ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް--ފޮޓޯ/ ވޮއިސް
ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް--ފޮޓޯ/ ވޮއިސް
ހަބަރު 12 Sep 2023 | 16:02

ރިޔާސީ އިންތިހާބުގައި ދެވަނަ ބުރުގައި ކޮންމެހެން އެހެން ބަޔަކާ ބައިވެރިވާކަށް ނުޖެހޭ: ހަސަން

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކޮށް ނާކާމިޔާބީ ލިބޭ ފަރާތްތަކާއި ސިޔާސީ ޕާޓީ ތަކުން، އިންތިހާބުގެ ދެވަނަ ބުރުގައި އެހެން ބަޔަކާ ބައިވެރިވާކަށް ކޮންމެހެން ނުޖެހޭ ކަމަށް، ދަ ޑިމޮކްރެޓްސް އުފެއްދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ޕާޓީގެ މަސްޢޫލުވެރިޔާ، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގައި އެންމެ ގިނަ ވޯޓު ހޯދާފައި ވަނީ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު އެވެ. ދެވަނަ އަށް އެމްޑީޕީީ ގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގޮސްފައިވާއިރު ތިންވަނަ އަށް އެންމެ ގިނަ ވޯޓު ލިބުނީ ދަ ޑިމޮކްރެޓްސް ގެ އިލްޔާސް ލަބީބު އަށެވެ. އޭނާއަށް 15,000 އަށްވުރެ ގިނަ ވޯޓު ލިބިލެއްވިއެވެ.

އެހެންކަމުން ޕީޕީއެމާއި އެމްޑީޕީ އަށްވެސް އެންމެ ގިނަ ވޯޓު ލިބޭނީ އެ ޕާޓީން ގުޅުމުން ކަމަށް ފެންނަން އޮތް އިރު، އެކަމާއި ގުޅޭ މަޝްވަރާތައް ކުރުމަށް ޑިމޮކްރެޓްސްގެ އިންޓަރިމް ކައުންސިލްއިން މިއަދު ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދެއްކެވި ޑިމޮކްރެޓްސް ގެ ހުރިހާ މެންބަރުންވެސް ވަނީ ދެވަނަ ބުރުގައި ރައީސް ޞާލިހު ގެ ފަޅިއަށް ނޭރުމަށް ތާއީދުކޮށް ވާހަކަދައްކަވާފައެވެ. އަދި ގިނަ މެންބަރުން ވަނީ އެއްވެސް ފަޅިއަކަށް ނާރާ ފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ.

މިއަދުގެ މީޓިންގް ގައި މިކަމާއި މެދު ގޮތެއް ނިންމަން ކޮމިޓީ އެއްވެސް ވަނީ އެކުލަވާލާފައެވެ.

އެ ކޮމިޓީގައިވެސް ހިމެނިވަޑައިގަންނަވާ ހަސަން ލަތީފް މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ޑިމޮކްރެޓްސް އަށް ރިޔާސީ އިންތިހާބުގައި ލިބުނު ކާމިޔާބީ އަކީ ވަރަށް ގިނަ ފަރާތްތަކުގެ މަސައްކަތުން ލިބުނު ކާމިޔާބީ އެއް ކަމަށާ، ދެންވެސް އެ ޕާޓީއަށް ވާން އޮތް ގޮތެއް އޮތީ އެ ބޭފުޅުންގެ އަތް މަތީގައި ކަމަށެވެ.

އަޅުގަނޑެއް ނުދަންނަވަން އެއީ ސަރުކާރެއް އުފައްދަން ކޮންމެހެން ކޮންމެ ކޮންމެ ބަޔަކާ އެކީ ބައިވެރިވާން ޖެހޭ ވާހަކައެއްވެސް. އަދި އެއީ ބައިވެރި ނުވެ އެހެން ގޮތަކަށް ކަންކަން ކުރަންޖެހޭ ވާހަކައެއްވެސް ނުދަންނަވަން. މީގައި ހަމަ އޮތް ގޮތެއް އެއީ އެއްވެސް ޕާޓީއަކާ ބައިވެރި ނުވެ، އަޅުގަނޑުމެން ތިބޭ ތިބުން. އެއީވެސް ހަމަ ގޮތެއް. ރިޔާސީ އިންތިހާބުގައި އަޅުގަނޑުމެން ކޮންމެހެން ދެވަނަ ބުރުގައި ބަޔަކާ، ބައިވެރިވާކަށެއް ނުޖެހޭ ކޮންމެހެން.

ހަސަން ލަތީފް

މިއާއެކު ހަސަން ވިދާޅުވީ އިންތިހާބާ މެދު ގޮތް ނިންމަން ކޮމިޓީއެއް އެކުލަވާލިޔަސް، އެ ކޮމިޓީގެ މަޝްވަރާ ކުރާ ގޮތަށް ކައުންސިލްގެ މެންބަރުން އެއްބަސް ނުވާހާ ހިނދަކު އެ ނިންމުން ނުނިންމާނެ ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކާއި އެކު މަޝްވަރާތައް ކުރިއަށް ގެންދިޔަ ނަމަވެސް ޕާޓީގެ ކަންކަމުގައި ގޮތް ނިންމާނީ ކައުންސިލުން ކަމަށް ހަސަން ވިދާޅުވި އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ވެމްކޯއަށް 2022 ވަނަ އަހަރު އެކަނިވެސް 127.9 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބުނު: އޮޑިޓް
15 Oct 2026 ހަބަރު

ވެމްކޯއަށް 2022 ވަނަ އަހަރު އެކަނިވެސް 127.9 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބުނު: އޮޑިޓް

އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ އެ ކުންފުނީގެ މާލީ ބަޔާންތަކުގެ އޮޑިޓް ރިޕޯޓަށް ބަލާއިރު، 2021 ވަނަ އަހަރުވެސް ވެމްކޯއަށް ވަނީ 82 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުން ވެފައެވެ.

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާ ލިބޭނެ ގޮތް ހަދަނީ
15 Oct 2026 ހަބަރު

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާ ލިބޭނެ ގޮތް ހަދަނީ

އެމަނިކުފާނު މިހެން ވިދާޅުވީ "ރައްޔިތުންގެ އަޑު" ސިލްސިލާގެ 10 ވަނަ ޕްރަގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އާ ހޮސްޕިޓަލް އަޅާތީ، ވިލިމާލޭ ހޮސްޕިޓަލްގެ ހިދުމަތްތައް އަމާން ހިޔާއަށް ބަދަލުކޮށްފި
15 Oct 2026 ހަބަރު

އާ ހޮސްޕިޓަލް އަޅާތީ، ވިލިމާލޭ ހޮސްޕިޓަލްގެ ހިދުމަތްތައް އަމާން ހިޔާއަށް ބަދަލުކޮށްފި

ކުއްލި ފަރުވާގެ ޚިދުމަތާއި އާންމު ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމުގެ އިންތިޒާމު މިހާރު އެ އިމާރާތުގައި ހަމަޖެހިފައި

ރާއްޖޭގެ ކްރެޑިޓް ރޭޓިންއަށް އައި ކުރިއެރުން އައިއެމްއެފުން ފާހަގަކޮށްފި
15 Oct 2026 ހަބަރު

ރާއްޖޭގެ ކްރެޑިޓް ރޭޓިންއަށް އައި ކުރިއެރުން އައިއެމްއެފުން ފާހަގަކޮށްފި

އައިއެމްއެފްގެ އަހަރީ ބައްދަލުވުމުގެ ހަވާސާގައި، އެ އިދާރާގެ އެގްޒެކެޓިވް ޑިރެކްޓަރު ޑރ. މުޙައްމަދު މާއިތު، ރާއްޖޭގެ މާލީ ވަޒީރު ހަސަން ޒަރީރާ ބައްދަލުކުރައްވައި، ރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ޙާލަތު ހަމަމަގަށް އެޅުވުމަށް ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވާފައިވާކަމަށެވެ. އަދި ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކަށް ތައުރީފްކޮށް އެންމެފަހުން މޫޑީސްއިން ރާއްޖޭގެ ރޭޓިންނަށް އައި ހެޔޮބަދަލު ފާހަގަކުރެއްވިކަމަށް މާލީ ވުޒާރާއިން ބުންޏެވެ.

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނަގައިފި
15 Oct 2026 ހަބަރު

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނަގައިފި

ވުޒާރާއިން ބުނީ ލާމަރުކަޒީ ޤާނޫނުގެ ދަށުން މި ބިންތައް ސަރުކާރުގެ ކަމާބެހޭ ވުޒާރާގެ ބެލުމުގެ ދަށަށް ގެނައުމަށް ނިންމީ، ރައްޔިތުންނަށް ބޭނުންވާ ޢުމްރާނީ ތަރައްޤީގެ މުހިންމު މަޝްރޫޢުތައް ހިންގުމަށާއި އަސާސީ ޚިދުމަތްތައް ހަރުދަނާކަމާއެކު ފޯރުކޮށްދީ ބެލެހެއްޓުމުގެ މަޤްޞަދުގައި ކަމަށެވެ.

ކަނޑުވި މީހުން ސަލާމަތްކުރި ތިން ފުލުހަކަށް ރަން މެޑަލް އަރުވައިފި
15 Oct 2026 ހަބަރު

ކަނޑުވި މީހުން ސަލާމަތްކުރި ތިން ފުލުހަކަށް ރަން މެޑަލް އަރުވައިފި

ކ. ގާފަރު ކައިރިން ބަންޑުންޖެހި ކޮޅުވެއްޓިން ކަނޑުވި އަށް މީހެއްގެ ފުރާނަ ސަލާމަތްކުރި ތިން ފުލުހަކަށް ފުރާނަ ސަލާމަތްކުރުމުގެ ރަން މެޑަލް ކޮމިޝަނަރ އޮފް ޕޮލިސް އަރުވައިފިއެވެ.

އިންޑިއާގެ މަސްބޯޓުތަކާއި މަސްވެރިން މިނިވަންކުރުމުގެ މަސައްކަތް ފަށައިފި
15 Oct 2026 ހަބަރު

އިންޑިއާގެ މަސްބޯޓުތަކާއި މަސްވެރިން މިނިވަންކުރުމުގެ މަސައްކަތް ފަށައިފި

އިންޑިއާގެ ބައެއް މީޑިއާތަކުން ބުނެފައިވަނީ، މިދިޔަ އަންގާރަ ދުވަހުގެ ރޭ ރާއްޖޭގެ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނައި އެޤައުމުގެ ތިން މަސް ބޯޓާއި 26 މަސްވެރިން މިނިވަންކުރުމަށްޓަކައި ދިވެހި ސަރުކާރާ ގުޅިގެން ކުރަންޖެހޭ ޤާނޫނީ މަސައްކަތްތައް ކުރަމުންދާކަމަށެވެ. އެގޮތުން އެމީހުން ދޫކޮށްލުމަށް ކުރަންޖެހޭ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަމިލް ނާޑޫ ސްޓޭޓްގެ ޗީފް މިނިސްޓަރު ވިޖޭ، އެ ގައުމުގެ ހާރިޖީ ވަޒީރު، ޖައިޝަންކަރުގެ ކިބައިން އެދިވަޑައިގެންފައިވާކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

”ބޮޑު ބަދަލު" އޮފީސް އުފައްދައިފި، ވެރިއަކީ ހަސަން ލަތީފް
21 Jun 2026 ހަބަރު

”ބޮޑު ބަދަލު" އޮފީސް އުފައްދައިފި، ވެރިއަކީ ހަސަން ލަތީފް

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ "ބޮޑު ބަދަލު" އޮފީސް އެ ޕާޓީގެ ގައުމީ ސެކްރެޓޭރިއަޓުގައި މިއަދު އުފައްދައިފިއެވެ. އެމްޑީޕީން ކުރި އިއުލާނެއްގައި ބުނެފައިވަނީ މި އޮފީހަކީ 2026 ވަނަ ...