މާލޭގައި ހުންނަ ޕޫމާ ފިހާރައެއް
މާލޭގައި ހުންނަ ޕޫމާ ފިހާރައެއް
ވިޔަފާރި 12 Apr 2023 | 11:11

ބޮއިކޮޓް ޕޫމާ ކެމްޕޭނާއި ފަލަސްތީނާ ހުރީ ކޮން ގުޅުމެއް؟

ކުޅިވަރު ސާމާނު އުފައްދާ ކުންފުންޏެއް ކަމުގައިވާ "ޕޫމާ" އާ ދެކޮޅަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަށާފައިވާ ކެމްޕޭން ވަރުގަދަ ކޮށްފިއެވެ.

"ބޮއިކޮޓް ޕޫމާ" ގެ ނަމުގައި މި ކެމްޕޭން ކުރިއަށްގެންދާ އެކްޓިވިސްޓުން ބުނާ ގޮތުގައި، ފަލަސްތީނުގެ ބިން އިސްރާއީލުން ފޭރިގަތުމަށް ޕޫމާއިން ވާގިވެރިވެ އެއްބާރުލުން ދެއެވެ. އަދި އެއީ އިންސާނީ ހައްގުތަކާއި ބައިނަލްއަގުވާމީ ގާނޫނު މުގުރާލުން ކަމުގައި އެކްޓިވިސްޓުން ބުނެއެވެ.

ޕޫމާ އަކީ އިސްރާއީލް ފުޓްބޯލް އެސޯސިއޭޝަން (އައިއެފްއޭ) އެ އެއް ސްޕޮންސަރެވެ. އެ ސްޕޮންސަރޝިޕްގައި، ގާނޫނާ ހިލާފަށް ފަލަސްތީނުގެ ބިމުގައި ވަޒަންވެރިވެފައިވާ އިސްރާއީލުގެ ފުޓްބޯޅަ ޓީމު ހިމެނެއެވެ.

އިސްރާއީލު ފަދަ، އެހެން ގައުމެއްގެ ބިން ހިފައި، އެ ތަންތަނުގައި އުޅޭ ފުޓްބޯޅަ ޓީމާމެދު ފިޔަވަޅު އެޅުމަށް ހިއުމަން ރައިޓްސް ވޮޗް (އެޗްއާރްޑަބްލިޔު)އިން ވަނީ ފީފާގައި އެދިފައެވެ.

ހިއުމަން ރައިޓްސް ބޮޑީއިން ބުނެފައިވާ ގޮތުގައި އިސްރާއީލް ފުޓްބޯޅަ ޓީމުން އެމީހުންގެ 'ހޯމް ގޭމް' ކުޅެނީ ގާނޫނާ ހިލާފަށް ހިފާފައިވާ ފަލަސްތީނުގެ ބިމުގައި ކަމަށާއި އެތަނަކީ ފަލަސްތީނު މީހުންނަށް ކުޅުން މަނާ، ކޯޗު ކޮށްދިނުން މަނާ، އަދި ބަލައިލުމަށް ދިއުން ވެސް މަނާ ތަނެއް ކަމަށެވެ.

އިސްރާއީލް ފުޓްބޯޅަ ޓީމާއެކު ޕޫމާއިން އެއްބަސްވުމުގައި ސޮއިކުރީ 2018 ވަނަ އަހަރުއެވެ. ހަތަރު އަހަރުގެ، މިލިއަން ޑޮލަރުގެ މި އެއްބަސްވުމުގެ ދަށުން އިސްރާއީލް ފުޓްބޯޅަ ޓީމުތަކުގެ އޮފިޝަލް ކިޓް ޕާޓްނަރަކީ ޕިއުމާއެވެ.

އެކްޓިވިސްޓުން ބުނާ ގޮތުގައި، އިސްރާއީލުން ފޭރިގަނެފައިވާ ފަލަސްތީނު ބިންތަކުގައި ޕިއުމާގެ އެހީތެރިކަމާއި ސްޕޮންސަޝިޕްގެ ދަށުން ފަލަސްތީނު ޓީމުމަތަށް ފުޓުބޯޅަ ދަނޑުތައް ހަދާފައިވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި
31 Oct 2026 ކުޅިވަރު

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި

މީގެ ކުރިންވެސް ކުރި ކޭމްޕް ދަތުރުގައިވެސް ފަލަސްތީނުން ވަނީ ރާއްޖެއާ ދެކޮޅަށް މެޗެއް ކުޅެފައެވެ. އެމެޗް ފަލަސްތީނުން ކާމިޔާބުކުރީ 6-0 ގެ ނަތީޖާއިންނެވެ.

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް
27 Oct 2026 ކުޅިވަރު

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް

ފަލަސްތީނުގެ ޓީމްގެ މި ދަތުރުގެ ތެރެއިން ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މި މެޗުތައް އޮންނާނީ މި މަހުގެ 30 ވަނަ ދުވަހާއި، އަންނަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު މާލޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.

އިޒްރޭލާ ހެދި ފަލަސްޠީނު ދަރިވަރުންގެ ތަޢުލީމީ ހައްޤަށް ބޮޑެތި ހުރަސްތަކެއް
27 Oct 2026 ދުނިޔެ

އިޒްރޭލާ ހެދި ފަލަސްޠީނު ދަރިވަރުންގެ ތަޢުލީމީ ހައްޤަށް ބޮޑެތި ހުރަސްތަކެއް

އެ ޖަމިއްޔާއިން ބުނީ ހުޅަނގު އައްސޭރީގައި ދިރިއުޅޭ އެތައް ހާސް ކުޑަކުދިންނަށް ތަޢުލީމު ޙާޞިލުކުރުމުގެ ޙައްޤުން މަޙްރޫމުވެ، ސްކޫލަށް ދިއުމަކީ ނުރައްކާތެރި ކަމަކަށް ވެފައިވާ ކަމަށެވެ

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ
24 Oct 2026 ކުޅިވަރު

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ

މި ތަމްރީނު ކޭމްޕްގައި ފަލަސްތީނު ޓީމު ގާއިމުވެ ތިބުމަށް ހަމަޖެހިފައިވަނީ ކ. ގުރައިދޫގައެވެ.

އިސްރާއީލުގެ ޤަތުލުއާންމު؛ ގައްޒާގައި ޝަހީދުވި މީހުންގެ އަދަދު 74،494 އަށް
21 Oct 2026 ދުނިޔެ

އިސްރާއީލުގެ ޤަތުލުއާންމު؛ ގައްޒާގައި ޝަހީދުވި މީހުންގެ އަދަދު 74،494 އަށް

އެ މިނިސްޓްރީން ހާމަކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން މިހާތަނަށް އިސްރާއީލުގެ ހަމަލާތަކުގައި 175،604 މީހަކަށް އަނިޔާވެފައިވެއެވެ.

އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް އިޒްރޭލުގެ ކުޅުންތެރިއަކު ކުޅުޖެހި މައްސަލަ ޔުއެފާއިން ބަލަން ފަށައިފި
07 Oct 2026 ކުޅިވަރު

އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް އިޒްރޭލުގެ ކުޅުންތެރިއަކު ކުޅުޖެހި މައްސަލަ ޔުއެފާއިން ބަލަން ފަށައިފި

ޔޫއެފާ ނޭޝަންސް ލީގުގައި ރިޕަބްލިކް އޮފް އަޔަލެންޑާއި އިޒްރޭލު ބައްދަލުކުރި މެޗުގެ ހާފްޓައިމްގައި، އިޒްރޭލުގެ ކުޅުންތެރިއަކު އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް ކުޅުޖެހި ކަމަށް ބުނާ މައްސަލައެއް ޔޫރަޕ...