ކެމްޕޭނު ހަރަކާތްތެރިންނާއި އެކު ރައީސް ޞާލިޙްގެ ބައްދަލުވުމެއް މިރޭ
އެމްޑީޕީ ކޯލިޝަންގެ ކެމްޕޭނު ހަރަކާތްތެރިންނާއި މިރޭ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ބައްދަލުކުރެއްވުމަށް ހަމަޖެހިއްޖެއެވެ.
އެމްޑީޕީ އިން ބުނެފައިވަނީ ކެމްޕޭން ހަރަކާތްތެރިންނާއިއެކު ރައީސް ޞާލިޙްގެ ހާއްސަ ބައްދަލުވުމެއް މިރޭ ދަނޑިކޮށި ޖަގަހައިގައި އޮންނާނެ ކަމަށެވެ. މިބައްދަލުވުން ފެށުމަށް ހަމަޖެހިފައިވަނީ މިރޭގެ 9:30 ގައެވެ.
އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރުމަށް ހަމަޖެހިފައިވާ ރައީސް ޞާލިޙާއި ޑރ މުޢިއްޒު ދަނީ އިންތިޚާބުގައި ވާދަކުރެއްވި އެހެން ކެންޑިޑޭޓުންނާއި ކޯލިޝަން ހެއްދެވުމަށް މަޝްވަރާ ކުރައްވަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް