދުالله ވިދާޅުވެއްޖެއެވެ.

ޝައިޚް ޝަފީޢު މިހެން ވިދާޅުވެފައިވަނީ ޝައިޚް ކުރައްވައިފައިވާ ޓްވީޓެއްގައެވެ.

ޝަފީޢު ވިދާޅުވެފައިވަނީ ދިވެހިރާއްޖެއާއި އެކު ޒަމާންވީ ވަރަށް ގާތް ޚާރިޖީ ގުޅުން ދަމަހައްޓަމުންދާ އެތަކެއް ޤައުމެއްގެ އެމްބަސީތަކާއި އެމްބަސިޑަރުން މާލޭގައި އެބަ ތިއްބެވި ކަމަށެވެ. އެހަނަސް އެއް ޤައުމު ފިޔަވާ އެހެން އެއްވެސް ޤައުމެއްގެ އެމްބަސީން ދިވެހިރާއްޖޭގެ ދާޚިލީކަންކަމުގެ ތެރެޔަކަށް ދުވަހަކު ވެސް މި ގޮތަށް ވަދެފައި ނުވާކަމަށްވެސް ބުނެފައިވެއެވެ.

" މިހާރު ދިވެހިރާއްޖެއަކީ މިނިވަން މުސްތަޤިއްލު ދައުލަތެއްތޯއޭ ވެސް ސުވާލު އުފެދޭ ހިސާބަށް ކަންކަން ވަނީ ގޮސްފައި"  ޝައިޚް ޝަފީޢު ވިދާޅުވެފައިވެއެވެ.

ޝެއިޚް ވިދާޅުވީ މިއީ ދިވެހީން ބަލައިގަންނާން ޖެހޭ ކަންކަމެއް ނޫން ކަމަށާއި މިއީ ދިވެހީން ނޫނެކޭ ބުނާން ޖެހޭ ކަންކަމަށެވެ. މިހާރު މި އޮތް ސަރުކާރާއި ސިޔާސީ ލީޑަރުންނަށް މި ކަން ވިސްނޭންވެއްޖެކަމަށް ޝައިޚް ޝަފީޢު ވިދާޅުވިއެވެ.

މީގެ އިތުރަށް ޝައިޚް ވިދާޅުވެފައިވަނީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ނަތީޖާއިން ދައްކަނީ ދިވެހީންނަކީ އެއްވެސް ޤައުމެއްގެ އަޅުވެތިކަމަށް ދާން ބޭނުންވާ ބައެއް ނޫން ކަން ކަމަށާއި، ދިވެހީންނަކީ މިނިވަންކަމަށް ލޯބިކުރާ، ޤައުމު ދެކެ ލޯބިވާ، ޤައުމުގެ ކަރާމަތާއި ޢިއްޒަތަށް ނުހަނު އިޙްތިރާމުކުރާ ބައެއް ކަމެއް ކަމަށް ޝައިޚް ޝަފީޢު ވިދާޅުވިއެވެ.

ޝަފީޢު މިހެން ވިދާޅުވެފައިވަނީ ސަރުކާރުގެ އިސްވެރިން ތަކެއް އިންޑިޔާގެ ސަފީރާއި ބައްދަލުކުރެއްވި ކަމަށް އަޑުފެތުރެމުން ދަނިކޮށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ވެމްކޯއަށް 2022 ވަނަ އަހަރު އެކަނިވެސް 127.9 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބުނު: އޮޑިޓް
15 Oct 2026 ހަބަރު

ވެމްކޯއަށް 2022 ވަނަ އަހަރު އެކަނިވެސް 127.9 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބުނު: އޮޑިޓް

އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ އެ ކުންފުނީގެ މާލީ ބަޔާންތަކުގެ އޮޑިޓް ރިޕޯޓަށް ބަލާއިރު، 2021 ވަނަ އަހަރުވެސް ވެމްކޯއަށް ވަނީ 82 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުން ވެފައެވެ.

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާ ލިބޭނެ ގޮތް ހަދަނީ
15 Oct 2026 ހަބަރު

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާ ލިބޭނެ ގޮތް ހަދަނީ

އެމަނިކުފާނު މިހެން ވިދާޅުވީ "ރައްޔިތުންގެ އަޑު" ސިލްސިލާގެ 10 ވަނަ ޕްރަގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އާ ހޮސްޕިޓަލް އަޅާތީ، ވިލިމާލޭ ހޮސްޕިޓަލްގެ ހިދުމަތްތައް އަމާން ހިޔާއަށް ބަދަލުކޮށްފި
15 Oct 2026 ހަބަރު

އާ ހޮސްޕިޓަލް އަޅާތީ، ވިލިމާލޭ ހޮސްޕިޓަލްގެ ހިދުމަތްތައް އަމާން ހިޔާއަށް ބަދަލުކޮށްފި

ކުއްލި ފަރުވާގެ ޚިދުމަތާއި އާންމު ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމުގެ އިންތިޒާމު މިހާރު އެ އިމާރާތުގައި ހަމަޖެހިފައި

ރާއްޖޭގެ ކްރެޑިޓް ރޭޓިންއަށް އައި ކުރިއެރުން އައިއެމްއެފުން ފާހަގަކޮށްފި
15 Oct 2026 ހަބަރު

ރާއްޖޭގެ ކްރެޑިޓް ރޭޓިންއަށް އައި ކުރިއެރުން އައިއެމްއެފުން ފާހަގަކޮށްފި

އައިއެމްއެފްގެ އަހަރީ ބައްދަލުވުމުގެ ހަވާސާގައި، އެ އިދާރާގެ އެގްޒެކެޓިވް ޑިރެކްޓަރު ޑރ. މުޙައްމަދު މާއިތު، ރާއްޖޭގެ މާލީ ވަޒީރު ހަސަން ޒަރީރާ ބައްދަލުކުރައްވައި، ރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ޙާލަތު ހަމަމަގަށް އެޅުވުމަށް ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވާފައިވާކަމަށެވެ. އަދި ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކަށް ތައުރީފްކޮށް އެންމެފަހުން މޫޑީސްއިން ރާއްޖޭގެ ރޭޓިންނަށް އައި ހެޔޮބަދަލު ފާހަގަކުރެއްވިކަމަށް މާލީ ވުޒާރާއިން ބުންޏެވެ.

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނަގައިފި
15 Oct 2026 ހަބަރު

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނަގައިފި

ވުޒާރާއިން ބުނީ ލާމަރުކަޒީ ޤާނޫނުގެ ދަށުން މި ބިންތައް ސަރުކާރުގެ ކަމާބެހޭ ވުޒާރާގެ ބެލުމުގެ ދަށަށް ގެނައުމަށް ނިންމީ، ރައްޔިތުންނަށް ބޭނުންވާ ޢުމްރާނީ ތަރައްޤީގެ މުހިންމު މަޝްރޫޢުތައް ހިންގުމަށާއި އަސާސީ ޚިދުމަތްތައް ހަރުދަނާކަމާއެކު ފޯރުކޮށްދީ ބެލެހެއްޓުމުގެ މަޤްޞަދުގައި ކަމަށެވެ.

ކަނޑުވި މީހުން ސަލާމަތްކުރި ތިން ފުލުހަކަށް ރަން މެޑަލް އަރުވައިފި
15 Oct 2026 ހަބަރު

ކަނޑުވި މީހުން ސަލާމަތްކުރި ތިން ފުލުހަކަށް ރަން މެޑަލް އަރުވައިފި

ކ. ގާފަރު ކައިރިން ބަންޑުންޖެހި ކޮޅުވެއްޓިން ކަނޑުވި އަށް މީހެއްގެ ފުރާނަ ސަލާމަތްކުރި ތިން ފުލުހަކަށް ފުރާނަ ސަލާމަތްކުރުމުގެ ރަން މެޑަލް ކޮމިޝަނަރ އޮފް ޕޮލިސް އަރުވައިފިއެވެ.

އިންޑިއާގެ މަސްބޯޓުތަކާއި މަސްވެރިން މިނިވަންކުރުމުގެ މަސައްކަތް ފަށައިފި
15 Oct 2026 ހަބަރު

އިންޑިއާގެ މަސްބޯޓުތަކާއި މަސްވެރިން މިނިވަންކުރުމުގެ މަސައްކަތް ފަށައިފި

އިންޑިއާގެ ބައެއް މީޑިއާތަކުން ބުނެފައިވަނީ، މިދިޔަ އަންގާރަ ދުވަހުގެ ރޭ ރާއްޖޭގެ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނައި އެޤައުމުގެ ތިން މަސް ބޯޓާއި 26 މަސްވެރިން މިނިވަންކުރުމަށްޓަކައި ދިވެހި ސަރުކާރާ ގުޅިގެން ކުރަންޖެހޭ ޤާނޫނީ މަސައްކަތްތައް ކުރަމުންދާކަމަށެވެ. އެގޮތުން އެމީހުން ދޫކޮށްލުމަށް ކުރަންޖެހޭ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަމިލް ނާޑޫ ސްޓޭޓްގެ ޗީފް މިނިސްޓަރު ވިޖޭ، އެ ގައުމުގެ ހާރިޖީ ވަޒީރު، ޖައިޝަންކަރުގެ ކިބައިން އެދިވަޑައިގެންފައިވާކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

ޚާރިޖީ ސިޔާސަތުގައި އިންޑިޔާ އެންމެ އިސްކުރަންޖެހޭ؛ އެއީ ދިވެހިންނަށް ދެވޭ ނިކަމެތި ކަމެއްނޫން: ރައީސް ނަޝީދު
02 Oct 2026 ހަބަރު

ޚާރިޖީ ސިޔާސަތުގައި އިންޑިޔާ އެންމެ އިސްކުރަންޖެހޭ؛ އެއީ ދިވެހިންނަށް ދެވޭ ނިކަމެތި ކަމެއްނޫން: ރައީސް ނަޝީދު

ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަންކުރުމުގައި އަވަށްޓެރި އިންޑިއާއަށް އެންމެ އިސްކަންދޭން ޖެހޭ ކަމަށާއި، އެއީ ދިވެހިންނަށް ދެވޭ އެއްވެސް ނިކަމެތިކަމެއް ނޫން ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެ...